Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

އެމްޑަބްލިއުއެސްސީ ޢާމްދަނީ އިތުރުކުރުމަށް ޚިދުމަތްތަކާއި ވިޔަފާރި އިތުރަށް ފުޅާކުރަނީ

އެމްޑަބްލިއުއެސްސީ ޢާމްދަނީ އިތުރުކުރުމަށް ޚިދުމަތްތަކާއި ވިޔަފާރި އިތުރަށް ފުޅާކުރަނީ

އާނާ ފަހީމް
612 ދުވަސް ކުރިން - 5 ޖެނުއަރީ 2025 15:20
އެމްޑަބްލިއުއެސްސީގެ ކަސްޓަމަރ ސާވިސް ބިލްޑިންގ. / ފޮޓޯ: ޚުލާސާ
އެމްޑަބްލިއުއެސްސީގެ ކަސްޓަމަރ ސާވިސް ބިލްޑިންގ. / ފޮޓޯ: ޚުލާސާ
ޚުލާސާ

ޔޫޓިލިޓީގެ ޚިދުމަތަކީ ކުންފުނީގެ ޢާމްދަނީގެ 40 އިންސައްތައަށް ހަދައި 60 އިންސައްތައަކީ ޢާމްދަނީ ލިބޭނެ އެހެން މަސައްކަތްތަކަށް ހެދުމަށް އެމްޑަބްލިއުއެސްސީން ވަނީ ނިންމާފަ.

ކުންފުނީގެ ޢާމްދަނީ އިތުރުކުރުމަށްޓަކައި ޚިދުމަތްތަކާއި ވިޔަފާރި ފުޅާކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެމްޑަބްލިއުއެސްސީގެ މެނޭޖިންގ ޑިރެކްޓަރ ޢަބްދުލްމަތީން މުޙައްމަދު ވިދާޅުވެއްޖެއެވެ. ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އޭނާ ވިދާޅުވީ، މިހާރު ކުންފުނީގެ މަސައްކަތްތަކުގެ 55 އިންސައްތައަކީ ޔޫޓިލިޓީގެ ޚިދުމަތްތައް ކަމަށާއި، 45 އިންސައްތައަކީ ވިޔަފާރި މަސައްކަތްތައް ކަމަށެވެ.

"މިހާރު އަމާޒަކީ މި ރޭޝިއޯ ބަދަލުކޮށް ޔޫޓިލިޓީގެ ޚިދުމަތަކީ ކުންފުނީގެ ޢާމްދަނީގެ 40 އިންސައްތައަށް ހަދާ، 60 އިންސައްތައަކީ ޢާމްދަނީ ލިބޭނެ އެހެން މަސައްކަތްތަކަށް ހެދުން," މަތީން ވިދާޅުވިއެވެ.

އެމްޑަބްލިއުއެސްސީގެ މައިގަނޑު ޔޫޓިލިޓީ ޚިދުމަތްތަކުގެ ތެރޭގައި މާލެ ސަރަޙައްދުގެ ފެނުގެ ޚިދުމަތްތައް ފޯރުކޮށްދިނުމާއި، ރ. ދުވާފަރުގެ ފެނާއި ކަރަންޓާއި ނަރުދަމާގެ އިތުރުން ކުނި މެނޭޖްކުރުމުގެ މަސައްކަތް ހިމެނެއެވެ. ވިޔަފާރި އުސޫލުން، ކުންފުނިން ދަނީ ރަށްރަށުގައި ފެނާއި ނަރުދަމާގެ ޚިދުމަތް ޤާއިމުކުރުމުގެ މަޝްރޫޢުތައް ކުރިއަށްގެންދަމުންނެވެ.

Advertisement

Advertisement 1

2024 ވަނަ އަހަރު 20 ރަށެއްގެ މަސައްކަތް ނިންމާލާފައިވާއިރު، 2025 ވަނަ އަހަރު އިތުރު 20 ރަށެއްގެ މަސައްކަތް ފަށާފައިވާކަމަށް އެމްޑަބްލިއުއެސްސީން ބުނެއެވެ. މީގެ އިތުރުން، ބޯފެން، ފުޅީގައި ބަންދުކޮށް ވިއްކުމުގެ މަސައްކަތް ވެސް ފުޅާ ދާއިރާއެއްގައި ކުރިއަށް ގެންދާކަމަށް ކުންފުނިން ހާމަކޮށްފައި ވެއެވެ.

މި ބަދަލުތަކާއެކު ފެނުގެ ޚިދުމަތް އަގުހެޔޮކޮށް ދެމެހެއްޓެނިވި ގޮތެއްގައި ފޯރުކޮށްދިނުމަށް މަގުފަހިވާނެކަމަށް އެމްޑަބްލިއުއެސްސީގެ މެނޭޖިންގ ޑިރެކްޓަރ ޢަބްދުލްމަތީން މުޙައްމަދު ވިދާޅުވެފައިވެއެވެ.

އެމްޑަބްލިއުއެސްސީ
Advertisement
Advertisement

ގުޅޭ ޚަބަރުތައް

އެސްއޯއީތައް އިސްލާހުކުރުމުގެ ނިންމެވުން: ދެމެހެއްޓެނިވި އަދި ހަރުދަނާ ހިދުމަތަކަށް އެޅުނު މުހިންމު ފިޔަވަޅެއް: ފަހުމީ

އެސްއޯއީތައް އިސްލާހުކުރުމުގެ ނިންމެވުން: ހަރުދަނާ ހިދުމަތަކަށް އެޅުނު މުހިންމު ފިޔަވަޅެއް: ފަހުމީ

1 ދުވަސް ކުރިން - 08:45

އެމްޑަބްލިޔުއެސްސީން އަގުބޮޑުކޮށް އުޅަނދެއް ގަތް ކަމަށް ބުނާ ވާހަކަތައް އެ ކުންފުނީގެ އެމްޑީ ދޮގުކުރައްވައިފި

އެމްޑަބްލިޔުއެސްސީން އަގުބޮޑުކޮށް އުޅަނދެއް ގަތް ކަމަށް ބުނާ ވާހަކަތައް ދޮގުކޮށްފި

17 ދުވަސް ކުރިން - 16:20

އެމްޑަބްލިޔުއެސްސީގެ ޗެއަރމަންގެ މަޤާމުން ޝަމްހޫޒާ ވަކިކޮށްފި

އެމްޑަބްލިޔުއެސްސީގެ ޗެއަރމަން ޝަމްހޫޒާ ވަކިކޮށްފި

115 ދުވަސް ކުރިން - 13:49

ޝަރުތުތަކަކާއެކު ފެން ބިލްތަކުގެ ޖޫރިމަނާ މައާފުކޮށްދޭން އެމްޑަބްލިއުއެސްސީން ނިންމައިފި

ފެން ބިލްތަކުގެ ޖޫރިމަނާ މައާފުކޮށްދޭން އެމްޑަބްލިއުއެސްސީން ނިންމައިފި

140 ދުވަސް ކުރިން - 17:23

އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރުކަމަށް ފަހުމީ

އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރުކަމަށް ފަހުމީ

148 ދުވަސް ކުރިން - 12:04

ފެން ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން މަތީން އިސްތިއުފާ ދެއްވައިފި

ފެން ކުންފުނީގެ އެމްޑީ މަތީން އިސްތިއުފާ ދެއްވައިފި

150 ދުވަސް ކުރިން - 14:47

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%