Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ޝަރީއަތަށް ހާޒިރުނުވެ ޔާމީން ދިއްދުއަށް, އަޑުއެހުން ކެންސަލްކޮށް ކޯޓުގެ އިންޒާރެއް!

ޝަރީއަތަށް ހާޒިރުނުވެ ޔާމީން ދިއްދުއަށް, އަޑުއެހުން ކެންސަލްކޮށް ކޯޓުގެ އިންޒާރެއް!

މުހައްމަދު ޖަމްޝަތު
226 ދުވަސް ކުރިން - 27 އޮކްޓޫބަރު 2025 19:22
ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް 2022 ވަނަ އަހަރު ދިއްދޫއަށް ކުރެއްވި ދަތުރުގެ ތެރެއިން---ފޮޓޯ: ޕީޕީއެމް
ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް 2022 ވަނަ އަހަރު ދިއްދޫއަށް ކުރެއްވި ދަތުރުގެ ތެރެއިން---ފޮޓޯ: ޕީޕީއެމް
ޚުލާސާ

ޔާމީން ވަޑައިގެންނެވީ ދިއްދޫގައި ބޭއްވުމަށް ހަމަޖެހިފައިވާ "ތިލައުތުރު އެވޯޑު" ދިނުމުގެ ހަފްލާއަށް

ދައުލަތުން ކުރީގެ ރައީސް، އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ އަޑު އެހުމެއް މިއަދު ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފައި އޮއްވާ އަޑުއެހުމަށް ހާޒިރުނުވެ، ހއ. ދިއްދޫއަށް ވަޑައިގެންފި އެވެ.

އެމްއެމްޕީއާރްސީ ހިޔާނާތުގެ މައްސަލައިގައި ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑްރިން އާއި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާއާ ގުޅޭ އަޑުއެހުމެއް ކްރިމިނަލް ކޯޓުން ތާވަލުކޮށްފައި އޮތީ މިއަދު 14:30އަށެވެ. ނަމަވެސް ކޯޓުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ މި އަޑުއެހުމަށް ދައުވާ ލިބޭ ފަރާތުން ހާޒިރުވެފައިނުވާތީ އަޑުއެހުން ކެންސަލްކޮށްފައިވާކަމަށެވެ.

ތަވާލުކޮށްފައިވާ އަޑު އެހުމަށް ވަޑައިގަތުމުގެ ބަދަލުގައި ރައީސް ޔާމީން ވަނީ ދިއްދޫގައި ބޭއްވުމަށް ހަމަޖެހިފައިވާ "ތިލައުތުރު އެވޯޑު" ދިނުމުގެ ހަފްލާ ޝަރަފުވެރިކޮށްދެއްވުމަށް އެ ރަށަށް ވަޑައިގެންފައެވެ.

Advertisement

Advertisement 1

ކްރިމިނަލް ކޯޓުން ބުނީ ދައުވާ ލިބޭ ފަރާތުން މަގުބޫލު ސަބަބެއް ނެތި ކޯޓަށް ހާޒިރުނުވުމަކީ އަދި މައްސަލަ ތާވަލު ކުރެވިފައި ވަނިކޮށް ކޯޓުގެ ހުއްދަނެތި ކޯޓު ހުރި ރަށުން ފުރައިގެން ދިއުމަކީ، އެ ފަރާތަކާމެދު ގާނޫނީ ފިޔަވަޅު އެޅޭނެ އަމަލުތަކެއް ކަމަށެވެ.

އާރަށް މައްސަލާގައި ޔާމީންގެ މައްޗަށް އިއްވި 11 އަހަރުގެ ހުކުމް، ހައި ކޯޓުން ބާތިލުކުރުމުން ޔާމީން މިވަގުތު ހުންނެވީ މިނިވަންވެފަ އެވެ. މިއީ ޖަލުން މިނިވަންވި ފަހުން ޔާމީން ކުރައްވާ މިފަދަ ފުރަތަމަ ދަތުރެވެ. އާރަށް މައްސަލަ އަލުން ބަލަން ކްރިމިނަލް ކޯޓަށް އަންގާފައިވާތީ، އެ މައްސަލައިގެ ޝަރީއަތް އަލުން ފަށައިގެން މައްސަލައިގެ އަޑުއެހުންތައް ދަނީ ބާއްވަމުންނެވެ.

ކްރިމިނަލް ކޯޓުރައީސް ޔާމީންއެމްއެމްޕީއާރުސީ
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އަޅުގަނޑާ ބެހޭގޮތުން ޝަމްއާން ހެއްދެވީ އެއްވެސް ސާބިތުކަމެއް ނުހިފޭ ދޮގުތަކެއް: އިހުސާން

އަޅުގަނޑާ ބެހޭގޮތުން ޝަމްއާން ހެއްދެވީ އެއްވެސް ސާބިތުކަމެއް ނުހިފޭ ދޮގުތަކެއް: އިހުސާން

22 ގަޑިއިރު ކުރިން - 11:09

ހިތަދޫ އުތުރު ދާއިރާގައި ޕީއެންސީ/ޕީޕީއެމް/ޑީއާރުޕީ ފިކުރަށް ތާރީހީ ކުރިއެރުމެއް

ހިތަދޫ އުތުރު ދާއިރާގައި ޕީއެންސީ/ޕީޕީއެމް/ޑީއާރުޕީ ފިކުރަށް ތާރީހީ ކުރިއެރުމެއް

3 ދުވަސް ކުރިން - 10:48

އެމްޑީޕީ ރޫޅާލަން ނަޝީދު ހެއްދެވި ޑިމޮކްރެޓްސް އިލެކްޝަނުން ރޫޅާލައިފި؛ ޔާމީނުގެ ޕީއެންއެފް ސަލާމަތްވީ ކިރިޔާ

އެމްޑީޕީ ރޫޅާލަން ނަޝީދު ހެއްދެވި ޑިމޮކްރެޓްސް އިލެކްޝަނުން އުވާލައިފި

7 ދުވަސް ކުރިން - 18:13

އިދިކޮޅު އިއްތިޙާދެއްތޯ ނުވަތަ ބާރުވެރިކަން ހޯދުމަށް ކުރާ މަސައްކަތެއްތޯ؟

އިދިކޮޅު އިއްތިޙާދެއްތޯ ނުވަތަ ބާރުވެރިކަން ހޯދުމަށްކުރާ މަސައްކަތެއްތޯ؟

16 ދުވަސް ކުރިން - 13:16

ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބުކުރާނީ 60 އިންސައްތަ ވޯޓުން: ޝާހިދު

2028 ކާމިޔާބުކުރާނީ %60 ވޯޓުން: ޝާހިދު

19 ދުވަސް ކުރިން - 00:31

ޖަމީލަކީ ހިޔަޅެއް، ކެބިނެޓަށް އައްޔަނުކުރިނަމަ ޔާމީން ގާތު ނުހުންނާނެ: ޝުޖާއު

"ކެބިނެޓަށް އައްޔަނުކުރިނަމަ ޔާމީން ގާތު ޖަމީލެއް ނުހުންނާނެ"

19 ދުވަސް ކުރިން - 23:56