Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރ މުއާޒް އިސްތިއުފާ ދެއްވައިފި

ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރ މުއާޒް އިސްތިއުފާ ދެއްވައިފި

އައިޝަތު އީމާން
616 ދުވަސް ކުރިން - 23 ޑިސެންބަރު 2024 11:14
ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރ މުއާޒް އިސްތިއުފާ ދެއްވައިފި
ޚުލާސާ

މުއާޒް ވިދާޅުވީ ހިދުމަތްތައް ފޯރުކޮށް ނުދެވޭ ހާލަތަށް ފެނަކައިގެ އޮޕަރޭޝަން ހާލަތު ވެއްޓިފައިވާއިރު އޭނާ ހުންނަވައިގެން ކުންފުނީގެ ހާލަތު ރަނގަޅު ކުރެވޭނެ އަލިމަގެއް ފެންނަން ނެތުމުން މިއަދުން ފެށިގެން ފެނައިގެ މެނޭޖިން ޑިރެކްޓަރުކަމުން އިސްތިއުފާ ދެއްވާފައިވާ ކަމަށް.

ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރ ކަމުގެ މަގާމުން މުއާޒް މުހައްމަދު ރަޝީދު ކުއްލި ގޮތަކަށް މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.

މުއާޒްގެ އިސްތިއުފާގެ ސިޓީގައި ވިދާޅުވީ އޭނާއަށް މަގާމު ހަވާލުކުރެއްވި ދުވަހުން ފެށިގެން މިއަދާ ހަމައަށް ވެސް ފެނަކައިގެ މަސައްކަތްތައް ކޮށްފައި ވާނީ އިހުލާސްތެރިކަމާ އެކު، ހަވާލުކުރެވުނު މަސްއޫލިއްޔަތު އެންމެ ފުރިހަމަ ގޮތުގައި އަދާކުރުން މަތީގައި ކަމަށެވެ. މިދިޔަ އެއް އަހަރު ދުވަހުގެ ތެރޭގައި އެ ކުންފުނި ހިންގުމުގެ ދިމާވި އެކި ގޮންޖެހުންތަކާ އެކު ވެސް ރައްޔިތުންނަށް ހިދުމަތް ދިނުމުގައި އެދެވޭ ނަތީޖާއެއް ހާސިލްކުރެވުނު ކަމަށް މުއާޒް ވިދާޅުވި އެވެ.

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑައިރެކްޓަރގެ މަގާމުން އިސްތިއުފާ ދީފިން. pic.twitter.com/TmadBgkvqw

Advertisement

Advertisement 1
— Muaz Mohamed Rasheed (@muazmr)

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑައިރެކްޓަރގެ މަގާމުން އިސްތިއުފާ ދީފިން. pic.twitter.com/TmadBgkvqw

— Muaz Mohamed Rasheed (@muazmr)

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑައިރެކްޓަރގެ މަގާމުން އިސްތިއުފާ ދީފިން. pic.twitter.com/TmadBgkvqw

— Muaz Mohamed Rasheed (@muazmr)
?ref_src=twsrc%5Etfw">December 23, 2024 ?ref_src=twsrc%5Etfw">December 23, 2024  

ކުންފުނިތަކަކީ އޫސުލެއްގެ ގޮތުން އެ ކުންފުނިތަކަށް ލިބޭ އާމްދަނީއަކުން ހިންގުން ބަޖެޓް ކުރަން ޖެހޭ ތަންތަނަށް ވިޔަސް، ފެނަކައިގެ މާލީ ހާލަތު ހުރި ގޮތުން އެ ކުންފުނި އެގޮތަށް ހިންގެން ނެތް ކަމަށް މުއާޒް ވިދާޅުވި އެވެ. 

ފެނަކައިން ރަށްރަށުގައި ދޭ ފެނާއި ކަރަންޓުގެ ހިދުމަތްތައް، މި ސަރުކާރު ވެރިކަމަށް އައުމުގެ ކުރިން އެކަށީގެންވާ ގޮތެއްގައި މެއިންޓަނަސްކޮށް ނުބެލެހެއްޓުމުގެ ސަބަބުން ކުރިން އޮތް ބެކްލޮގް އެއްކޮށް ރަނގަޅު ކުރެވިފައި ނުވުމާއި ކުންފުންޏާ ހަވާލުވީ އިރު ދަރަނީގެ ގޮތުގައި 4.3 ބިލިއަން ރުފިޔާ އޮތުން ވީ ވަރަށް ބޮޑު ގޮންޖެހުމަކަށް ކަމަށް މުއާޒް ވިދާޅުވި އެވެ.

