ލީބިޔާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި އެ ޤައުމުގެ ޕްރެޒިޑެންޝަލް ކައުންސިލުގެ ރައީސް މުހައްމަދު ޔޫނުސް އަލް މަންފީއަށާއި އެ ޤައުމުގެ އެއްބައިވަންތަކަމުގެ ސަރުކާރުގެ ބޮޑުވަޒީރު އަބްދުލްހާމިދު މުހައްމަދު އަލް ދަބީބާ އަށް، ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަހުނިޔާ ފޮނުއްވައިފިއެވެ.
ރައީސް އޮފީހުން ބުނީ އެ ދެ ބޭފުޅުންނަށް ރައީސް ތަހުނިޔާ ވިދާޅުވީ ވަކިވަކިން ފޮނުއްވި މެސެޖުތަކެއްގައި ކަމަށެވެ.
އެ މެސެޖުތަކުގައި އެމަނިކުފާނު ވަނީ ދިވެހި ރައްޔިތުންނާއި ސަރުކާރާއި އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި އެ ޤައުމުގެ އިސްވެރިންނާއި ރައްޔިތުންނަށް، އުހުއްވަތްތެރިކަމާ އެކު، ތަހުނިޔާ އާއި ހެޔޮއެދުންތައް އަރިސްކުރައްވާފައި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ލީބިޔާގެ ރައީސާއި ބޮޑުވަޒީރު ފުރިހަމަ ސިއްޙަތުގައި ލެހެއްޓެވުމަށް އެދިވަޑައިގެން، އެ ޤައުމުގެ ރައްޔިތުންނަށް ތަރައްޤީ އާއި ފާގަތިކަން އެދިވަޑައިގަންނަވާކަން ވެސް ރައީސްގެ މެސެޖުގައި ވަނީ ހާމަކުރައްވާފައެވެ.
ލީބިޔާގެ މިނިވަން ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ޑިސެމްބަރު މަހުގެ 24 ވަނަ ދުވަހެވެ.
ރާއްޖެ އާއި ލީބިޔާއާ ދެމެދު ދާޚިލީ ގުޅުން ޤާއިމްކުރީ ނޮވެމްބަރު 17، 1975 ގައެވެ.









