Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

އަނިޔާވި ޒުވާނާ ވެންޓިލޭޓަރުގައި، މައްސަލަ ތަހުގީގު ކުރަނީ

އަނިޔާވި ޒުވާނާ ވެންޓިލޭޓަރުގައި، މައްސަލަ ތަހުގީގު ކުރަނީ

އައިޝަތު އީމާން
571 ދުވަސް ކުރިން - 27 ޑިސެންބަރު 2024 17:16
ބުރާސްފަތި ދުވަހުގެރޭ ފޭސް-2 ގައި ފުލުހުންގެ ވެހިކަލަކާއި ސައިކަލެއްޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓު. މި އެކްސިޑެންޓުގައި އަނިޔާވި ޒުވާނާއަށް ވެންޓިލޭޓަރުގައި ދަނީ ފަރުވާދެމުން.
ބުރާސްފަތި ދުވަހުގެރޭ ފޭސް-2 ގައި ފުލުހުންގެ ވެހިކަލަކާއި ސައިކަލެއްޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓު. މި އެކްސިޑެންޓުގައި އަނިޔާވި ޒުވާނާއަށް ވެންޓިލޭޓަރުގައި ދަނީ ފަރުވާދެމުން.
ޚުލާސާ

ފުލުހުންގެ ވެހިކަލަކާއި ސައިކަލެއް ޖެހި މި އެކްސިޑެންޓު ހިނގާފައިވަނީ ބުރާސްފަތި ދުވަހުގެ ރޭ ދަންވަރު 1:50 ހާއިރު ހުޅުމާލެ ފޭސް-2 ގައި. މައްސަލަ ތަހުގީގު ކުރަމުންދާއިރު ކާރު ދުއްވި ފުލުހުންގެ އޮފިސަރުގެ އިހުމާލެއް އޮތްތޯ ބަލަމުންދާ ކަމަށް ފުލުހުން ބުނޭ.

ބުރާސްފަތި ދުވަހުގެ ރޭ ދަންވަރު 1:50 ހާއިރު ހުޅުމާލެ ފޭސް-2 ގެ ގުލްއަލާމަގުން އިރުން ހުޅަނގަށް ނިރޮޅު މަގު ހުރަސްކުރަމުންދިޔަ ފުލުހުންގެ އުޅަނދެއްގައި، ނިރޮޅު މަގުން އުތުރުން ދެކުނަށް ބާރު ދުވެލީގައި ދުއްވާފައި އައި ސައިކަލެއް ޖެހިގެން ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ފުލުހުންގެ އިހުމާލެއް އޮތްތޯ ބެލުމަށް ފުލުހުން ތަހުގީގު ފަށައިފިއެވެ.

މި އެކްސިޑެންޓުގައި ސައިކަލު ދުއްވި 18 އަހަރުގެ ޒުވާނާއަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވާއިރު ރޭގައި އެ ޒުވާނާއަށް ވަނީ ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު، ހާލު ގޯސްވެ އައިޖީއެމް ހޮސްޕިޓަލަށް ބަދަލުކޮށްފައެވެ. މިވަގުތު އެ ޒުވާނާއަށް ފަރުވާދެމުން ދަނީ ވެންޓިލޭޓަރުގައި ކަމަށް އެ ހޮސްޕިޓަލުން މައުލޫމާތު ދީފައިވެއެވެ.

🚨 ހުޅުމާލެ ފޭސް-2 ގައި ފުލުހުންގެ ވެހިކަލަކާއި ޗުޕިޓަރ ސައިކަލެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި. pic.twitter.com/spJvYqMEQP

Advertisement

Advertisement 1
— Khulaasaa (@KhulaasaaNews)

?t=Dh_XdrFg7BCfBjWk34gwZw&s=19

ފުލުހުން ބުނި ގޮތުގައި ސައިކަލު ދުއްވި ޒުވާނާއަކީ އެއްގަމު ދަތުރު ފަތުރުކުރުމުގެ ޤާނޫނާ ޚިލާފުވެގެން 2024 ވަނަ އަހަރު ޑިސެންބަރު 21 ވަނަ އަހަރު ލައިސަންސް ހިފަހައްޓާފައިވާ މީހެކެވެ.

