Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ކޫއްޑޫގެ ކެޕޭސިޓީ އިތުރުކުރުމުގެ ޢަމަލީ މަސައްކަތް ފަށަން ތައްޔާރުވެއްޖެ

ކޫއްޑޫގެ ކެޕޭސިޓީ އިތުރުކުރުމުގެ ޢަމަލީ މަސައްކަތް ފަށަން ތައްޔާރުވެއްޖެ

އާނާ ފަހީމް
560 ދުވަސް ކުރިން - 7 ޖެނުއަރީ 2025 17:58
ކޫއްޑޫގެ ކެޕޭސިޓީ އިތުރުކުރުމުގެ ޢަމަލީ މަސައްކަތް ފަށަން ތައްޔާރުވެއްޖެ
ޚުލާސާ

މިހާރު ކޫއްޑޫގައި ހުރީ 2000 ޓަނުގެ ކޯލްޑް ސްޓޯރޭޖެއް. މި އައު މަޝްރޫޢުގެ ސަބަބުން ކޫއްޑޫގެ ސްޓޯރޭޖު ކެޕޭސިޓީ 6000 މެޓްރިކް ޓަނަށް އިތުރުވެގެންދާނެ.

ކޫއްޑޫގައި މަސް ގަނެވޭ މިންވަރު އިތުރުކުރުމަށްޓަކައި 4000 ޓަނުގެ ކޯލްޑް ސްޓޯރޭޖެއް ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވެފައިވާ ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

މި މަޝްރޫޢަކީ ސަޢުދީ ފަންޑު ފޮރ ޑިވެލޮޕްމަންޓުގެ ލޯނު އެހީގައި ކުރިއަށްގެންދާ މަޝްރޫޢެކެވެ. މި މަޝްރޫޢު ޙަވާލުކޮށްފައިވަނީ ލަކީ ގްލޯބަލް ޕްރޮޖެކްޓްސް ޕްރައިވެޓް ލިމިޓެޑާއެވެ. މި މަސައްކަތް ޙަވާލުކޮށްފައިވަނީ 365 ދުވަހުގެ ތެރޭގައި މަޝްރޫޢުގެ މަސައްކަތް ނިންމާގޮތަށެވެ. މިއީ 6.6 މިލިޔަން ޑޮލަރުގެ މަޝްރޫޢެކެވެ.

ވަޒީރު ޝިޔާމް ވިދާޅުވެފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މަސްވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް ވެވަޑައިގެންނެވި ވަޢުދުތައް ފުއްދަވަމުން ގެންދަވާ ކަމަށެވެ. އެގޮތުން މިހާރު މަސްވެރިންނަށް 48 ގަޑިއިރުތެރޭ ފައިސާ ދޫކުރަމުންދާ ކަމަށާއި، މަސްވެރިންނަށް ދިމާވެފައިވާ ގޮންޖެހުންތަކަށް ޙައްލު ހޯދައިދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

Advertisement

Advertisement 1

މަސްވެރިކަމާބެހޭ ވުޒާރާއިން ބުނީ ކޫއްޑޫގެ ކެޕޭސިޓީ އިތުރުކުރުމުގެ މަސައްކަތްތަކުގެ ދަށުން ތަރައްޤީކުރާ 4000 ޓަނުގެ ކޯލްޑް ސްޓޯރޭޖުގެ ޑިޒައިން މަސައްކަތްތައް މިހާރު ނިމިފައިވާ ކަމަށެވެ. އަދި މަޝްރޫޢު ފެށުމަށްޓަކައި ކުރިއަށްގެންދަން ޖެހޭ ގިނަ މަސައްކަތްތައްވެސް މިހާރު ނިމިފައިވާއިރު ވަރަށް އަވަހަށް ޢަމަލީ މަސައްކަތްތައް ފެށިގެންދާނެ ކަމަށް އެ ވުޒާރާއިން ބުންޏެވެ.

މިހާރު ކޫއްޑޫގައި ހުރީ 2000 ޓަނުގެ ކޯލްޑް ސްޓޯރޭޖެކެވެ. މި އައު މަޝްރޫޢުގެ ސަބަބުން ކޫއްޑޫގެ ސްޓޯރޭޖު ކެޕޭސިޓީ 6000 މެޓްރިކް ޓަނަށް އިތުރުވެގެންދާނެއެވެ. މިއީ ސަރުކާރުގެ އަމާޒުކަމުގައިވާ މުޅި ރާއްޖޭގެ މަހުގެ ސްޓޯރޭޖް ކެޕޭސިޓީ 25,000 ޓަނަށް އިތުރުކުރުމުގެ މަސައްކަތުގެ ބައެކެވެ.

