ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި އިސްރާއީލުން ދިން ވައިގެ ހަމަލާތަކުގެ ސަބަބުން ޣައްޒާގައި 56 މީހުން ޝަހީދު ވެއްޖެއެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި އެމެރިކާގެ ހަތިޔާރު ބޭނުންކޮށްގެން ފަލަސްތީނުގެ 56 މީހަކު ޝަހީދުކޮށްލިއިރު އޭގެ ތެރޭގައި ކުޑަކުދިންނާއި ހަމާސްގެ ސެކިއުރިޓީ އޮފިސަރުން ވެސް ހިމެނެ އެވެ.
މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން އިންސާނީ ގޮތުން ބޮޑު ދަތިކަމެއް ކުރިމަތިވެފައިވާއިރު، 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން ފަލަސްތީނުގެ ބައިލައްކަ އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުވެފައި ކަމަށް ރިޕޯޓުތައް ބުނާއިރު ސާފު ޢަދަދެއް އެއްވެސް ބަޔަކަށް ޔަޤީނެއް ނޫނެވެ.
ބޮންއަޅައި ފުނޑުފުނޑު ކޮށްލާފައިވާ ޢިމާރާތްތަކުގެ ދަށުގައި ކުނިވެފައި ވެސް އެތައް ހާސް ބަޔަކު އެބަތިބި ކަމަށް ވެއެވެ.
ހަނގުރާމަ ހުއްޓާލުމަށް މަޝްވަރާ ކުރުމަށް ކުރަމުންދާ މަސައްކަތްތައް ކުރިއަށްދާއިރު، އެމެރިކާއިން ވީޓޯ ކުރާތީވެ، އދ. ގެ ގަރާރެއް ހޯދުމަށް އަދިވެސް ދަތިތަކެއް އެބަހުއްޓެވެ.









