Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

މަސްވެރިކަމުގެ ދާއިރާގައި ހުރި ފުރުޞަތުތަކުގެ މަޢުލޫމާތު ޗައިނާގެ ވިޔަފާރިވެރިންނަށް ޙިއްސާކޮށްފި

މަސްވެރިކަމުގެ ދާއިރާގައި ހުރި ފުރުޞަތުތަކުގެ މަޢުލޫމާތު ޗައިނާގެ ވިޔަފާރިވެރިންނަށް ޙިއްސާކޮށްފި

އަހްމަދު އީޒާން
576 ދުވަސް ކުރިން - 23 ޑިސެންބަރު 2024 10:33
ފިޝަރީޒް މިނިސްޓްރީން ޗައިނާގެ ވިޔަފާރިވެރިންނާއެކު ބޭއްވި ބައްދަލުވުން. / ފޮޓޯ: ފިޝަރީޒް މިނިސްޓްރީ
ފިޝަރީޒް މިނިސްޓްރީން ޗައިނާގެ ވިޔަފާރިވެރިންނާއެކު ބޭއްވި ބައްދަލުވުން. / ފޮޓޯ: ފިޝަރީޒް މިނިސްޓްރީ
ޚުލާސާ

ޗައިނާގެ ވިޔަފާރިވެރިންނަށް އެ މަޢުލޫމާތު ޙިއްސާކުރެއްވީ ފިޝަރީޒް މިނިސްޓަރ އަހްމަދު ޝިޔާމް އާއި އެ މިނިސްޓްރީގެ އިސްވެރިން. ސަރުކާރުން އަންނަނީ މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން.

ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާގައި ހުރި އިންވެސްޓްމަންޓު ފުރުޞަތުތަކުގެ މަޢުލޫމާތު ފިޝަރީޒް މިނިސްޓްރީން ޗައިނާގެ ވިޔަފާރިވެރިންނާ އިއްޔެ ޙިއްސާކޮށްފިއެވެ.

ފިޝަރީޒް މިނިސްޓްރީން ބުނީ އިއްޔެ އެ އިދާރާގައި ބޭއްވި ބައްދަލުވުމެއްގައި ޗައިނާގެ ވިޔަފާރިވެރިންނަށް އެ މަޢުލޫމާތު ޙިއްސާކުރެއްވީ މިނިސްޓަރ އަހްމަދު ޝިޔާމް އާއި އެ މިނިސްޓްރީގެ އިސްވެރިން ކަމަށެވެ.

ރާއްޖޭގައި ހުރި އިންވެސްޓްމަންޓުގެ ފުރުޞަތުތަކާ ގުޅޭ މަޢުލޫމާތު ހޯދުމަށް ޗައިނާގެ ވިޔަފާރިވެރިންތަކެއް މިވަގުތު އަންނަނީ ރާއްޖެއަށް ޚާއްސަ ދަތުރެއް ކުރަމުންނެވެ.

Advertisement

Advertisement 1

އެ ވިޔަފާރިވެރިން މިނިސްޓަރާ އެކު ބޭއްވި ބައްދަލުވުމުގައި ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތުގައި މެރިކަލްޗާ އަދި ބްލޫ އިކޮނޮމީ ދާއިރާއިން ހުރި ފުރުޞަތުތަކުގެ މަޢުލޫމާތު ޙިއްްސާކޮށްފައިވާ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީން ބުނީ ސަރުކާރުން މި ދާއިރާ ކުރިއެރުވުމަށް ކުރަމުން އަންނަ މަސައްކަތްތަކުގެ މަޢުލޫމާތާއި ސްޕޯޓްސް ފިޝިންގ ބަނދަރުތައް ތަރައްޤީކުރުމުގެ މަސައްކަތާއި މެރިކަލްޗާ ސިނާއަތުގެ ދާއިރާއިން މަސައްކަތްތައް ކުރަމުން އަންނަ ކަމަށް އެ ބައްދަލުވުމުގައި މިނިސްޓަރ ވިދާޅުވި ކަމަށެވެ.

