ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ވަރަށް ފޯރިގަދަ ހަރުގެ ޖަލްސާއެއް މާދަމާ ރޭ ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް އެ ޕާޓީން އިޢުލާން ކޮށްފިއެވެ.
ޕީއެންސީން ބުނީ، މި ޖަލްސާ އޮންނާނީ 23 ޑިސެމްބަރ 2024 ވާ ހޯމަ ދުވަހުގެ ރޭ 20:45 ގައި ކޮންގްރެސް ހައުސް (ހ. ވެޔޮވިލާ، އާޓިފިޝަލް ބީޗް ކުރިމަތި) ގައިކަމަށެވެ.
ކޮންގްރެސް ޕާޓީން ވަނީ މި ޖަލްސާގައި ބައިވެރިވުމަށް ޕާޓީގެ އެންމެހާ މެންބަރުންނަށް ހާއްސަ ދަޢުވަތެއް އަރުވާފައެވެ. އަދި މި ޖަލްސާގައި ބައިވެރިވެ ވަޑައިގެން ދެއްވުމަށް އެދި ޕާޓީގެ ލޮބުވެތި މެންބަރުންނާއި ޕާޓީއަށް ތާއިދު ކުރައްވާ އެންމެހާ ބޭފުޅުނަށް އެ ޕާޓީން ވަނީ ދައުވަތު އަރުވާފައެވެ.








