Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

އެމްއެމްޕީއާރުސީ އާއި ފެނަކަ ހިޔާނާތުގައި ބައިވެރިވި އާއްމުން ދެނެގަނެ ފިޔަވަޅު އަޅަން ފަށަނީ

އެމްއެމްޕީއާރުސީ އާއި ފެނަކަ ހިޔާނާތުގައި ބައިވެރިވި އާއްމުން ދެނެގަނެ ފިޔަވަޅު އަޅަން ފަށަނީ

މުހައްމަދު ޖަމްޝަތު
250 ދުވަސް ކުރިން - 3 އޮކްޓޫބަރު 2025 14:03
ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީސް----
ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީސް----
ޚުލާސާ

ދައުލަތުގެ ފައިސާއަށް ހިޔާނާތްތެރިވުމުގެ މައްސަލަތައް ތަހުގީގުކޮށް، ދައުވާކުރުމުގެ މަސައްކަތް އަވަސްކުރުމަށް ޕީޖީ އާއި އޭސީސީ އަދި ފުލުހުން ގުޅިގެން ހާއްސަ މަސައްކަތްތަކެއް ދަނީ ކުރަމުން.

ޕފެނަކަ ކޯޕަރޭޝަނުން ހިންގާފައިވާ ހިޔާނާތްތަކާއި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ހިޔާނާތުގައި ނުހައްގު މަންފާ ހޯދި އާންމު މީހުންގެ މައްސަލަތައް ބެލުމަށް ފުލުހުންނާއި އެންޓި ކޮރަޕްޝަން ކޮމިޝަން ގުޅިގެން ތަހުގީގުކުރުމަށް އެ އިދާރާތަކަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން އަންގައިފި އެވެ.

ޕީޖީ އޮފީހުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ ފެނަކަ ކުންފުނީގެ ހިޔާނާތުގެ މައްސަލަތަކަކީ ޕީޖީން ހާއްސަ ސަމާލުކަމެއްދީގެން، އެ މައްސަލަތަކުގެ ތަހުގީގު އަވަސްކޮށްދިނުމަށް އެދި އޭސީސީއަށް އަންގާފައިވާނެ ކަމަށާއި އެކަމަށް ހާއްސަ އިރުޝާދެއް ތައްޔާރުކޮށް، އެ އިރުޝާދުގައި ބަޔާންކޮށްފައިވާ މުއްދަތުތަކުގެ ތެރޭގައި މި މައްސަލަތަކުގެ ތަހުގީގުކޮށް ފުރިހަމަކޮށް، ހުށަހެޅުމަށް އޭސީސީއަށް އަންގާފައިވާނެ ކަމަށެވެ. 

އަދި އެމްއެމްޕީއާރްސީ މެދުވެރިކޮށް ހިންގާފައިވާ ހިޔާނާތުގެ މައްސަލަތަކުގައި، ވަކި ބައެއްގެ މައްޗަށް ދައުވާ ނުކުރުމަށް ނިންމާފައިވާ އެއްބަސްވުންތައް ބާތިލުކޮށް، އެ މައްސަލަތަކުގެ ތަހުގީގު އަވަސްކޮށް ނިންމައި ހުށަހަޅަން މީގެ ކުރިންވެސް އޭސީސީއަށް އަންގާފައިވާނެ ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ. އަދި އެ އެއްބަސްވުންތައް ރައްދުވާ މީހުންގެ މައްސަލަތަކުގެ ތަހުގީގު ކުރިޔަށް ގޮސްފައިވާ ހިސާބު މިއޮފީހާ މަޝްވަރާކުރުމަށް 08 އޮކްޓޫބަރު 2025 ދުވަހުގެ ކުރިން ހުށަހެޅުމަށް މިހާރު ވާނީ އޭސީސީ އަށް އަންގާފައި ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.

Advertisement

Advertisement 1

ޕީޖީން ބުނީ އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިންގާފައިވާ ހިޔާނާތުގެ މައްސަލަތަކުގެ ތެރެއިން މައްސަލައެއްގެ ތަހުގީގު ނިންމައި، ދައުވާކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.

ޕީޖީގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ ފެނަކަ އާއި އެމްއެމްޕީއާރްސީގެ މައްސަލަތަކުގައި ޕީޖީގެ އެހީތެރިކަން 7/24 އޭސީސީއަށް ލިބޭނޭ ގޮތަށް ކަންކަން މަގުފަހިކުރުމުގެ ބޭނުމުގައި، އެކަމަށް ޓީމުތަކެއްވެސް މިހާރު އެކުލަވާލައިފާނެ ކަމަށެވެ. އަދި އެ މައްސަލަތަކުގައި ފުރިހަމަ ފިޔަވަޅު އެޅުމުގެ ގޮތުން، އެ މައްސަލަތަކުން ނުހައްގު މަންފާ ލިބިފައިވާ އާންމު މީހުންގެ ބައި ދިވެހި ފުލުހުންގެ ހިދުމަތާއި އޭސީސީ ގުޅިގެން ފުޅާ ތަހުގީގެއް ކުރިޔަށް ގެންދިޔުމަށް އަންގާފައިވާނެ ކަމަށާއި އެ މައްސަލަތަކުގައި ހިމެނޭ ކުށްކޮށްގެން ހޯދާފައިވާ މުދަލާއި ފައިސާ ދެނެގަނެ، އެ މުދަލާއި ފައިސާ ދައުލަތަށް ނެގޭނެ މަގުފަހިކުރުމުގެ މަސައްކަތް ޕީޖީން ކުރަމުންދާ ކަމަށްވެސް ބުންޏެވެ.

މީގެ އިތުރުން ދައުލަތުގެ ފައިސާއަށް ހިޔާނާތްތެރިވުމުގެ މައްސަލަތައް ތަހުގީގުކޮށް، ދައުވާކުރުމުގެ މަސައްކަތް، އެކަށީގެންވާ އަވަސްމިނެއްގައި ކުރިއަށް ގެންދިއުމަށް ޕީޖީ އާއި އޭސީސީ އަދި ފުލުހުން ގުޅިގެން ހާއްސަ މަސައްކަތްތަކެއް ކުރަމުންގެންދާކަމަށްވެސް އެ ބަޔާނުގައި ވަނީ ބުނެފަ އެވެ.

ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީސްއެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)މޯލްޑިވްސް ޕޮލިސް ސަރވިސްފެނަކަ ޚިޔާނާތްއެމްއެމްޕީއާރުސީ
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އޮޕަރޭޝަނެއްގައި އުޅުއްވަނިކޮށް ފުލުހަކު ގެއްލިގެން ހޯދަނިކޮށް ނިޔާވެފައި އޮއްވާ ފެނިއްޖެ

އޮޕަރޭޝަނެއްގައި އުޅުއްވަނިކޮށް ފުލުހަކު ގެއްލިގެން ހޯދަނިކޮށް ނިޔާވެފައި އޮއްވާ ފެނިއްޖެ

34 މިނެޓު ކުރިން - 10:10

ހުޅުމާލޭގައި ސައިކަލެއް ކޮންޓްރޯލް ނުވެ ހިނގާފައި ދިޔަ މީހަކަށް ބޮޑެތި އަނިޔާތަކެއް ވެއްޖެ

ސައިކަލެއް ކޮންޓްރޯލް ނުވެ ހިނގާފައި ދިޔަ މީހަކަށް ބޮޑެތި އަނިޔާތަކެއް ވެއްޖެ

2 ދުވަސް ކުރިން - 17:20

އއ. ފެރިދޫގައި ފުލުހުންގެ އައު އިމާރާތް ހުޅުވައިފި

އއ. ފެރިދޫގައި ފުލުހުންގެ އައު އިމާރާތް ހުޅުވައިފި

8 ދުވަސް ކުރިން - 07:07

ށ. މިލަންދޫގައި ރޯވި އަލިފާންގަނޑުގައި ތިން ޑިންގީއެއް އަނދައި ބޮޑެތި ގެއްލުންތަކެއް ވެއްޖެ

މިލަންދޫގައި ރޯވި އަލިފާންގަނޑުގައި ތިން ޑިންގީއެއް އަނދައި ބޮޑެތި ގެއްލުންތަކެއް

9 ދުވަސް ކުރިން - 09:50

މާލެ އާއި އައްޑޫގައި ނުރައްކާތެރި އެކްސިޑެންޓްތަކެއް: ގިނަ ބަޔަކަށް އަނިޔާވެއްޖެ

މާލެ އާއި އައްޑޫގައި ނުރައްކާތެރި އެކްސިޑެންޓްތަކެއް: ގިނަ ބަޔަކަށް އަނިޔާވެއްޖެ

10 ދުވަސް ކުރިން - 01:55

ބަދުއަހުލާގީ އަމަލުތަކެއް ހިންގި ށ. ގޮއިދޫ އިމާމު ވަޒީފާއިން ވަކިކޮށްފި

ބަދުއަހުލާގީ އަމަލުތަކެއް ހިންގި ށ. ގޮއިދޫ އިމާމު ވަޒީފާއިން ވަކިކޮށްފި

10 ދުވަސް ކުރިން - 00:06