ވަޒީރު ޝިޔާމް ވިދާޅުވެފައިވަނީ ހުވަދު އަތޮޅަކީ މަސްވެރިކަމުގެ ސިނާޢަތުގައި ހަރަކާތްތެރިވާ ގިނަ ބަޔަކު ދިރިއުޅެމުންދާ އަތޮޅެއް ކަމަށެވެ. އަދި ސަރުކާރުން މަސްވެރިކަމުގެ ސިނާއަތް ތަރައްޤީކޮށް ކުރިއެރުވުމަށް އިސްކަންދޭ ކަމަށާއި، މަސްވެރިކަމުގެ ދާއިރާ ފުޅާކޮށް ކުރިއެރުވުމަށް ގިނަ މަޝްރޫޢުތަކެއް ކުރިއަށް ގެންދިޔުމަށް ރާވާފައިވާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

މިހާރު ރާއްޖޭގެ ކޯލްޑު ސްޓޯރޭޖުގެ ކެޕޭސިޓީއަކީ 8,500 ޓަނެވެ. ސަރުކާރުގެ އަމާޒަކީ މި ދައުރުތެރޭގައި އިތުރު 15,500 ޓަނު މުޅި ރާއްޖޭގައި އިތުރުކޮށް، ޖުމްލަ 25,000 ޓަނަށް މުޅި ރާއްޖޭގެ މަހުގެ ސްޓޯރޭޖް ކެޕޭސިޓީ އިތުރުކުރުމެވެ.

ސަރުކާރުން ބުނެފައިވާ ގޮތުގައި ރާއްޖޭގައި އެކަށީގެންވާ ސްޓޯރޭޖް ކެޕޭސިޓީ ނެތުމުގެ ސަބަބުން ރާއްޖެއިން ވިއްކާ މަހަށް ރަނގަޅު އަގެއް ނުލިބެއެވެ. މީގެ ސަބަބުން ބާނާ މަހުގެ 65 އިންސައްތަ ރޯ މަހުގެ ގޮތުގައި ބޭރުކުރަމުންދާ ކަމަށްވެސް ސަރުކާރުން ބުނެފައިވެއެވެ.

މަސްވެރިކަންމިނިސްޓަރު އަހްމަދު ޝިޔާމް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

މިފްކޯ އިން 25 އަށް ކިލޯއެއް ވިއްކީ ދައުލަތުން އިތުރަށް ފައިސާ ނަގައިގެން

މިފްކޯ އިން 25އަށް ކިލޯއެއް ވިއްކީ ދައުލަތުން އިތުރަށް ފައިސާ ނަގައިގެން

7 ދުވަސް ކުރިން - 16:41

މިފްކޯ ހަރުދަނާކުރެވިއްޖެ، މަސް ގަތުމަށް ދެމުން އައި ސަބްސިޑީ މިހާރު ވަނީ ހުއްޓާލާފައި: މިނިސްޓަރު ޝިޔާމް

މަސް ގަތުމަށް ދެމުން އައި ސަބްސިޑީ މިހާރު ވަނީ ހުއްޓާލާފައި: ޝިޔާމް

8 ދުވަސް ކުރިން - 11:05

މަސްވެރިކަން ދަށް، ހުސްވި މަހު 568 ޓަނުގެ ކަޅުބިލަމަސް!

މަސްވެރިކަން ދަށް، ހުސްވި މަހު 568 ޓަނުގެ ކަޅުބިލަމަސް!

16 ދުވަސް ކުރިން - 14:39

ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުމަށް ހުރަސްއެޅުމަކުން އެއްވެސް ފަރާތަކަށް ފައިދާއެއް ނުވާނެ: ރައީސް

"ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުމަށް ހުރަސްއެޅުމަކުން އެއްވެސް ފަރާތަކަށް ފައިދާއެއް ނުވާނެ"

32 ދުވަސް ކުރިން - 16:24

މަސްވެރިކަމާއި ދަނޑުވެރިކަމުގެ ދާއިރާއިން ރާއްޖެއިން ބޭރުން މަތީ ތައުލީމު ހާސިލުކުރުމުގެ ފުރުސަތު ހުޅުވާލައިފި

ރާއްޖެއިން ބޭރުން މަތީ ތައުލީމު ހާސިލުކުރުމުގެ ފުރުސަތު ފިޝަރީސް މިނިސްޓްރީން ހުޅުވާލައިފި

35 ދުވަސް ކުރިން - 12:32

ގދ. ތިނަދޫއިން ވެސް މިހާރު މަސްވެރިންނަށް ހެޔޮ އަގުގައި ތެޔޮ ލިބޭނެ އިންތިޒާމް ހަމަޖައްސައިފި

ގދ. ތިނަދޫއިން ވެސް މިހާރު މަސްވެރިންނަށް ހެޔޮ އަގުގައި ތެޔޮ ލިބޭނެ

48 ދުވަސް ކުރިން - 17:27