Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ޔާމީނު ބަލިވީ ޓިނު ނެގުމާއި ކެމްޕޭން ފައިސާ އަށް ވީގޮތެއް ނޭނގުމުން! - ފަލާހު

ޔާމީނު ބަލިވީ ޓިނު ނެގުމާއި ކެމްޕޭން ފައިސާ އަށް ވީގޮތެއް ނޭނގުމުން! - ފަލާހު

ޢަބްދުﷲ ޖުނައިދު
5 ގަޑިއިރު ކުރިން - 19 ސެޕްޓެންބަރު 2026 09:04
ޕީއެންސީގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު އިބްރާހިމް ފަލާހު.
ޕީއެންސީގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު އިބްރާހިމް ފަލާހު.
ޚުލާސާ

ކޯޓުތަކުގެ މައްޗަށް އަތްގަދަކޮށް ފަނޑިޔާރުން ހައްޔަރުކުރުމަކީ ރައްޔިތުން ބަލައިގަތް ކަމެއް ނޫން. ޔާމީނުގެ ވެރިކަމުގައި ރައްޔިތުންގެ އިތުބާރު މުޅިން ގެއްލިގެން ދިޔައީ ހިންގާފައިވާ ހަރުކަށި އަދި އަނިޔާވެރި އަމަލުތަކުގެ ސަބަބުން.

2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުން ރައީސް ޔާމީން ނާކާމިޔާބުވެވަޑައިގަތީ އެކި ފަރާތްތަކުން ލިބުނު ކެމްޕޭން ފައިސާ އަށް ވީ ގޮތް ނޭނގުމުގެ އިތުރުން، ސުޕްރީމް ކޯޓުގެ ފުރާޅުން ޓިނު ނެގި މައްސަލަ އާއި ސިޔާސީ ލީޑަރުން ހައްޔަރުކޮށް ޖަލަށް ލުމުގެ ސަބަބުން ކަމަށް ވިދާޅުވެ، ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ވެރިކަމުގައި ހިންގާފައިވާ ކަންކަމަށް ޕީއެންސީގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު އިބްރާހިމް ފަލާހު، ރޭ ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

ޕީއެންސީގެ މިއަހަރުގެ ބޮޑު ކޮންގްރެސްގެ ނިމުން ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ފަލާހު ވިދާޅުވީ ޔާމީނުގެ ވެރިކަމުގައި ރައްޔިތުންގެ އިތުބާރު މުޅިން ގެއްލިގެން ދިޔައީ ހިންގާފައިވާ ހަރުކަށި އަދި އަނިޔާވެރި އަމަލުތަކުގެ ސަބަބުންނެވެ.

ފަލާހުގެ ވާހަކަފުޅުގައި 2018 ވަނަ އަހަރުގެ ފެބުރުއަރީ 1 ގެ ސުޕްރީމް ކޯޓުގެ އަމުރާއި ގުޅިގެން ހިނގާދިޔަ ހާދިސާތަކަށް އިޝާރާތްކުރައްވައި ވިދާޅުވީ، ކޯޓުތަކުގެ މައްޗަށް އަތްގަދަކޮށް ފަނޑިޔާރުން ހައްޔަރުކުރުމަކީ ރައްޔިތުން ބަލައިގަތް ކަމެއް ނޫން ކަމަށެވެ. އަދި އޭގެ އިތުރުން، އަމިއްލަ ޕާޓީގެ އިސް ބޭފުޅުންނާއި ގައުމުގެ ހުރިހާ ސިޔާސީ ލީޑަރުން ޖަލަށްލައި ހިންގި ކަންކަމުގެ ނަތީޖާ އަކީ ރައްޔިތުން އެ ބިރުވެރިކަމާއި ދެކޮޅަށް ތެދުވެ ވޯޓުން ޔާމީންގެ ވެރިކަން ނިމުމަކަށް ގެނައުން ކަމަށް އޭނާ ސިފަކުރެއްވިއެވެ.