މުއާޒް ވިދާޅުވީ ކުންފުންޏަށް ބޭނުންވާ އަދަދަށް ވުރެ އެތައް ގުނައެއް އިތުރަށް ވަޒީފާ ހަމަޖައްސަން ޖެހުމާއި ކުންފުނި ރައިޓް ސައިޒް ކުރުމަށް އެކަށީގެންވާ އެއްބާރުލުމެއް ކަމާ ގުޅުންހުރި އިދާރާތަކުން ނުލިބުމާއި ކުންފުންޏަށް ލިބޭ އާމްދަނީއަށް ވުރެ ކުރަން ޖެހިފައިވާ ހަރަދު އިންތިހާއަށް އިތުރުވެފައި ވުމަކީ ވެސް ފެނަކަ ހިންގަން ދަތިވެފައި ހުރި ސަބަބުތައް ކަމަށެވެ. 

ފެނަކައިގެ ހާލަތު އެހެން އޮތް ނަމަވެސް، މި ސަރުކާރު ވެރިކަމަށް އައިސް ފާއިތުވި އެއް އަހަރު ދުވަހުގެ ތެރޭގައި ކުންފުނީގެ ހިންގުން ހަރަދުނާކޮށް، ހަރަދު ކުޑަކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށް މުއާޒް ވިދާޅުވި އެވެ. 

މުއާޒް ވިދާޅުވި ގޮތުގައި، މިދިޔަ އަހަރުގެ އޮކްޓޯބަރު މަހާއި މި އަހަރުގެ އޮކްޓޯބަރު މަހާ އަޅާބަލާއިރު، އެ މަހުގެ ނިޔަލަށް 160 މިލިއަން ރުފިޔާއަށް ވުރެ ބޮޑު އަދަދެއް ކުންފުނި ހިންގުމުގެ ހަރަދުން ސަލާމަތްކުރެވިފައިވެ އެވެ. ނަމަވެސް، ކުންފުނީގެ ދަރަނި އިންތިހާއަށް ބޮޑުވެފައި ވާތީ، ހަމައެކަނި ހިންގުމުގެ ހަރަދު ކުޑަކޮށްގެން އެ ދަރަނި އަދާނުކުރެވޭނެ ކަމަށް މުއާޒްގެ ސިޓީގައި ރައީސަށް ވަނީ ދަންނަވައިފަ އެވެ.

މުއާޒް ވިދާޅުވީ މި މައްސަލަ ހައްލުކުރަން ކަމާ ގުޅުންހުރި ފަރާތްތަކާ މަޝްވަރާތައް ކުރެއްވި ނަމަވެސް އަލިމަގެއް ފެނިވަޑައިނުގަތް ކަމަށެވެ. އަދި މިދިޔަ ދެ މަހު އެ ކުންފުނީގެ މުވައްޒަފުންނަށް މަސް ފެށުނުއިރު މުސާރަ ވެސް ނުދެވި ދިޔަ ކަމަށާއި އެއީ އެ ކުންފުނީގެ ތާރީހުގައި ކުރިން ހިނގާފައި ވެސް ވާ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

"އެނގިވަޑައިގަންނަވާނެ ފަދައިން ރައްޔިތުންނަށް ފޯރުކޮށްދޭ މިފަދަ އަސާސީ ހިދުމަތަކުން އެންމެ ހިނދުކޮޅަކަށް ވެސް މަހުރޫމްވާން ޖެހުން އެއީ، އޭގެ ސަބަބުން އަޅުގަނޑާއި ކުންފުންޏާއި އަދި މަނިކުފާނަށް ވެސް އޭގެ ބަދުނާމު ފޯރާނެ ކަމެއްގެ އިތުރުން އެތަކެއް ރައްޔިތުންނަށް އެކަމުގެ ތަކުލީފު އުފުލަން ޖެހޭ ކަމެކެވެ،" މުއާޒް ވިދާޅުވި އެވެ.

