އިންޑިއާގެ ކަމާބެހޭ ފަރާތްތަކުން ތާރީހުގައި ހިނގި އެންމެ ނުރައްކާތެރި ސިނާއީ އެކްސިޑެންޓް ހިނގި ތަނުން އެތައް ސަތޭކަ ޓަނެއްގެ ވިހަ ކުނި ނައްތާލުމުގައި ޢަމަލު ކުރަމުންދާ ގޮތާއި މެދު ހިތަހަމަނުޖެހިގެން ފިތަމްޕޫރުގައި އަނިޔާވެރި މުޒާހަރާތަކެއް ފަށައިފި އެވެ.
ބޮޕާލްގެ ކެމިކަލް ލީކުވުމުގެ ހާދިސާ ހިނގީ މީގެ 40 އަހަރު ކުރިންނެވެ. އެ ހާދިސާގައި 20 ހާސް މީހުން މަރުވެފައިވާ ކަމަށް ވެއެވެ. ނައްތާލަނީ އެތަނުގައި ހުރި ކުނިތަކެކެވެ.
ޚަބަރުތައް ބުނާ ގޮތުގައި ސްޓޭޓްގެ ވެރިރަށް ބޮޕާލް އާއި ގާތްގަނޑަކަށް 230 ކިލޯމީޓަރު ދުރުގައި އޮންނަ މަދްޔަ ޕްރަދޭޝްގެ ޑިސްޓްރިކްޓްގައި އޮންނަ ޕަތަމްޕޫރަކީ 1984 ވަނަ އަހަރުގެ ބޯޕާލް ކާރިސާއަށް ފަހު ކުނިތައް ނައްތާލުމުގައި ލޯކަލް ގަވަރމަންޓުން ހޮވާފައިވާ ތަނެކެވެ. ވިހަ ކުނި އަންދާލާނީ އެތަނުގަ އެވެ.

އިންޑިއާގައި ކުރިޔަށްދާ މުޒާހަރާގެ ތެރެއިން (ފޮޓޯ: އޭއެފްޕީ)

ވިހަ މާއްދާ އުފުލާ 12 ޓްރަކް ބުރާސްފަތި ދުވަހު ޕަތަމްޕޫރަށް ގޮސްފައިވާއިރު، އެ ތަކެތި އަންދާލުމަށްފަހު އޭގެ ބާވަތްތަކުން ކައިރީގައިވާ ރަށްރަށުގެ ބިމާއި ފެން ތަޣައްޔަރުވާނެ ކަމުގެ ބިރު އެތަނުގެ ރައްޔިތުންގެ މެދުގައި އުފެދިފައިވެ އެވެ.
މިކަމާއި ދެކޮޅަށް ކުރާ މުޒާހަރާތައް ހުކުރު ދުވަހުގެ ހަވީރު ފެށިއިރު، އިއްޔެ ހެނދުނު ވަނީ އަނިޔާވެރި މުޒާހަރާތަކަށް ބަދަލުވެފަ އެވެ. އެތައް ސަތޭކަ ރައްޔިތުން ވަނީ އޮޑްގާ ނަގައި ފުލުހުންނާއި ކުރިމަތިލާން ޖެހިފައެވެ.
މުޒާހަރާކުރާ ފަރާރްތަކުން ބުނަނީ އެއީ ގަބީލާ ސަރަހައްދެއް ކަމަށާއި އަންދާލާ ވިހަ ކުނީގެ ސަބަބުން އެސަރަހައްދަށް ނުރައްކާވެ މީގެ 40 އަހަރު ކުރިން ހިނގި ހާދިސާ ފަދަ ހާދިސާއެއް ތަކުރާރު ވެދާނެ ކަމުގެ ބިރު އެބައޮތް ކަމަށެވެ. އެހެންކަމުމް އެއްވެސް ހާލެއްގައި ޕިތަމްޕޫރުގައި ކުނިތައް އަންދާލުމުގެ ފުރުސަތެއް ނުދޭނެ ކަމަށް ވެސް އެމީހުން ދަނީ ބުނަމުންނެވެ.
މުޒާހަރާތަކާއި ގުޅިގެން ވިހަ ކުނި އަންދާލުން މާދަމާއިން ފެށިގެން ހުއްޓާލާނެ ކަމށް ވެސް ނުރަސްމީ ޗެނަލް ތަކުން ބުނެއެވެ.
ބޯޕާލް ސަރަހައްދު ސާފުކުރުމަށް ކުރާ މަސައްކަތްތަކަކީ ކާރިސާއަށް 40 އަހަރު ފުރުމަށް ފަހު ވިހަ ކުނި ސާފުކުރުމަށް ހައިކޯޓުން ކުރި އަ،ުރަކާއި ގުޅިގެން ކުރިޔަށްދާ ކަމެކެވެ. އެކަމަށް ކޯޓުން ދީފައިވަނީ 1 މަސްދުވަހެވެ.
ޑިސެމްބަރު 3، 1984 ގައި މަދްޔަ ޕްރަދޭޝްގެ ވެރިރަށް ބޮޕާލްގައި ހުންނަ އެމެރިކާގެ ޔޫނިއަން ކާބައިޑް ކޯޕަރޭޝަންގެ އިންޑިއާގެ ސަބްސިޑަރީ ކުންފުނިން ހިންގާ ޕެސްޓިސައިޑް ޕްލާންޓަކުން ގާތްގަނޑަކަށް 45 ޓަނުގެ ކެމިކަލް މެތައިލް އައިސޮސައިނެޓް ދޫކޮށްލި އެވެ. މިއީ އިންސާނުން މަރާލާ ނުރައްކާތެރި ބާވަތެކެވެ. އެ ހާދިސާގައި ވިހަ ގޭސް ޕްލާންޓުގެ ވަށައިގެން ދިރިއުޅޭ ގާތްގަނޑަކަށް 20،000 މީހުން މަރުވެފައިވެ އެވެ. ގާތްގަނޑަކަށް ހަލައްކައެއްހާ މީހުން ސަލާމަތްވިއިރު، އެމީހުންނަށް ނޭވާލާ ނިޒާމުގެ ބަލިތަކާއި ލޯފަންވުމާއި ދިގު މުއްދަތަކަށް ސިއްހީ މައްސަލަތައް ކުރިމަތިވި އެވެ.