Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

މާލެ-ހުޅުމާލެ ފެނުގެ ވިއުގަ ގުޅާލުމުގެ މަސައްކަތް 2025ގެ ކުރީކޮޅު ނިމޭނެ

މާލެ-ހުޅުމާލެ ފެނުގެ ވިއުގަ ގުޅާލުމުގެ މަސައްކަތް 2025ގެ ކުރީކޮޅު ނިމޭނެ

އައިޝަތު ރުވާ ރިފްޢަތު
617 ދުވަސް ކުރިން - 31 ޑިސެންބަރު 2024 13:29
މާލެ-ހުޅުމާލެ ފެނުގެ ވިއުގަ ގުޅާލުމުގެ މަސައްކަތް 2025ގެ ކުރީކޮޅު ނިމޭނެ
ޚުލާސާ

މި މަޝްރޫޢު މިހާތަނަށް ލަސްވެފައިވަނީ ވޭތުވެދިޔަ ސަރުކާރުތަކުގައި ފެނުގެ ވިއުގައިގެ ޕަމްޕް ސްޓޭޝަން ހަދަން ބިން ހަމަޖައްސާފައި ނުވާތީ.

މާލެއާއި ހުޅުމާލޭގެ ފެނުގެ ވިއުގަ ގުޅާލުމުގެ މަސައްކަތް 2025 ވަނަ އަހަރުގެ ކުރީކޮޅު ނިމޭނެ ކަމަށް މޯލްޑިވްސް ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) ގެ މެނޭޖިން ޑިރެކްޓަރ ޢަބްދުލްމަތީން މުޙައްމަދު ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާ ޕޮރޮގްރާމެއްގައި ވާހަކަދައްކަވަމުން އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރ މަތީން ވިދާޅުވީ، މި މަޝްރޫޢު މިހާތަނަށް ލަސްވެފައިވަނީ ވޭތުވެދިޔަ ސަރުކާރުތަކުގައި ފެނުގެ ވިއުގައިގެ ޕަމްޕް ސްޓޭޝަން ހަދަން ބިން ހަމަޖައްސާފައި ނުވާތީ ކަމަށެވެ. ނަމަވެސް މިހާރު އެ މައްސަލަ ޙައްލުކޮށް، ޕަމްޕް ސްޓޭޝަންގެ މަސައްކަތް ބާރު ދުވެލީގައި ކުރިއަށްދާ ކަމަށް މަތީން ވިދާޅުވިއެވެ.

"ހައެއްކަ އަހަރު ވޭތުވެދިޔައިރު ޕަމްޕް ސްޓޭޝަނަށް ބިން ހަމަޖައްސާފައެއް ނެތް. އެތައް އަހަރެއް އެދިޔައީ މަސައްކަތް ނުނިމި. އެކަމަކު މިހާރު ބިން ހަމަޖައްސާ ޕަމްޕް ސްޓޭޝަންގެ މަސައްކަތް އެ ދަނީ ބާރަށް ކުރިއަށް،" މަތީން ވިދާޅުވިއެވެ

Advertisement

Advertisement 1

މާލެއާއި ހުޅުމާލޭގެ ފެނުގެ ވިއުގަ ގުޅާލުމަށް ބޭނުންވާ މައި ނެޓްވޯކް އެޅުމުގެ މަސައްކަތްތައް ކޮށްފައިވަނީ 2018 ވަނަ އަހަރު، ސިނަމާލެ ބްރިޖްގެ މަސައްކަތާއެކުގައެވެ. ނަމަވެސް މިހާތަނަށްވެސް އެ މަސައްކަތް ނިންމާ ޚިދުމަތް ފަށާފައެއް ނުވެއެވެ.

މި މަޝްރޫޢަކީ އެމްޑަބްލިޔުއެސްސީގެ "ވޯޓަރ ސެކިއުރިޓީ ޕްލޭން" ގެ ދަށުން 2016 ވަނަ އަހަރު ފެށި މަސައްކަތެކެވެ. މި ޕްލާންޓާއެކު، މާލެ ނުވަތަ ހުޅުމާލެއިން ފެން ކެނޑޭ ޙާލަތުގައި ވަގުތުން އެއް ރަށުން އަނެއް ރަށަށް ފެން ފޯރުކޮށްދެވޭނެއެވެ.

މަތީން ވިދާޅުވިގޮތުގައި ހުޅުމާލެއާއި މާލޭގައި އަޅާ ފެނުގެ ވިއުގައަކީ ގަޑިއަކު 800 ޓަނުގެ ފެން ދައުރުކުރެވޭނެ ނިޒާމެކެވެ. މާލެ ސަރަޙައްދުގައި އިތުރުވަމުން އަންނަ އާބާދީއާއެކު މި ޚިދުމަތަކީ، ފެނުގެ ރައްކާތެރިކަން އިތުރުކުރުމަށް މުހިންމުވެފައިވާ މަޝްރޫޢުއެކެވެ.           

އެމްޑަބްލިއުއެސްސީ
Advertisement
Advertisement

ގުޅޭ ޚަބަރުތައް

އެސްއޯއީތައް އިސްލާހުކުރުމުގެ ނިންމެވުން: ދެމެހެއްޓެނިވި އަދި ހަރުދަނާ ހިދުމަތަކަށް އެޅުނު މުހިންމު ފިޔަވަޅެއް: ފަހުމީ

އެސްއޯއީތައް އިސްލާހުކުރުމުގެ ނިންމެވުން: ހަރުދަނާ ހިދުމަތަކަށް އެޅުނު މުހިންމު ފިޔަވަޅެއް: ފަހުމީ

1 ދުވަސް ކުރިން - 08:45

އެމްޑަބްލިޔުއެސްސީން އަގުބޮޑުކޮށް އުޅަނދެއް ގަތް ކަމަށް ބުނާ ވާހަކަތައް އެ ކުންފުނީގެ އެމްޑީ ދޮގުކުރައްވައިފި

އެމްޑަބްލިޔުއެސްސީން އަގުބޮޑުކޮށް އުޅަނދެއް ގަތް ކަމަށް ބުނާ ވާހަކަތައް ދޮގުކޮށްފި

17 ދުވަސް ކުރިން - 16:20

އެމްޑަބްލިޔުއެސްސީގެ ޗެއަރމަންގެ މަޤާމުން ޝަމްހޫޒާ ވަކިކޮށްފި

އެމްޑަބްލިޔުއެސްސީގެ ޗެއަރމަން ޝަމްހޫޒާ ވަކިކޮށްފި

115 ދުވަސް ކުރިން - 13:49

ޝަރުތުތަކަކާއެކު ފެން ބިލްތަކުގެ ޖޫރިމަނާ މައާފުކޮށްދޭން އެމްޑަބްލިއުއެސްސީން ނިންމައިފި

ފެން ބިލްތަކުގެ ޖޫރިމަނާ މައާފުކޮށްދޭން އެމްޑަބްލިއުއެސްސީން ނިންމައިފި

140 ދުވަސް ކުރިން - 17:23

އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރުކަމަށް ފަހުމީ

އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރުކަމަށް ފަހުމީ

148 ދުވަސް ކުރިން - 12:04

ފެން ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން މަތީން އިސްތިއުފާ ދެއްވައިފި

ފެން ކުންފުނީގެ އެމްޑީ މަތީން އިސްތިއުފާ ދެއްވައިފި

150 ދުވަސް ކުރިން - 14:47

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%