ނިމިދިޔަ މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ސަރުކާރުގައި ޤަވާޢިދާ ޚިލާފަށް ފްލެޓް ލިސްޓުގައި ހިމަނާފައިވާ މީހުންގެ ތެރޭގައި އަދަދު ނޫހުގެ ސީއީއޯ ހުސެއިން ފިޔާޒު މޫސާ ހިމެނިފައިވާކަން ހާމަވެއްޖެއެވެ.
ޚުލާސާއަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ފްލެޓް ލިސްޓް ކޮރަޕްޝަނުގެ މައްސަލަ ރިވިއު ކުރި އިރު އެ ލިސްޓުގައި ފިޔާޒްގެ ނަން ހިމެނޭއިރު، އޭނާ ހިމަނާފައިވަނީ ޝަރުތުވެސް ހަމަނުވާ އިރުއެވެ.
މި ލިސްޓުގައި ޤަވާޢިދާ ޚިލާފަށް ފިޔާޒްގެ ނަން ހިމެނިފައިވާކަން ފެންމަތިވެފައި މިވަނީ އެޗްޑީސީގެ ކޮރަޕްޝަނުގެ މައްސަލައާ ގުޅިގެން ސޯޝަލް މީޑިއާގައި އެކަމާ ދެކޮޅަށް އޭނާ ވަރަށް ގަދަޔަށް ވަކާލާތުކުރަމުން އަންނަ ދަނޑިވަޅެއްގައެވެ.
🚨 @AdhadhuMV's CEO @hussainfiyaz's name was initially included among the 4,000 individuals selected to receive flats announced by the MDP government. However, the anti-corruption agency has removed his name from the list due to issues with the documents he submitted. It has been… pic.twitter.com/hScRv9iv4c
— Aishath Kurusee (@AishathKurusee)
?t=isoJP_nXtBSG08P2VPh_gA&s=19
މިނިވަން ނޫސްވެރިކަމާ ދެކޮޅަށް ފިޔާޒް މަސައްކަތް ކުރާއިރު، ގިނަ ބަޔަކު ފާހަގަކުރާ ގޮތުގައި އޭނާއަކީ އެމްޑީޕީއަށް ތާއީދުކުރާ ނޫސްވެރިއެކެވެ. އެގޮތުން އެމްޑީޕީ ސަރުކާރުގެ ފްލެޓް ލިސްޓުގައި ޤަވާޢިދާ ޚިލާފަށް އޭނާގެ ނަން ހިމަނާފައިވާތީ، އޭނާއަކީ އެމްޑީޕީގެ ފަރާތުން ކަންކަން ފަހިވާ މީހެއް ކަމަށް ގިނަ ބަޔަކު ތުހުމަތުކުރެއެވެ.
🚨އިބޫ ވެރިކަމުގަ ނުޙައްޤުން ގޯތި ދިން ލިސްޓުގައި އަދަދު ނޫހުގެ ސީއީއޯ ހުސައިން ފިޔާޒް!ޝަރުތު ހަމަނުވާތީ، އޭސީސީ އިން މިހާރު ވަނީ ފްލެޓް ހިފަހައްޓާފައި@AdhadhuMV @hussainfiyaz pic.twitter.com/jP1gNRh8Qc
— Raakani Mv (@RaakaniMV)
?t=rFHGtULfFKTC7x-sucjllw&s=19
ފްލެޓު ލިސްޓުން ފިޔާޒުގެ ނަން އޭސީސީން އުނިކޮށްފައިވާއިރު، އެމްޑީޕީގެ ބާރުގެ ތެރެއިން ޤަވާޢިދާ ޚިލާފަށް އޭނާގެ ނަން ލިސްޓުގައި ހިމަނާފައި އޮތް މައްސަލަ ތަޙުޤީޤުކުރުމަށް ވެސް ގިނަ ބަޔަކު އަންނަނީ ގޮވާލަމުންނެވެ.
ފިޔާޒް ވަނީ މިދިޔަ ސަރުކާރުގައި އިންފޮމޭޝަން އޮފިސަރުގެ މަޤާމުވެސް އަދާކޮށްފައެވެ.
މީގެ އިތުރުން އަދުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާ ދެކޮޅަށް ފިޔާޒުގެ ނޫހުން އަންނަނީ ވަރަށް ގިނަ ދޮގު ޚަބަރުތައްވެސް ފަތުރަމުންނެވެ.