އެހެންވެ، މުއާޒް ވިދާޅުވީ ކުންފުންޏަށް ލިބޭ އާމްދަނީއަށް ވުރެ ކުރަން ޖެހޭ ހަރަދު ބޮޑުވުމުން ދެމެހެއްޓެނިވި ގޮތެއްގައި ހިދުމަތްތައް ފޯރުކޮށް ނުދެވޭ ހާލަތަށް ފެނަކައިގެ އޮޕަރޭޝަން ހާލަތު ވެއްޓިފައިވާ ކަމަށެވެ. އަދި އޭނާ ހުންނަވައިގެން ކުންފުނީގެ ހާލަތު ރަނގަޅު ކުރެވޭނެ އަލިމަގެއް ފެންނަން ނެތުމުން މިއަދުން ފެށިގެން ފެނައިގެ މެނޭޖިން ޑިރެކްޓަރުކަމުން އިސްތިއުފާ ދެއްވީ ކަމަށް މުއާޒް ވިދާޅުވި އެވެ.

"އަޅުގަނޑު އެދެނީ ފެނަކަ ކޯޕަރޭޝަނަށާއި މަނިކުފާނުގެ ސަރުކާރަށް ކާމިޔާބު ދުވަސްތަކަކަށެވެ،" މުއާޒް ވިދާޅުވި އެވެ.

ފެނަކަމުއާޒް މުހައްމަދު ރަޝީދު
Advertisement
Advertisement

2 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

މަޑުއްވަރީގައި ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވިޔަސް އައު ޖެންސެޓާއެކު ހިފަހައްޓާލެވޭނެ: ފެނަކަ

މަޑުއްވަރީގައި ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވިޔަސް އައު ޖެންސެޓާއެކު ހިފަހައްޓާލެވޭނެ: ފެނަކަ

11 ދުވަސް ކުރިން - 16:10

ހެނބަދޫގައި ފެނަކައިން ތަރައްގީކުރި ކުޑަކުދިންގެ ބަގީޗާ ރަސްމީކޮށް ހުޅުވައިފި

ހެނބަދޫގައި ފެނަކައިން ތަރައްގީކުރި ކުޑަކުދިންގެ ބަގީޗާ ރަސްމީކޮށް ހުޅުވައިފި

23 ދުވަސް ކުރިން - 23:13

ފެނެކައިގެ ޕްރޮމޯޝަންތަކުގެ މައްސަލަ އޭސީސީއާއި ފުލުހަށް ހުށަހަޅަން ފާސްކޮށްފި

ފެނެކައިގެ ޕްރޮމޯޝަންތަކުގެ މައްސަލަ އޭސީސީއާއި ފުލުހަށް ހުށަހަޅަން ފާސްކޮށްފި

28 ދުވަސް ކުރިން - 14:32

ނިމިދިޔަ ސަރުކާރުން ހުޅުދޫ މީދޫގައި އިންޖީނުގެ އަޅަން 185 މިލިއަން ރުފިޔާ ހަރަދުކުރި، ނަމަވެސް އިންޖީނުގެއެއް ނެތް: ޝާހިދު

"އިންޖީނުގެ އަޅަން 185 މިލިއަން ރުފިޔާ ހަރަދުކުރި، ނަމަވެސް އިންޖީނުގެއެއް ނެތް"

33 ދުވަސް ކުރިން - 14:52

ކުޅުދުއްފުށި ސިޓީގެ ކަރަންޓު މައްސަލައަށް ހައްލެއް ހޯދުމަށް 1200 ކިލޯވޮޓުގެ އާ ޖެންސެޓެއް އެ ސިޓީއަށް ބާލައިފި

ކުޅުދުއްފުށީގެ ކަރަންޓު މައްސަލަ ހައްލުކުރުމަށް 1200 ކިލޯވޮޓުގެ އާ ޖެންސެޓެއް ގެންގޮސްފި

49 ދުވަސް ކުރިން - 22:01

ފެނަކައާ ހަވާލުކުރި 217 މަޝްރޫއު ދެ އަހަރު ތެރޭގައި ނިންމަނީ

ފެނަކައާ ހަވާލުކުރި 217 މަޝްރޫއު ދެ އަހަރު ތެރޭގައި ނިންމަނީ

51 ދުވަސް ކުރިން - 23:18