Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

އެމްޕީއެލަށް ދެކުނު އޭޝިއާގެ ޝަރަފްވެރި ދެ އެވޯޑެއް

އެމްޕީއެލަށް ދެކުނު އޭޝިއާގެ ޝަރަފްވެރި ދެ އެވޯޑެއް

އާނާ ފަހީމް
571 ދުވަސް ކުރިން - 23 ޑިސެންބަރު 2024 10:14
އެމްޕީއެލްއަށް ލިބިފައިވާ ދެ އެވޯޑުގެ ފޮޓޯ. / ފޮޓޯ: އެމްޕީއެލް
އެމްޕީއެލްއަށް ލިބިފައިވާ ދެ އެވޯޑުގެ ފޮޓޯ. / ފޮޓޯ: އެމްޕީއެލް
ޚުލާސާ

އެމްޕީއެލް އަށް ދެ އެވޯޑު ލިބިފައިވަނީ ދެކުނު އޭޝިއާގެ ވިޔަފާރި ދާއިރާގެ އެންމެ ޝަރަފްވެރި އެވޯޑު ކަމުގައިވާ "ސައުތު އޭޝިއަން ބިޒްނަސް އެކްސެލެންސް އެވޯޑް 2024" ގެ ދަށުން.

އިންޑިއާގެ ނިއުދިއްލީގައި މި މަހުގެ 20 ވަނަ ދުވަހު ބޭއްވި "ސައުތު އޭޝިއަން ބިޒްނަސް އެކްސެލެންސް އެވޯޑް 2024" ގެ ރަސްމިއްޔާތުގައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އަށް ދެ އެވޯޑެއް ލިބިއްޖެއެވެ.

އެމްޕީއެލްއަށް ލިބުނު އެވޯޑުތަކަކީ "އިނޮވޭޓިވް ލާނިންގ އެންޑް އޮގަނައިޒޭޝަނަލް ޑިވެލޮޕްމަންޓް ޕްރެކްޓިސް" އެވޯޑާއި "އިނޮވޭޓިވް ބިޒްނަސް ޓްރާންސްފޮމޭޝަން" އެވޯޑެވެ.

އެމްޕީއެލް އަށް މި ދެ އެވޯޑު ލިބުނީ ދެކުނު އޭޝިއާގެ 7 ޤައުމަކަށް ނިސްބަތްވާ ގިނަ ކުންފުނިތަކަކާ ވާދަކޮށްގެންނެވެ. ޚާއްޞަކޮށް "އިނޮވޭޓިވް ބިޒްނަސް ޓްރާންސްފޮމޭޝަން" އެވޯޑަކީ އެމްޕީއެލްގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ލިބުނު އެވޯޑެކެވެ.

Advertisement

Advertisement 1

"ސައުތު އޭޝިއަން ބިޒްނަސް އެކްސެލެންސް އެވޯޑް" އަކީ ދެކުނު އޭޝިއާގެ ވާދަވެރި ވިޔަފާރީގެ މާޙައުލުގައި ކުންފުނިތަކުން ވިޔަފާރި ފުޅާކުރުމާއި، ތަރައްޤީކުރުމާއި، ޒަމާނީކުރުމަށް ކުރަމުންދާ މަސައްކަތް ފާހަގަކުރުމަށް ދޭ އެވޯޑެކެވެ. މި އެވޯޑު ދެނީ އެކި ދާއިރާތަކުގެ ތަޖުރިބާކާރުން ހިމެނޭ ފަނޑިޔާރުންގެ ޕެނަލަކުން ކުންފުނިތަކުގެ ޕާފޯމަންސް ވަޒަންކުރުމަށްފަހުއެވެ. މިގޮތުން 17 ދާއިރާއަކުން ވަނީ އެވޯޑު ދީފައެވެ.

އެމްޕީއެލްއަށް "އިނޮވޭޓިވް ލާނިންގ އެންޑް އޮގަނައިޒޭޝަނަލް ޑިވެލޮޕްމަންޓް ޕްރެކްޓިސް" އެވޯޑު ލިބިފައިވަނީ މުވައްޒަފުންނަށް ތަޢުލީމާއި ތަމްރީނު ދިނުމަށް ކުރަމުންދާ މަސައްކަތަށެވެ. އެމްޕީއެލްއިން ވަނީ މި ދެ އެވޯޑު ލިބުމަކީ ކުންފުންޏަށް ލިބުނު ބޮޑު ކުރިއެރުމެއްގެ ގޮތުގައި ސިފަކޮށްފައެވެ.

އެމްޕީއެލް
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

މާލޭ ނޯތު ހާބަރުގެ "އޭ ޒޯން" އިން ފެނާއި ކަރަންޓުގެ ޚިދުމަތް ދޭން ފަށައިފި

ނޯތު ހާބަރުގެ "އޭ ޒޯން"އިން ފެނާއި ކަރަންޓުގެ ހިދުމަތް ފަށައިފި

10 ދުވަސް ކުރިން - 18:45

ތިލަފުށީގައި ތަރައްގީކުރާ ޕޯޓުގެ އަމަލީ މަސައްކަތް މިމަހު ފަށަނީ

ތިލަފުށީގައި ތަރައްގީކުރާ ޕޯޓުގެ އަމަލީ މަސައްކަތް މިމަހު ފަށަނީ

16 ދުވަސް ކުރިން - 12:10

ކަނޑަށް ވެއްޓުނު ކޮންޓެއިނަރުތަކުގެ ތެރެއިން 3 ކޮންޓެއިނަރު އަދިވެސް ނުފެނޭ

ކަނޑަށް ވެއްޓުނު ކޮންޓެއިނަރުތަކުގެ ތެރެއިން 3 ކޮންޓެއިނަރު އަދިވެސް ނުފެނޭ

19 ދުވަސް ކުރިން - 14:01

އެމްޕީއެލް ބާޖަކުން ކޮންޓޭނަރުތަކެއް މޫދަށް ވެއްޓި އޮޔާދަނީ

އެމްޕީއެލް ބާޖަކުން ކޮންޓޭނަރުތަކެއް މޫދަށް ވެއްޓި އޮޔާދަނީ

19 ދުވަސް ކުރިން - 01:58

އެމްޕީއެލްގެ މެނޭޖިން ޑިރެކްޓަރަކަށް ހުސެއިން ޝަފީގް އައްޔަނުކޮށްފި

އެމްޕީއެލްގެ މެނޭޖިން ޑިރެކްޓަރަކަށް ހުސެއިން ޝަފީގް އައްޔަނުކޮށްފި

86 ދުވަސް ކުރިން - 10:41

އެމްޕީއެލްގެ ސީއީއޯގެ މަގާމުން ރިޝްވާން އިސްތިއުފާ ދީފި

އެމްޕީއެލްގެ ސީއީއޯގެ މަގާމުން ރިޝްވާން އިސްތިއުފާދީފި

102 ދުވަސް ކުރިން - 22:25