Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ދިވެހިރާއްޖޭގެ އަޑުގެ ޚިދުމަތް ފުޅާކޮށް އަތޮޅުތަކުން ގިނަ ޕްރޮގްރާމްތަކެއް ގެނައުމަށް މަޖިލިސް ރައީސް އެދިވަޑައިގެންފި

ދިވެހިރާއްޖޭގެ އަޑުގެ ޚިދުމަތް ފުޅާކޮށް އަތޮޅުތަކުން ގިނަ ޕްރޮގްރާމްތަކެއް ގެނައުމަށް މަޖިލިސް ރައީސް އެދިވަޑައިގެންފި

އައިޝަތު ރުވާ ރިފްޢަތު
563 ދުވަސް ކުރިން - 29 ޑިސެންބަރު 2024 14:14
ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ
ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ
ޚުލާސާ

ދިވެހިރާއްޖޭގެ އަޑަށް 62 އަހަރުވީއިރު މިއީ ރާއްޖޭގެ އެންމެ ގިނަ ދުވަސްވީ ޚަބަރު ފަތުރާ ވަސީލަތް. ޚިދުމަތް ދަމަހައްޓަން މަސައްކަތް ކުރަންޖެހޭކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ވިދާޅުވި.

ދިވެހިރާއްޖޭގެ އަޑުގެ ޚިދުމަތް ފުޅާކޮށް، އަތޮޅުތަކުން ގިނަ ޕްރޮގްރާމްތަކެއް ގެނައުމަށް އެދިވަޑައިގަންނަވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ އަޑުގެ 62ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ދެއްވި ޚާއްޞަ ބަސްތީގަތުމެއްގައެވެ.

މި ބަސްތީގަތުމުގައި މަޖިލިސް ރައީސް ވަނީ އެމަނިކުފާނުގެ އަމިއްލަ ތަޖުރިބާ ހިއްސާކުރައްވާފައެވެ. އެގޮތުން ހައްދުންމަތީ އަތޮޅު އޮފީހުގައި މަސައްކަތްކުރެއްވި ދުވަސްވަރު "އަތޮޅު ހަފްތާ ޚަބަރު" ވިދާޅުވިކަން ފާހަގަކުރެއްވިއެވެ. އޭރު އަތޮޅު އޮފީހުން އަތޮޅުގެ ރަށްރަށުގައި ހިނގާ ކަންކަން ބަލައި، އެ ޚަބަރު އެއްކުރެއްވި ކަމަށާއި، އެމަސައްކަތުގައި އެމަނިކުފާނު ޢަމަލީގޮތުން އުޅުއްވިކަމަށް ވިދާޅުވިއެވެ.

"އަތޮޅު ހަފްތާ ޚަބަރު، އެދުވަސްވަރު އަޅުގަނޑު މަސައްކަތް ކުރީ ލ. އަތޮޅު އޮފީހުގައި. ދެން ބައެއް ދުވަސްތަކުގައި އެ ޚަބަރު ކިޔަން ހުންނަ ކުއްޖާ ބަލިވެގެން، ނޫނީ ޗުއްޓީއެއްގައި ހުރެގެން ނާދެވި ހިނގައިދާނެ. ދެން އެ ޚަބަރު އަސްލު ތައްޔާރުކުރަނީ އަޅުގަނޑުމެން. ތައްޔާރުކުރީމަ އެކުއްޖަކު އައިސް ކިޔަނީ. އެހެން ދިމާވާ ބައެއް ދުވަސްދުވަހު ހުންނާނެ އަޅުގަނޑުވެސް ޚަބަރު ކިޔާފައި" މަޖިލިސް ރައީސް ވިދާޅުވިއެވެ.

