ޗުއްޓީއަށް ރާއްޖޭގެ ރިސޯޓެއްގައި ހުންނެވި ޖަޕާނުގެ މަޖިލިސް މެންބަރަކު އިއްޔެ މަރުވެއްޖެ އެވެ.
ޖަޕާނުގެ ވެރިކަން ކުރާ ޕާޓީއާ ހަވާލާދީ ބައެއް މީޑިއާތަކުން ރިޕޯޓްކޮށްގައިވާ ގޮތުގައި، އެ ގައުމުގެ މަޖިލިސް މެންބަރެއް ކަމަށްވާ ޓޮޝިޔުކި އަޑާޗި ރާއްޖޭގައި ވަނީ މަރުވެފަ އެވެ. ނަމަވެސް، އޭނާ މަރު އެ ގައުމުގެ މަޖިލީހުން އަދި ރަސްމީކޮށް އިއުލާނެއް ނުކުރެ އެވެ.
ފުލުހުން ބުނީ ޅ. އަތޮޅުގެ ރިސޯޓެއްގައި އުމުރުން 70 އަހަރުގެ ޖަޕާނުގެ ޓޫރިސްޓަކު ސްނޯކްލިންއަށް ގޮސް އުޅެނިކޮށް މޫދުގައި މަރުވެފައި އޮއްވާ ފެނުނު މައްސަލައެއް އިއްޔެ ހެނދުނު 8:33 ގައި ރިޕޯޓު ކޮށްފައިވާ ކަމަށެވެ.
އިތުރު ތަފުސީލް ފުލުހުން އަދި ހާމައެއް ނުކުރެ އެވެ.
އެކަމާ ގުޅޭ ގޮތުން ފޮރިން މިނިސްޓްރީގެ ބަހެއް ވެސް އަދި ނުލިބެ އެވެ.









