މާލޭގެ ބޮންޑެޑް ވެއާހައުސަކުން ގެއްލިފައިވާ ގާތްގަނޑަކަށް 34،500 ކާޓަންގެ ސިނގިރޭޓްގެ މައްސަލައިގައި އެތަކެތީގެ ވެރިފަރާތުން ކަސްޓަމަށް 40 މިލިއަން ރުފިޔާ ދައްކަން ޖެހޭ ކަމަށް އަންގައިފިއެވެ.
ބޮންޑެޑް ގުދަންތަކަކީ ޑިއުޓީ ދައްކަން ޖެހޭ ގޮތަށް އެކްސްޕޯޓް ނުވަތަ ރަސްމީކޮށް ދޫކޮށްލާ އިރު ކަސްޓަމްސްގެ ބެލުމުގެ ދަށުން މުދާ ރައްކާކުރެވޭނެ ސެކިއުރިޓީ ފެސިލިޓީތަކެކެވެ. މިތަންތަނުން މުދާ ނެރެން ޖެހޭނީ ކަސްޓަމްސްގެ ހާޟިރުގައެވެ.
މާލޭގައި ހުންނަ މި ގުދަނުގެ ތަޅުދަނޑިއެއް ވެރިފަރާތުގެ އަތުގައި ވެސް އޮވެއެވެ. އެފަރާތަށް ތުހުމަތު ކުރަނީ ކަސްޓަމަށް ނާންގައި ވަގަށް ގުދަން ހުޅުވައިގެން ސިގިރޭޓްތައް ނެރެފައިވާ ކަމަށެވެ. އެހެންކަމުން އެއަށް ދައްކަންޖެހޭ އިމްޕޯޓް ޑިއުޓީއާއި ޖޫރިމަނާއާއެކު މުޅި ޖުމްލަ 40 މިލިއަން ރުފިޔާ ދެއްކުމަށް އަންގާފައި ވެއެވެ.