މިފަދަ އެކްސިޑެންޓުތައް ހިނގުމަކީ ދިވެހި ފުލުހުންގެ ޚިދުމަތުން ނުހަނު ކަންބޮޑުވާކަމެއް ކަމަށް އެ އިދާރާއިން އާންމުކުރި ބަޔާނުގައި ބުނެފައިވެއެވެ. އަދި އެފަދަ އެކްސިޑެންޓުތައް ހުއްޓުވުމަށް މަގުމަތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ގިނަގުނަ ވަސީލަތްތަކެއް ބޭނުންކޮށްގެން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށްވެސް އެ އިދާރާއިން ފާހަގަކޮށްފައިވެއެވެ.

ފުލުހުން އިތުރަށް ބުނެފައިވަނީ މި އެކްސިޑެންޓުގައި ފުލުހުންގެ އުޅަނދު ދުއްވި ފުލުސް އޮފިސަރުގެ އިހުމާލެއް އޮތްތޯ ބެލުމަށް އެ އިދާރާއިން ދަނީ ތަހުގީގު ކުރަމުންނެވެ. އަދި މިފަދަ އެކްސިޑެންޓުތައް ތަކުރާރުވިޔަ ނުދިނުމަށްޓަކައި އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް އަޅުއްވާނެ ކަމުގެ ޔަޤީންކަން އެ އިދާރާއިން ވަނީ ދީފައެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސްއެކްސިޑެންޓް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

1.5 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި މައްސަލައިގެ ތުހުމަތުގައި ރޫނާ ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ރޫނާ ޝަރީއަތް ނިމެންދެން ބަންދުކޮށްފި

3 ދުވަސް ކުރިން - 18:42

ފައްޔާޒް އިސްމާއީލާ ގުޅޭ ކޮރަޕްޝަނާއި، މަސްލަހަތު ފުށުއެރުމާއި، އިތުރު މައްސަލަތަކުގެ ފުރިހަމަ ދިރާސާއެއް

ފައްޔާޒާ ގުޅޭ ކޮރަޕްޝަނާއި، މަސްލަހަތު ފުށުއެރުމާއި، އިތުރު މައްސަލަތަކުގެ ފުރިހަމަ ދިރާސާއެއް

4 ދުވަސް ކުރިން - 05:40

ހުޅުމާލޭގެ ގެސްޓްހައުސްއެއްގެ ތެރޭގައި މަރުވެފައި އޮތް ދިވެއްސަކު ފެނިއްޖެ

ހުޅުމާލޭގެ ގެސްޓްހައުސްއެއްގެ ތެރޭގައި މަރުވެފައި އޮތް ދިވެއްސަކު ފެނިއްޖެ

4 ދުވަސް ކުރިން - 15:54

އިސްރަށްވެހިންގެ ނާދީގެ މެންބަރުންނަށް އަމާޒުކޮށްގެން "ވިލުންތެރި ދިރިއުޅުން" ނަމުގައި ފުލުހުން ސެޝަނެއް ބާއްވައިފި

އިސްރަށްވެހިންގެ ނާދީގެ މެންބަރުންނަށް އަމާޒުކޮށްގެން "ވިލުންތެރި ދިރިއުޅުން" ނަމުގައި ސެޝަނެއް ބާއްވައިފި

7 ދުވަސް ކުރިން - 10:28

ހޯރަފުށީ ޖޭޖޭ ޔުނިޓްގެ ކުދިންތަކެއް މީހަކު ރަހީނުކޮށް އަނިޔާކުރުމުން ރަށުތެރެ ނުތަނަވަސްވެ އިހުތިޖާޖު ކުރަން ފަށައިފި

ހޯރަފުށި މީހަކު ރަހީނުކޮށް އަނިޔާކުރުމުން ރަށުތެރެ ނުތަނަވަސްވެ އިހުތިޖާޖު ކުރަން ފަށައިފި

7 ދުވަސް ކުރިން - 00:36

ފުލުހުންނާ ގުޅިގެން ކަރެކްޝަންސްއިން އައްސޭރި ޖަލު ބަލައި ފާސްކުރުމުގެ ހާއްސަ އޮޕަރޭޝަނެއް ފަށައިފި

އްސޭރި ޖަލު ބަލައި ފާސްކުރުމުގެ ހާއްސަ އޮޕަރޭޝަނެއް ފަށައިފި

8 ދުވަސް ކުރިން - 13:45