Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

އަހަރުގެ ފުރަތަމަ ފަސް ދުވަހު 32،000 އަށް ވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި

އަހަރުގެ ފުރަތަމަ ފަސް ދުވަހު 32،000 އަށް ވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި

އަހްމަދު އީޒާން
610 ދުވަސް ކުރިން - 7 ޖެނުއަރީ 2025 12:43
ާރާއްޖެއަށް މިދިޔަ އަހަރު އައި ދެ މިލިއަން ވަނަ ޓޫރިސްޓު / ފޮޓޯ: އެމްއޭސީއެލް
ާރާއްޖެއަށް މިދިޔަ އަހަރު އައި ދެ މިލިއަން ވަނަ ޓޫރިސްޓު / ފޮޓޯ: އެމްއޭސީއެލް
ޚުލާސާ

ޓޫރިޒަމް މިނިސްޓްރީގެ ހިސާބުތަކުން ދައްކާ ގޮތުގައި، މި އަހަރުގެ ފުރަތަމަ ފަސް ދުވަހު އެންމެ ގިނަ ޓޫރިސްޓުން އައިސްފައި ވަނީ ރަޝިއާ އިން.

މި އަހަރުގެ ފުރަތަމަ ފަސް ދުވަހު ރާއްޖެއަށް 32،300 އަށް ވުރެ ގިނަ ޓޫރިސްޓުން ޒިޔާރަތް ކޮށްފިއެވެ.

އެއީ މިދިޔަ އަހަރުގެ އެ މުއްދަތަށް ވުރެ 17 ޕަސެންޓު އިތުރު އަދަދެކެވެ. މިދިޔަ އަހަރުގެ ފުރަތަމަ ފަސް ދުވަހު ރާއްޖެއަށް އައިސްފައި ވަނީ 27،000 ޓޫރިސްޓުންނެވެ.

ޓޫރިޒަމް މިނިސްޓްރީގެ ހިސާބުތަކުން ދައްކާ ގޮތުގައި، މި އަހަރުގެ ފުރަތަމަ ފަސް ދުވަހު އެންމެ ގިނަ ޓޫރިސްޓުން އައިސްފައި ވަނީ ރަޝިއާއިންނެވެ. ފުރަތަމަ ފަސް ދުވަހުގެ ތެރޭގައި ރަޝިއާ އިން ވަނީ 6،400 ޓޫރިސްޓުން އައިސްފަ އެވެ. އެއީ ފުރަތަމަ ފަސް ދުވަހު އައި ޖުމްލަ ޓޫރިސްޓުންގެ 20 ޕަސެންޓެވެ.

Advertisement

Advertisement 1

ދެވަނައަށް އެންމެ ގިނަ ޓޫރިސްޓުން އައީ އިންޓަލީނެވެ. އެ ގައުމުން ވަނީ 5،200 ޓޫރިސްޓުން އައިސްފަ އެވެ.

ތިންވަނައަށް އެންމެ ގިނަ ޓޫރިސްޓުން އައި އިނގިރޭސިވިލާތުން 2،100 ޓޫރިސްޓުން އައިސްފައިވާއިރު، ހަތަރުވަނައަށް އެންމެ ގިނަ ޓޫރިސްޓުން އައީ ޖަރުމަނުންނެވެ. އެ ގައުމުން 2،000 ޓޫރިސްޓުން އައިސްފައިވެ އެވެ.

ރާއްޖެއަށް ޓޫރިސްޓުން އެންމެ ގިނައިން އަންނަ ގައުމުތަކުގެ ލިސްޓުގެ ފަސްވަނައިގައި އޮތީ އިންޑިއާ އެވެ. އެ ގައުމުން ވަނީ 1،100 ޓޫރިސްޓުން އައިސްފަ އެވެ. އަދި އެމެރިކާއިން ވަނީ 1،000 ޓޫރިސްޓުން އައިސްފަ އެވެ.

މިދިޔަ އަހަރު އެންމެ ގިނަ ޓޫރިސްޓުން އައި ޗައިނާ އުޅެނީ ލިސްޓުގެ ނުވަވަނައިގަ އެވެ. އެ ގައުމުން މި އަހަރުގެ މިހާތަނަށް އައީ 800 ޓޫރިސްޓުންނެވެ.

މިދިޔަ އަހަރު ނިމުނު އިރު ޗައިނާ އިން ވަނީ 260،000 ޓޫރިސްޓުން އައިސްފަ އެވެ. މިދިޔަ އަހަރު ރަޝިއާ އިން ވަނީ 224،000 ޓޫރިސްޓުން ރާއްޖެ އައިސްފަ އެވެ. ރަޝިއާއަކީ މިދިޔަ އަހަރު ދެވަނައަށް އެންމެ ގިނައިން ޓޫރިސްޓުން އައި ގައުމެވެ.

ޓޫރިޒަމް މިނިސްޓްރީވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްފަތުރުވެރިކަން
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ހުރިހާ ރައްޔިތުން ރިސޯޓު ހިއްސާދާރުންނަށް ހަދާ ޕްރޮޖެކްޓް ނޮވެމްބަރުގައި ފަށަނީ

ހުރިހާ ރައްޔިތުން ރިސޯޓު ހިއްސާދާރުންނަށް ހަދާ ޕްރޮޖެކްޓް ނޮވެމްބަރުގައި ފަށަނީ

2 ދުވަސް ކުރިން - 19:54

“ލޮޖިސްޓިކްސް ކުންފުނިތަކުގެ ނަމުގައި ރާއްޖޭގައި ސިއްރުން އޯޓީއޭ އެބަ ހިންގާ!”

“ލޮޖިސްޓިކްސް ކުންފުނިތަކުގެ ނަމުގައި ރާއްޖޭގައި ސިއްރުން އޯޓީއޭ އެބަ ހިންގާ!”

4 ދުވަސް ކުރިން - 12:32

މި އަހަރުގެ މިހާތަނަށް ރާއްޖެއަށް 1.46 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި

މި އަހަރުގެ މިހާތަނަށް ރާއްޖެއަށް 1.46 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި

5 ދުވަސް ކުރިން - 13:10

އެއާޕޯޓް ޓެކުހާއި ފީގެ ގޮތުގައި ދައުލަތަށް ލިބުނު އާމްދަނީ 2.54 ބިލިޔަން ރުފިޔާއަށް އަރައިފި

އެއާޕޯޓް ޓެކުހާއި ފީގެ އާމްދަނީ 2.5 ބިލިއަނަށް އަރައިފި

6 ދުވަސް ކުރިން - 13:57

އޮގަސްޓު މަހުގެ ނިޔަލަށް 1.4 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފި

އޮގަސްޓުގެ ނިޔަލަށް 1.4 މިލިއަން ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފި

8 ދުވަސް ކުރިން - 12:07

ރިސޯޓުތަކުން 40 ޕަސެންޓު މާރުކުރިޔަސް މުވައްޒަފުންނަށް ޑޮލަރުން މުސާރަ ދިނުން ހުއްޓާލައިގެން ނުވާނެ: ރައީސް

ރިސޯޓުތަކުގެ އާމްދަނީގެ 40 އިންސައްތަ މާރުކުރަން ޖެހުނަސް، މުވައްޒަފުންނަށް ޑޮލަރުން މުސާރަ

9 ދުވަސް ކުރިން - 14:46