Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

މިހާތަނަށް 1474 މީހުން ކެންސަރު ދަފްތަރުގައި ރަޖިސްޓާކޮށްފި

މިހާތަނަށް 1474 މީހުން ކެންސަރު ދަފްތަރުގައި ރަޖިސްޓާކޮށްފި

އައިޝަތު ރުވާ ރިފްޢަތު
612 ދުވަސް ކުރިން - 25 ޑިސެންބަރު 2024 22:55
ދަރުމަވަންތަ ހޮސްޕިޓަލް. / ފޮޓޯ: ޚުލާސާ
ދަރުމަވަންތަ ހޮސްޕިޓަލް. / ފޮޓޯ: ޚުލާސާ
ޚުލާސާ

މާލެ ސަރަޙައްދުގައި އެންމެ ގިނައިން ފާހަގަވެފައިވަނީ އުރަމަތީގެ ކެންސަރާއި، ފުއްޕާމޭގެ ކެންސަރާއި، ތައިރޮއިޑްގެ ކެންސަރުގެ އިތުރުން ލޭގެ ކެންސަރު ކަމަށް އެޗްޕީއޭއިން ބުނެފައިވޭ.

މިހާތަނަށް 1474 މީހަކު ކެންސަރު ދަފްތަރުގައި ރަޖިސްޓާކޮށްފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މިއަދު ހާމަކޮށްފިއެވެ.

ދައުލަތުގެ މީޑިޔާއަށް މަޢުލޫމާތު ދެމުން އެޗްޕީއޭ އިން ބުނެފައިވަނީ، މި ޢަދަދަކީ މާލެ ސަރަޙައްދުން މިހާތަނަށް ރަޖިސްޓްރީ ކޮށްފައިވާ މީހުންގެ ޢަދަދު ކަމަށާއި، އަހަރު ނިމުމުގެ ކުރިން މާލެ ސަރަޙައްދުގެ މަސައްކަތްތައް ނިމޭނެ ކަމަށެވެ.

އެޗްޕީއޭ އިން ހާމަކުރި ގޮތުގައި، މާލެ ސަރަޙައްދުގައި އެންމެ ގިނައިން ފާހަގަވެފައިވަނީ އުރަމަތީގެ ކެންސަރާއި، ފުއްޕާމޭގެ ކެންސަރާއި، ތައިރޮއިޑްގެ ކެންސަރުގެ އިތުރުން ލޭގެ ކެންސަރެވެ.

Advertisement

Advertisement 1

މީގެ އިތުރުން، ރަށްރަށުގެ މަޢުލޫމާތުތައް އެއްކުރުމުގެ މަސައްކަތް އަންނަ އަހަރުގެ ތެރޭގައި ފަށާނެ ކަމަށް އެޗްޕީއޭ އިން ފާހަގަކުރިއެވެ. މި މަސައްކަތް ފުރަތަމަ ފަށާނީ އަތޮޅުތެރޭގެ ބޮޑެތި ހޮސްޕިޓަލްތަކުން ކަމަށާއި، އޭގެ ފަހުން މުޅި ރާއްޖޭގައި މި މަސައްކަތް ކުރިއަށް ގެންދާނެ ކަމަށްވެސް އެޗްޕީއޭ އިން ބުންޏެވެ.

މިހާރު ރާއްޖޭގައި ކެންސަރު ބައްޔާ ގުޅޭ ޚިދުމަތްދޭ ސަރުކާރުގެ މައި ހޮސްޕިޓަލަކީ ހުޅުމާލެ ހޮސްޕިޓަލް ކަމުގައިވީ ނަމަވެސް، މި ބަލީގެ މީހުންނަށް މައިގަނޑު ބޮޑެތި ހުރިހާ ފަރުވާތައް މިހާރުވެސް ދެނީ ރާއްޖެއިން ބޭރުންނެވެ.

ނަމަވެސް، އެންމެ ޒަމާނީ ޚިދުމަތްތަކާއެކު ފުލްފްލެޖް ކެންސަރު ހޮސްޕިޓަލެއް ރާއްޖޭގައި ތަރައްޤީކުރުމަށް ސަރުކާރުން ނިންމައި، މިހާރު ވަނީ އެ މަސައްކަތް ފަށާފައެވެ. މި ހޮސްޕިޓަލް ޤާއިމުކުރެވުމުން، ރާއްޖޭގައި ކެންސަރު ބަލީގެ ފަރުވާ ހޯދާ ފަރާތްތަކަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ. 

އެޗްޕީއޭ
Advertisement
Advertisement

0 ރިއެކްޝަންސް / 1 ކޮމެންޓް

0%
0%
0%
0%
0%

ޟަގެނތަ

612 ދުވަސް ކުރިން - 00:29

ރަޖިސްޓްރީ ކޮށްލާނެ ލިންކް އެއް ހިމަނާލެއްވި ނަމަ ވ ފުރިހަމަ ވީސް

ގުޅޭ ޚަބަރުތައް

ހިމަބިހީގެ ކޭސްތައް އިތުރުވާތީ މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިޔުމަށް އިލްތިމާސް ކޮށްފި!

ހިމަބިހި ފެތުރޭތީ މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިޔުމަށް އިލްތިމާސް ކޮށްފި!

3 ދުވަސް ކުރިން - 16:28

ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓުވުމުގެ ހޭލުންތެރިކަން އިތުރުކުރުމަށް ޖަމްއިއްޔާތަކަށް މާލީ އެހީ ދިނުމަށް ހުޅުވާލައިފި

ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓުވުމުގެ ހޭލުންތެރިކަން އިތުރުކުރުމަށް ޖަމްޢިއްޔާތަކަށް މާލީއެހީ ދިނުމަށް ހުޅުވާލައިފި

11 ދުވަސް ކުރިން - 10:34

ރާއްޖޭގައި ހިމަބިހި ޖެހުނު މީހުންގެ އަދަދު 144 އަށް އަރައިފި

ރާއްޖޭގައި ހިމަބިހި ޖެހުނު މީހުންގެ އަދަދު 144 އަށް އަރައިފި

46 ދުވަސް ކުރިން - 13:22

ރާއްޖޭގައި ހިމަބިއްސަށް ޕޮޒިޓިވްވި މީހުންގެ އަދަދު 11 އަށް އަރައިފި

ރާއްޖޭގައި ހިމަބިއްސަށް ޕޮޒިޓިވްވި މީހުންގެ އަދަދު 11 އަށް އަރައިފި

88 ދުވަސް ކުރިން - 21:52

އިންޑިއާއަށް އެތެރެވާ ދިވެހީން "ސެލްފް ޑެކްލަރޭޝަން" ފޯމު ހުށަހަޅަން ނިންމައިފި

އިންޑިއާއަށް އެތެރެވާ ދިވެހީން "ސެލްފް ޑެކްލަރޭޝަން" ފޯމު ހުށަހަޅަން ނިންމައިފި

92 ދުވަސް ކުރިން - 22:03

ޗުއްޓީ ދުވަސްވަރު ބަލިތަކުން ރައްކާތެރިވުމަށް އެޗް.ޕީ.އޭ އިން އިލްތިމާސްކޮށްފި

މިދުވަސްވަރު ބަލިތަކުން ރައްކާތެރިވުމަށް އެޗް.ޕީ.އޭއިން އިލްތިމާސްކޮށްފި

97 ދުވަސް ކުރިން - 15:55