Advertisement

Advertisement 1

މީގެ އިތުރުން، ރައީސް ޔާމީންގެ އެކައުންޓްތަކުގައި ހުރި ފައިސާގެ މައްސަލަތަކަށް ރިއާޔަތްކުރައްވައި ފަލާހު ވިދާޅުވީ، ކޮރަޕްޝަނާއި ވައްކަމުގެ ވާހަކަ މިއަދު ރައީސް ޔާމީން ދެއްކެވުމަކީ ހައިރާންވާންޖެހޭ ކަމެއް ކަމަށެވެ.

އަދި މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމަކީ ހަމަޖެހުމާއި ގާނޫނީ އިމުގެ ތެރެއިން ކަންކަން ނިންމާ އޯގާތެރި ވެރިކަމެއްކަން ފާހަގަކުރައްވައި، ޕީއެންސީގެ ސަފުތައް އޮތީ ބަދަހިކޮށް ކަމަށާއި، އަދި ކުރިޔަށް އޮތްތަނުގައި ވެސް ރައީސް މުއިއްޒުގެ ސިޔާސަތުތަކަށް ފުރިހަމައަށް ތާއީދުކުރުމަށް އެ ޕާޓީގެ މެންބަރުންނަށް ފަލާހު ގޮވާލެއްވިއެވެ.

ޕީއެންސީޕީއެންސީ ކޮންގްރެސް2026ރައީސް ޔާމީންމެމްބަރު އިބްރާހިމް ފަލާހް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

2028 ގެ ރިޔާސީ ޓިކެޓް ރައީސް މުޢިއްޒު ޤަބޫލުފުޅުކުރައްވައިފި

2028 ގެ ރިޔާސީ ޓިކެޓް ރައީސް މުޢިއްޒު ޤަބޫލުފުޅުކުރައްވައިފި

5 ގަޑިއިރު ކުރިން - 09:03

ޕީއެންސީގެ ޒުވާނުންގެ މަޖިލީހުގެ މެންބަރުކަމަށް ލުޖައިން އިންތިޚާބުކޮށްފި

ޕީއެންސީގެ ޒުވާނުންގެ މަޖިލީހުގެ މެންބަރުކަމަށް ލުޖައިން އިންތިޚާބުކޮށްފި

2 ދުވަސް ކުރިން - 17:00

ޕީއެންސީގެ މެންބަރުންގެ މަޖިލީހަށް އާންމު 18 މެންބަރަކު އިންތިހާބުކޮށްފި

ޕީއެންސީގެ މެންބަރުންގެ މަޖިލީހަށް އާންމު 18 މެންބަރަކު އިންތިހާބުކޮށްފި

3 ދުވަސް ކުރިން - 14:00

އަންހެނުންނަށް ހާއްސަ ގޮނޑިތަކުގެ އެންމެ ގިނަ ވޯޓު ހޯއްދަވައިގެން އެއްވަނައަށް މަރްޔަމް ޝިއުނާ

އަންހެނުންނަށް ހާއްސަ ގޮނޑިތަކުގެ އެއްވަނައަށް މަރްޔަމް ޝިއުނާ

3 ދުވަސް ކުރިން - 12:36

ޕީއެންސީގެ ޚާއްސަ ކޮންގްރެސްގެ ތެރެއިން އެ ޕާޓީގެ ނައިބު ރައީސްކަމުގެ މަގާމަށް 6 ބޭފުޅަކު މިއަދު އިންތިހާބުކޮށްފި

ޕީއެންސީގެ ނައިބު ރައީސްކަމުގެ މަގާމަށް 6 ބޭފުޅަކު އިންތިޚާބުކޮށްފި

3 ދުވަސް ކުރިން - 12:16

ޕީއެންސީގެ އަސާސީ ގަވާއިދަށް ބޮޑެތި އިސްލާހުތަކެއް ގެނެސް މަތީ މަޖިލީހުގެ އިއްތިފާގުން ފާސްކޮށްފި

ޕީއެންސީގެ އަސާސީ ގަވާއިދަށް ގެނެވުނު އިސްލާހުތައް މަތީ މަޖިލީހުން ފާސްކޮށްފި

3 ދުވަސް ކުރިން - 15:38