Advertisement

Advertisement 1

މަޖިލިސް ރައީސް ވަނީ މިފަދަ ޕްރޮގްރާމްތަކަކީ އޭރުވެސް އަދި މިހާރުވެސް މުހިންމު ޕްރޮގްރާމްތަކެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. އަދި ދިވެހިރާއްޖޭގެ އަޑުގެ ޚިދުމަތް ފުޅާކުރަން މިފަދަ މަސައްކަތްތައް އަތޮޅުތަކުގައި ކުރިއަށްގެންދިއުމަށް އެދިވަޑައިގެންނެވިއެވެ.

"ދިވެހިރާއްޖޭގެ އަޑުގެ ޚިދުމަތް މިހާރަށްވުރެ ރަނގަޅުކުރަން ޖެހޭކަމަށް އަޅުގަނޑު ޤަބޫލުކުރަނީ. ފުޅާކުރެއްވިއްޖެއިއްޔާ މުސްތަޤުބަލެއް އޮތްކަމަށް އަޅުގަނޑު ޤަބޫލުކުރަން. ފުޅާކުރާއިރު މާލޭގައި އެކަނި މިކަން ނުކުރެވޭނެ. އަތޮޅުތަކަށް އެބަޖެހޭ މި ޚިދުމަތްދާން." މަޖިލިސް ރައީސް ވިދާޅުވިއެވެ.

މީގެއިތުރުން، ދިވެހިރާއްޖޭގެ އަޑަށް 62 އަހަރުވީއިރު މިއީ ރާއްޖޭގެ އެންމެ ގިނަ ދުވަސްވީ ޚަބަރު ފަތުރާ ވަސީލަތްކަން ފާހަގަކުރައްވާފައެވެ. އެހެންކަމުން މި ޚިދުމަތް ދަމަހައްޓަން މަސައްކަތް ކުރަންޖެހޭކަމަށްވެސް ރައްޔިތުންގެ މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލިސްމަޖިލިސް ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ގުނަވަން ޓްރާންސްޕްލާންޓް ކުރުމުގެ ބިލް އަލުން ދިރާސާކޮށް މަޖިލީހުން ފާސްކޮށްފި

ގުނަވަން ޓްރާންސްޕްލާންޓް ކުރުމުގެ ބިލް އަލުން ދިރާސާކޮށް މަޖިލީހުން ފާސްކޮށްފި

1 ދުވަސް ކުރިން - 13:08

އީޔޫ އާއި ބެލްޖިއަމްގެ ސަފީރުކަމަށް ދިޔާނާ

އީޔޫ އާއި ބެލްޖިއަމްގެ ސަފީރުކަމަށް ދިޔާނާ

8 ދުވަސް ކުރިން - 12:00

ކޮތަޅު ފީ އަށް ލުއި ދޭ އިސްލާހުގެ ފުރަތަމަ ކިޔުން އިއްވައިފި

ކޮތަޅުން ދެރުފިޔާ ނުނަގާ ގޮތަށް ފުރަތަމަ ކިޔުން އިއްވައިފި

8 ދުވަސް ކުރިން - 10:45

އިންޑޮނީޝިއާއަށް ކަނޑައަޅުއްވާ ނޮން-ރެސިޑެންޓް ސަފީރަކަށް، ޑރ. މަރްޔަމް ޝަބީނާ ހަމަޖައްސަވައިފި

އިންޑޮނީޝިއާއަށް ކަނޑައަޅުއްވާ ނޮން-ރެސިޑެންޓް ސަފީރަކަށް، ޑރ. މަރްޔަމް ޝަބީނާ ހަމަޖައްސަވައިފި

20 ދުވަސް ކުރިން - 11:10

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ފަށައިފި: މިހާތަނަށް 530 މީހުން ވޯޓުލައިފި

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ފަށައިފި: މިހާތަނަށް 530 މީހުން ވޯޓުލައިފި

39 ދުވަސް ކުރިން - 10:25

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގެ ވޯޓުލުން މާދަމާ!

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގެ ވޯޓުލުން މާދަމާ!

40 ދުވަސް ކުރިން - 12:12