އާއު އަހަރު ފާހަގަކުރުމުގެ ގޮތުން ހުޅުމާލޭގައި މިރޭ 5 މިނެޓަށް ހަވާ އެރުވުމަށް ހަމަޖައްސައިފިއެވެ.
އެމްއެންޑީއެފް އިން ބުނީ ހަވާ އެރުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭ ސެންޓްރަލް ޕާކުގައި މިރޭ 23:59 ގައި ކަމަށެވެ. އާ އަހަރަށް ތައްޔާރުވުމުގެ ގޮތުން މީގެ ކުރިންވެސް އެމްއެންޑީއެޕް އިން ވަނީ ފަރިތަކުރުންތައް ކުރިއަށް ގެންގޮސްފައެވެ.
މީގެއިތުރުން، "މޯލްޑިވްސް ކަލްޗާ އެންޑް ފުޑް ފެސްޓިވަލް" ނަމުގައި އާ އަހަރު ފާހަގަކުރުމަށް ކުރިއަށް ގެންދާ ހަރަކާތްތައް މިރޭ އާއި ބުދަ ދުވަހުގެރޭ ހުޅުމާލެ ސެންޓްރަލް ޕާކްގައި ކުރިއަށް ދާނެއެވެ.
މި ފެސްޓިވަލްގައި ދިވެހި ސަޤާފީ ފުޑް ފެސްޓިވަލަކާއި 15 މިނެޓުގެ ޑްރޯން ޝޯއަކާއި ދިވެހި ސަޤާފަތް ދައްކާލުމުގެ ހަރަކާތްތައްވެސް ކުރިއަށްދާނެއެވެ.