މެރިކަލްޗާ ދާއިރާއިން ތަމްރީންތައް ހިންގުމަށާއި ގުޅިގެން ދިރާސާތައް ކުރުމާ ގުޅޭ ގޮތުން ޗައިނާގެ މިނިސްޓްރީ އޮފް ނެޗުރަލް ރިސޯސަސްގެ ފަސްޓް އިންސްޓިޓިއުޓް އޮފް އޮޝަނޮގްރަފީގެ ޓީމަކާ އެކު ވެސް ފިޝަރީޒް މިނިސްޓްރީން އިއްޔެ ވަނީ މަޝްވަރާކޮށްފައެވެ.

މި ސަރުކާރުން އަންނަނީ ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އަދި މި ސަރުކާރު އައިސް، އެ ސިނާއަތުގައި ބޮއްސުންލާފައި ހުރި އެތައް ކަމެއް ވަނީ ޙައްލުކޮށްފައެވެ.

މަސްވެރިކަންފިޝަރީޒް މިނިސްޓްރީމިނިސްޓަރު އަހްމަދު ޝިޔާމް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

މިފްކޯ އިން 25 އަށް ކިލޯއެއް ވިއްކީ ދައުލަތުން އިތުރަށް ފައިސާ ނަގައިގެން

މިފްކޯ އިން 25އަށް ކިލޯއެއް ވިއްކީ ދައުލަތުން އިތުރަށް ފައިސާ ނަގައިގެން

7 ދުވަސް ކުރިން - 16:41

މިފްކޯ ހަރުދަނާކުރެވިއްޖެ، މަސް ގަތުމަށް ދެމުން އައި ސަބްސިޑީ މިހާރު ވަނީ ހުއްޓާލާފައި: މިނިސްޓަރު ޝިޔާމް

މަސް ގަތުމަށް ދެމުން އައި ސަބްސިޑީ މިހާރު ވަނީ ހުއްޓާލާފައި: ޝިޔާމް

8 ދުވަސް ކުރިން - 11:05

މަސްވެރިކަން ދަށް، ހުސްވި މަހު 568 ޓަނުގެ ކަޅުބިލަމަސް!

މަސްވެރިކަން ދަށް، ހުސްވި މަހު 568 ޓަނުގެ ކަޅުބިލަމަސް!

16 ދުވަސް ކުރިން - 14:39

ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުމަށް ހުރަސްއެޅުމަކުން އެއްވެސް ފަރާތަކަށް ފައިދާއެއް ނުވާނެ: ރައީސް

"ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުމަށް ހުރަސްއެޅުމަކުން އެއްވެސް ފަރާތަކަށް ފައިދާއެއް ނުވާނެ"

32 ދުވަސް ކުރިން - 16:24

މަސްވެރިކަމާއި ދަނޑުވެރިކަމުގެ ދާއިރާއިން ރާއްޖެއިން ބޭރުން މަތީ ތައުލީމު ހާސިލުކުރުމުގެ ފުރުސަތު ހުޅުވާލައިފި

ރާއްޖެއިން ބޭރުން މަތީ ތައުލީމު ހާސިލުކުރުމުގެ ފުރުސަތު ފިޝަރީސް މިނިސްޓްރީން ހުޅުވާލައިފި

36 ދުވަސް ކުރިން - 12:32

ގދ. ތިނަދޫއިން ވެސް މިހާރު މަސްވެރިންނަށް ހެޔޮ އަގުގައި ތެޔޮ ލިބޭނެ އިންތިޒާމް ހަމަޖައްސައިފި

ގދ. ތިނަދޫއިން ވެސް މިހާރު މަސްވެރިންނަށް ހެޔޮ އަގުގައި ތެޔޮ ލިބޭނެ

48 ދުވަސް ކުރިން - 17:27