Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ފެއަރތަކަށް ކުރާ ޚަރަދު ކުޑަކޮށް، ޑިޖިޓަލް ކެމްޕެއިންތައް އިތުރުކުރާނަން: އެމްއެމްޕީއާރުސީ

ފެއަރތަކަށް ކުރާ ޚަރަދު ކުޑަކޮށް، ޑިޖިޓަލް ކެމްޕެއިންތައް އިތުރުކުރާނަން: އެމްއެމްޕީއާރުސީ

އާނާ ފަހީމް
619 ދުވަސް ކުރިން - 29 ޑިސެންބަރު 2024 21:01
އެމްއެމްޕީއާރުސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން. / ފޮޓޯ: ޕީއެސްއެމް ނިއުސް
އެމްއެމްޕީއާރުސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން. / ފޮޓޯ: ޕީއެސްއެމް ނިއުސް
ޚުލާސާ

މީގެ ކުރިން އެމްއެމްޕީއާރުސީގެ ވަސީލަތްތަކުގެ 80 އިންސައްތަ ބޭނުންކުރެވެނީ ޓްރެވެލް ޓްރޭޑް ފެއަރތަކަށް ކަމަށް އެ ކޯޕަރޭޝަނުން ބުނި.

މޯލްޑިވްސް މާކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން އަންނަ އަހަރު ފަތުރުވެރިކަމުގެ ފެއަރތަކަށް ކުރާ ޚަރަދު ކުޑަކޮށް، ޑިޖިޓަލް ކެމްޕެއިންތަކަށް އިސްކަންދިނުމަށް ނިންމައިފިއެވެ.

އެމްއެމްޕީއާރުސީގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެ ކޯޕަރޭޝަނުގެ ޗެއަރޕާސަން އަބްދުﷲ ޤިޔާސް ވިދާޅުވީ، އަންނަ އަހަރު އެންމެ ބޮޑު އިސްކަމެއް ދޭނީ އޮންލައިން ޑިޖިޓަލް ކެމްޕެއިންތަކަށް ކަމަށެވެ.

"މީގެ ކުރިން އަޅުގަނޑުމެންގެ ވަސީލަތްތަކުގެ 80 އިންސައްތަ ބޭނުންކުރެވެނީ ޓްރެވެލް ޓްރޭޑް ފެއަރތަކަށް. އަންނަ އަހަރު އަޅުގަނޑުމެން ބޮޑަށް އިސްކަން މިދެނީ ޑިޖިޓަލީ ޑްރިވެން ކެމްޕެއިންތަކަށް." ޤިޔާސް ވިދާޅުވިއެވެ.

Advertisement

Advertisement 1

ޤިޔާސް ވިދާޅުވީ، ޑިޖިޓަލް ކެމްޕެއިންތަކަށް އިސްކަންދިނުމުގެ ސަބަބުން ފެއަރތަކަށް ކުރާ ޚަރަދު ކުޑަކުރެވޭނެ ކަމަށެވެ. އެގޮތުން ވޯލްޑް ޓްރެވަލް މާކެޓް (ޑަބްލިއުޓީއެމް) އަށް ކުރާ ޚަރަދުން އެކަނި 3.5 މިލިއަން ރުފިޔާ ސަލާމަތްކުރެވިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެމްއެމްޕީއާރުސީން ފާހަގަކުރި ގޮތުގައި، ދާދިފަހުން ކުރިއަށް ގެންދިޔަ "އޮންލައިން މިނީ ކެމްޕެއިން" އިން އެއްމަސް ދުވަހުގެ ތެރޭގައި 22 މިލިއަން އިމްޕްރެޝަން ލިބިފައިވެއެވެ. މި ކާމިޔާބީގެ މައްޗަށް ބިނާކޮށް، މީސްމީޑިއާގެ އެކި މަންސަތަކާއި ބުކިންގ ޕްލެޓްފޯމްތަކާ ގުޅިގެން އިތުރު މާކެޓިންގ ކެމްޕެއިންތައް ކުރިއަށް ގެންދިއުމަށް ރާވާފައިވާކަމަށް އެމްއެމްޕީއާރުސީން ބުންޏެވެ.

އަންނަ އަހަރު ފަތުރުވެރިކަމުގެ ސިނާޢަތުން ލިބޭ އާމްދަނީ 5 ބިލިއަން ޑޮލަރަށް އިތުރުކުރުމަކީ ސަރުކާރުގެ އަމާޒެކެވެ. އަދި ރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިންގެ ޢަދަދު މި އަހަރަށްވުރެ 15 އިންސައްތަ އިތުރުކުރުމަށްވެސް ސަރުކާރުން ވަނީ އަމާޒު ކަނޑައަޅާފައެވެ.

އެމްއެމްޕީއާރުސީ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ވިޒިޓް މޯލްޑިވްސްގެ ވަގުތީ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ސަބީހާ އަހުމަދު ހަމަޖައްސައިފި

ވިޒިޓް މޯލްޑިވްސްގެ ވަގުތީ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ސަބީހާ އަހުމަދު ހަމަޖައްސައިފި

14 ދުވަސް ކުރިން - 22:40

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގައި ވެސް ނުހިމެނޭ ނަމެއް އެބައޮތް؛ އެއީ ޑރ. މުހައްމަދު މުއިއްޒު

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގައި ވެސް ނުހިމެނޭ ނަމެއް އެބައޮތް!

15 ދުވަސް ކުރިން - 11:16

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ލިބުނު ޕޮޕިއުލާ މޯލްޑިވްސް އަށް ދައުވާކުރަން ފޮނުވައިފި

އެމްއެމްޕީއާރްސީ ހިޔާނާތުގެ މައްސަލަގައި ކުންފުންޏަކަށް ދައުވާކުރަނީ

122 ދުވަސް ކުރިން - 17:52

ވިޒިޓް މޯލްޑިވްސްގެ ބޯޑަށް ބަދަލުތަކެއް ގެނެސް، 4 މެމްބަރަކު އައްޔަނުކޮށްފި

ވިޒިޓް މޯލްޑިވްސްގެ ބޯޑަށް 4 މެމްބަރަކު އައްޔަނުކޮށްފި

135 ދުވަސް ކުރިން - 21:51

ޝަރީއަތަށް ހާޒިރުނުވެ ޔާމީން ދިއްދުއަށް, އަޑުއެހުން ކެންސަލްކޮށް ކޯޓުގެ އިންޒާރެއް!

ޝަރީއަތަށް ހާޒިރުނުވެ ޔާމީން ދިއްދުއަށް, ކޯޓުގެ އިންޒާރެއް!

317 ދުވަސް ކުރިން - 19:22

އެމްއެމްޕީއާރުސީ އާއި ފެނަކަ ހިޔާނާތުގައި ބައިވެރިވި އާއްމުން ދެނެގަނެ ފިޔަވަޅު އަޅަން ފަށަނީ

އެމްއެމްޕީއާރުސީ، ފެނަކަ ހިޔާނާތުގައި ބައިވެރިވި އާއްމުން ހޯދަނީ

341 ދުވަސް ކުރިން - 14:03