Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ޣައްޒާގެ ކަމާލް އަދްވާން ހޮސްޕިޓަލަށް އިސްރާއީލުން ދިން ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފި

ޣައްޒާގެ ކަމާލް އަދްވާން ހޮސްޕިޓަލަށް އިސްރާއީލުން ދިން ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފި

އަހްމަދު އީޒާން
620 ދުވަސް ކުރިން - 28 ޑިސެންބަރު 2024 16:51
ރައީސް އޮފީސް / ފޮޓޯ: ޚުލާސާ
ރައީސް އޮފީސް / ފޮޓޯ: ޚުލާސާ
ޚުލާސާ

ދިވެހި ސަރުކާރުން ބުނީ އެއީ ބައިނަލްއަގުވާމީ އިންސާނިއްޔަތާ ބެހޭ ގާނޫނާއި ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކާ ބެހޭ ގާނޫނާ މުޅިން ހިލާފު، ނުރައްކާތެރި އަމަލެއް ކަމަށް.

ޣައްޒާގެ ކަމާލް އަދްވާން ހޮސްޕިޓަލަށް އިސްރާއީލުން ދިން ހަމަލާ ދިވެހި ސަރުކާރުން މިއަދު ކުށްވެރިކޮށްފި އެވެ.

ފޮރިން މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ބުނީ ޣައްޒާގެ އުތުރުގައި ހުންނަ ކަމާލް އަދްވާން ހޮސްޕިޓަލުގައި އިސްރާއީލީ ފައުޖުން ހުޅުޖަހާ އަންދާލައި، ބަލި މީހުންނާއި މުވައްޒަފުން އެތަނުން ނެރުމަށް މަޖުބޫރުކުރުވި އަމަލު ދިވެހި ސަރުކާރުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.

އެއީ ބައިނަލްއަގުވާމީ އިންސާނިއްޔަތާ ބެހޭ ގާނޫނާއި ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކާ ބެހޭ ގާނޫނާ މުޅިން ހިލާފު، ނުރައްކާތެރި އަމަލެއް ކަމަށް ވެސް އެ ބަޔާނުގައި ބުންޏެވެ.

Advertisement

Advertisement 1

ދިވެހި ސަރުކާރުން ބުނި ގޮތުގައި، އެއީ ފަލަސްތީނު ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުން ކެނޑިނޭޅި ދެމުން ގެންދާ އަނިޔާވެރި، އުދުވާނީ ހަމަލާތަކުގެ އިތުރު ލާއިންސާނީ ހަމަލާއެކެވެ. އަދި ސިއްހީ ހިދުމަތްދޭ މުހިންމު މަރުކަޒުތަކަށް މި ކަހަލަ ހަމަލާއެއް ދިނުމަކީ ހަނގުރާމައިގެ މައިދާނުގައި ކުށެއްކަމުގައި ބައިނަލްއަގުވާމީ މުއާހަދާތަކުގައި ކަނޑއަޅާފައިވާ އަމަލެކެވެ.

"ޣައްޒާގައި އިސްރާއީލުން ހިންގަމުންދާ އަނިޔާވެރި އަމަލުތައް ހުއްޓުވައި، ފަލަސްތީނުގެ ރައްޔިތުން ހިމާޔަތްކޮށް، ޖަރީމާތަކަށް ޒިންމާވާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަށް ބައިނަލްއަގުވާމީ މުޖުތަމައުއަށް، ހާއްސަކޮށް އދ. ގެ ސަލާމަތީ މަޖިލީހަށް، ދިވެހިރާއްޖެއިން ގޮވާލަމެވެ،" ދިިވެހި ސަރުކާރުގެ ބަޔާނުގައި ބުންޏެވެ.

މި ހަމަނުޖެހުމަށް ދެމެހެއްޓެނިވި އަދި އަދުލުވެރި، ސުލްހަވެރި ހައްލެއް ލިބޭނީ 1967ގެ ކުރީގެ ސަރަހައްދުތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ގުދުސްއަކީ ވެރިކަންކުރާ ރަށްކަމުގައި ކަނޑައަޅައި، މިނިވަން އަދި މުސްތަގިއްލު ފަލަސްތީނު ދައުލަތެއް ގާއިމްކުރެވިގެން ކަމަށް ރާއްޖެއިން ގާބޫލުކުރާ ކަމަށް އެ ބަޔާނުގައި ބުންޏެވެ.

ފަލަސްތީންފޮރިން މިނިސްޓްރީ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ފަލަސްތީނަށް ރާއްޖެއިން ކަނޑައެޅުއްވި ސަފީރު ޑރ. ޒުހުރީ ސަފީރުކަމުގެ ފަތްކޮޅު އަރުވައިފި

ފަލަސްތީނަށް ރާއްޖެއިން ކަނޑައެޅުއްވި ސަފީރަށް ފަތްކޮޅު އަރުވައިފި

5 ދުވަސް ކުރިން - 13:30

ޕިންކް ފްލޮއިޑްގެ ރޮޖާ ވޯޓާސް ފަލަސްތީނުގެ ޑޮކިއުމެންޓްރީ ފިލްމަކާ ގުޅިއްޖެ

ޕިންކް ފްލޮއިޑްގެ ރޮޖާ ވޯޓާސް ފަލަސްތީނުގެ ޑޮކިއުމެންޓްރީ ފިލްމަކާ ގުޅިއްޖެ

9 ދުވަސް ކުރިން - 13:09

ވެސްޓް ބޭންކުގައި ފަލަސްތީނު އަންހެނަކަށާއި އެންބީސީގެ ޓީމަކަށް އިސްރާއީލު ވަޒަންވެރިން ހަމަލާދީފި

ވެސްޓް ބޭންކުގައި ފަލަސްތީނު އަންހެނަކަށާއި އެންބީސީގެ ޓީމަކަށް އިސްރާއީލު ވަޒަންވެރިން ހަމަލާދީފި

10 ދުވަސް ކުރިން - 11:13

ޣައްޒާގައި ތިބި ގުނަވަން ބުރިވި މީހުންގެ 25 އިންސައްތައަކީ ކުޑަކުދިން

ޣައްޒާގައި ތިބި ގުނަވަން ބުރިވި މީހުންގެ 25 އިންސައްތައަކީ ކުޑަކުދިން

12 ދުވަސް ކުރިން - 22:41

ފަލަސްތީނުގެ ސާޅީހަށްވުރެ ގިނަ މީހުން ޝަހީދުކޮށް، ސަތޭކައަށްވުރެ ގިނަ މީހުން ޒަހަމްކޮށްލައިފި

ފަލަސްތީނުގެ ސާޅީހަށްވުރެ ގިނަ މީހުން ޝަހީދުކޮށް، ސަތޭކައަށްވުރެ ގިނަ މީހުން ޒަހަމްކޮށްލައިފި

18 ދުވަސް ކުރިން - 14:34

އަގްސާ މިސްކިތް އަންދާލިތާ މިއަދަށް 57 އަހަރު

އަގްސާ މިސްކިތް އަންދާލިތާ މިއަދަށް 57 އަހަރު

19 ދުވަސް ކުރިން - 12:03