Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ދަ ވޯލްޑްސް ބިގެސްޓް ގިވްއަވޭ: އެމްއެމްޕީއާރްސީން ބޮޑު ކެމްޕޭނެއް ފަށައިފި

ދަ ވޯލްޑްސް ބިގެސްޓް ގިވްއަވޭ: އެމްއެމްޕީއާރްސީން ބޮޑު ކެމްޕޭނެއް ފަށައިފި

އައިޝަތު ރުވާ ރިފްޢަތު
571 ދުވަސް ކުރިން - 1 ޖެނުއަރީ 2025 13:23
ފޮޓޯ: އެމްއެމްޕީއާރްސީ
ފޮޓޯ: އެމްއެމްޕީއާރްސީ
ޚުލާސާ

މި ކެމްޕޭންގައި 2025 ވަނަ އަހަރުގެ ކޮންމެ ހަފުތާއަކަށް އެއް ޗުއްޓީއާއެކު ޖުމްލަ 52 ޗުއްޓީ، ހިލޭ ދިނުމަށް ވަނީ ހަމަޖެހިފައި ކަމަށް އެމްއެމްޕީއާރުސީއިން ހާމަކުރި

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން އިންތިޒާމްކޮށްގެން ބާއްވާ 2025 ވަނަ އަހަރުގެ އެންމެ ބޮޑު ގްލޯބަލް ކެމްޕޭން "ދަ ވޯލްޑްސް ބިގެސްޓް ގިވްއަވޭ" މިއަދު ރަސްމީކޮށް ފަށައިފިއެވެ. މި ކެމްޕޭންގައި 2025 ވަނަ އަހަރުގެ ކޮންމެ ހަފުތާއަކަށް އެއް ޗުއްޓީއާއެކު ޖުމްލަ 52 ޗުއްޓީ، ހިލޭ ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މި ކެމްޕޭން ފުރަތަމަ އިއުލާނުކޮށްފައިވަނީ 2024 ވަނަ އަހަރުގެ ނޮވެމްބަރު 5 ވަނަ ދުވަހު ލަންޑަންގައި ބޭއްވި ވޯލްޑް ޓްރެވަލް މާޓް (ޑަބްލިއުޓީއެމް) ގައެވެ. މި ގިވްއަވޭގައި ކޮންމެ މަހަކު ސޯޝަލް މީޑިއާ މެދުވެރިކޮށް ބާއްވާ މުބާރާތްތަކުގައި ނަސީބުވެރި ފަރާތްތަކަށް ހިތްގައިމު ޗުއްޓީއެއްގެ ފުރުސަތު ލިބިގެންދާނެއެވެ.

މި މުބާރާތްތަކުގައި ރާއްޖޭގެ ރީތި ގޮނޑުދޮށްތަކާއި، ސާފު މޫދާއި، ޤުދުރަތީ ރީތިކަމާއި، މުއްސަނދި ސަގާފަތާއި ކަނޑުގެ ދިރުންތަކަށް އަލިއަޅުވާލާއިރު ރޮމޭންސް، ލަގްޒަރީ، ފެމިލީ، ޑައިވިންގ އަދި އެހެނިހެން ހިތްގައިމު ތަފާތު ދާއިރާތަކަށް ވެސް އަލިއަޅުވާލާނެއެވެ.

Advertisement

Advertisement 1

އެމްއެމްޕީއާރުސީން ބުނީ މި ކެމްޕޭންގެ މައިގަނޑު މަޤްޞަދަކީ ސޯޝަލް މީޑިއާގެ ޒަރީޢާއިން ބައިނަލްއަޤްވާމީ ފަރާތްތަކުގެ ބައިވެރިވުމާއެކު ރާއްޖެއަށް ގިނަ ފަތުރުވެރިން އައުމަށް ޝައުޤުވެރިކުރުވުން ކަމަށެވެ. އަދި ރާއްޖެއަކީ އަހަރުގެ ކޮންމެ އިރެއްގައި ވެސް ޒިޔާރަތްކުރެވޭނެ މަންޒިލެއްގެ ގޮތުގައި އިޝްތިހާރުކުރުމަކީ ވެސް މަޤްޞަދެއްކަމަށް އެ ކުންފުނިން ބުންޏެވެ.

އެމްއެމްޕީއާރުސީއިން ބުނިގޮތުގައި އެ ކުންފުނިން މަސައްކަތްކުރަމުން ގެންދަނީ ދިވެހިރާއްޖޭގެ ވޯލްޑްސް ލީޑިން ޑެސްޓިނޭޝަންގެ މަގާމު ދެމެހެއްޓުމަށެވެ. އެގޮތުން 2025 ވަނަ އަހަރުގެ އަމާޒަކީ 25 މާކެޓެއްގައި ކޮންމެ ކުއާޓަރއެއްގައި ވެސް ހޫނު މޫސުމުގެ ބޮޑެތި ކެމްޕޭންތައް ހިންގުން ކަމަށް ވެސް އެމްއެމްޕީއާރުސީއިން ފާހަގަކުރިއެވެ.

އެމްއެމްޕީއާރުސީވިޒިޓް މޯލްޑިވްސް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ޗައިނާ މާކެޓް އިތުރަށް ވަރުގަދަކުރުމަށް ރާއްޖޭގެ ޓޫރިޒަމް ވަފުދެއް ޗައިނާއަށް

ޗައިނާ މާކެޓް އިތުރަށް ވަރުގަދަކުރުމަށް ރާއްޖޭގެ ޓޫރިޒަމް ވަފުދެއް ޗައިނާއަށް

23 ދުވަސް ކުރިން - 21:31

މިއަހަރުގެ އެއް މިލިއަންވަނަ ފަތުރުވެރިޔާއަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހޫނު މަރުހަބާއެއް ކިޔައިފި

މިއަހަރުގެ އެއް މިލިއަންވަނަ ފަތުރުވެރިޔާއަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހޫނު މަރުހަބާއެއް

35 ދުވަސް ކުރިން - 19:53

އޭޝިއާ މީޑިއާ ސަމިޓް 2026 ގެ ބައިވެރިންނާއެކު މުރަކަ އިންދުމުގެ ހަރަކާތެއް ބާއްވައިފި

ފުޅާދާއިރާއެއްގައި މުރަކަ އިންދުމުގެ ހަރަކާތެއް ބާއްވައިފި

70 ދުވަސް ކުރިން - 16:15

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ލިބުނު ޕޮޕިއުލާ މޯލްޑިވްސް އަށް ދައުވާކުރަން ފޮނުވައިފި

އެމްއެމްޕީއާރްސީ ހިޔާނާތުގެ މައްސަލަގައި ކުންފުންޏަކަށް ދައުވާކުރަނީ

76 ދުވަސް ކުރިން - 17:52

ވިޒިޓް މޯލްޑިވްސްގެ ބޯޑަށް ބަދަލުތަކެއް ގެނެސް، 4 މެމްބަރަކު އައްޔަނުކޮށްފި

ވިޒިޓް މޯލްޑިވްސްގެ ބޯޑަށް 4 މެމްބަރަކު އައްޔަނުކޮށްފި

90 ދުވަސް ކުރިން - 21:51

އައިޓީބީ ބާލިން 2027 ރާއްޖޭގައި

އައިޓީބީ ބާލިން 2027 ރާއްޖޭގައި

142 ދުވަސް ކުރިން - 15:02