Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ޒުހޫރުގެ ސިޓީއެއް ލިބިފައެއް ނުވޭ: ރައީސް

ޒުހޫރުގެ ސިޓީއެއް ލިބިފައެއް ނުވޭ: ރައީސް

އާނާ ފަހީމް
626 ދުވަސް ކުރިން - 22 ޑިސެންބަރު 2024 16:40
ފޮޓޯ: ރައީސް އޮފީސް
ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

އެޗްޑީސީގެ ކުރީގެ ޗެއަރމަން އަޙްމަދު ޒުހޫރުގެ ސިޓީއެއް ލިބިވަޑައިނުގަންނަވާ ކަމަށާއި، އެފަދަ ސިޓީއެއް ލިބިވަޑައިގެންނެވިނަމަ ވަގުތުން ފިޔަވަޅު އެޅުއްވީސް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ.

ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ބޯޑުގެ ކުރީގެ ޗެއަރމަން އަޙްމަދު ޒުހޫރުގެ ސިޓީއެއް ލިބިވަޑައިނުގަންނަވާ ކަމަށާއި، އެފަދަ ސިޓީއެއް ލިބިވަޑައިގެންނެވިނަމަ ވަގުތުން ފިޔަވަޅު އެޅުއްވީސް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވެފައިވަނީ ރާއްޖޭގެ ބައެއް މީޑިއާތަކަށް ދެއްވި އިންޓަވިއުއެއްގައެވެ.

އެޗްޑީސީގައި ކޮރަޕްޝަނަށް މަގުފަހިވާ ގިނަ ކަންތައްތަކެއް އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމުގައި ކުރިން ހުންނެވި އިބްރާހީމް ފަޒުލް ރަޝީދާއި ބައެއް އިސްވެރިން ހިންގާ ކަމަށް، އެޗްޑީސީގެ ޗެއަރމަނަކަށް މި ސަރުކާރުން އެންމެ ފުރަތަމަ އައްޔަންކުރެއްވި އަޙްމަދު ޒުހޫރު ވަނީ ތުހުމަތުކުރައްވާފައެވެ. އަދި އެ ތުހުމަތުތައް ބަޔާންކުރާ ސިޓީއެއް ރައީސުލްޖުމްހޫރިއްޔާއަށް ފޮނުއްވެވި ކަމަށް ބުނާ ވާހަކަތަކެއް ސޯޝަލް މީޑިއާގައި ވަނީ ދައުރުވެފައެވެ.

Advertisement

Advertisement 1

ޒުހޫރުގެ އެ ތުހުމަތުތަކާއި، އެޗްޑީސީއަށް އަމާޒުވެފައިވާ ކޮރަޕްޝަންގެ މައްސަލައާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ މިވަނީ ފުރަތަމަ ފަހަރަށް ވާހަކަފުޅު ދައްކަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އެޗްޑީސީގެ ކުރީގެ ޗެއަރމަން ޒުހޫރުގެ ސިޓީއެއް އެމަނިކުފާނަށް ލިބިވަޑައި ނުގަންނަވާ ކަމަށެވެ. އަދި އެފަދަ ސިޓީއެއް ލިބިވަޑައިގެންނެވިނަމަ ވަގުތުން ފިޔަވަޅު އަޅުއްވަން ފަސްޖެހިވަޑައިނުގަންނަވާނެ ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

"ކޮރަޕްޝަންގެ ޢަމަލެއް ނުވަތަ ޤަވާޢިދާ ޚިލާފަށް ކުރާ ކަމެއް ހުއްޓުވުމަށް ފަހަތަކަށް ނުޖެހޭނަން. މިއަދާ ހަމައަށްވެސް ހުންނާނީ އެކި ކަންކަމުގައި މަޢުލޫމާތު ލިބުނީމަ އެކަމަކަށް ފިޔަވަޅު އަޅަން ދަންނަވާފައި. އަޅުގަނޑު ބޭނުންވަނީ އަޅުގަނޑުމެންގެ ސަރުކާރަކީ ކޮރަޕްޝަނާއި ނުގަވާއިދުން ހިންގާ ކަންކަމާ ދުރުވެފައި އޮންނަ ސަރުކާރަކަށް ހަދަން. އެއީ އަޅުގަނޑުމެން ވަޢުދުވީ ގޮތަކީވެސް. ސިޓީއެއް ލިބި އަޅުގަނޑު އެއަށް ޢަމަލު ނުކޮށް އޮތް ވާހަކައަކީ ޙަޤީޤަތާ ޚިލާފު ވާހަކައެއް. އަޅުގަނޑަށް ކަންކަން އެނގުނު ހިސާބުން ފިޔަވަޅު އަޅާފައިވަނީ." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުއެޗްޑީސީ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ހިޔާ ފްލެޓްތަކުގެ ކުޑަދޮރުތަކުގައި ގްރިލް ހަރުކޮށްދިނުމުގެ އަމަލީ މަސައްކަތް އެޗްޑީސީން ފަށައިފި

ހިޔާ ފްލެޓްތަކުގެ ކުޑަދޮރުތަކުގައި ގްރިލް ހަރުކޮށްދިނުމުގެ އަމަލީ މަސައްކަތް އެޗްޑީސީން ފަށައިފި

1 ދުވަސް ކުރިން - 13:27

އެސްއޯއީތައް އިސްލާހުކުރުމުގެ ނިންމެވުން: ދެމެހެއްޓެނިވި އަދި ހަރުދަނާ ހިދުމަތަކަށް އެޅުނު މުހިންމު ފިޔަވަޅެއް: ފަހުމީ

އެސްއޯއީތައް އިސްލާހުކުރުމުގެ ނިންމެވުން: ހަރުދަނާ ހިދުމަތަކަށް އެޅުނު މުހިންމު ފިޔަވަޅެއް: ފަހުމީ

1 ދުވަސް ކުރިން - 08:45

މަދަނީ މައްސަލަތައް އަވަސްކުރަން ގާނޫނަށް އިސްލާހު ގެންނަނީ

މަދަނީ މައްސަލަތައް އަވަސްކުރަން ގާނޫނަށް އިސްލާހު ގެންނަނީ

2 ދުވަސް ކުރިން - 20:20

ހުރިހާ ރައްޔިތުން ރިސޯޓު ހިއްސާދާރުންނަށް ހަދާ ޕްރޮޖެކްޓް ނޮވެމްބަރުގައި ފަށަނީ

ހުރިހާ ރައްޔިތުން ރިސޯޓު ހިއްސާދާރުންނަށް ހަދާ ޕްރޮޖެކްޓް ނޮވެމްބަރުގައި ފަށަނީ

2 ދުވަސް ކުރިން - 19:54

އާސަންދަ ބަދަލާއެކު ރައްޔިތުންގެ އެހެނިހެން ކަންތަކަށް 287 މިލިއަން ރުފިޔާ

އާސަންދަ ބަދަލާއެކު ރައްޔިތުންގެ އެހެނިހެން ކަންތަކަށް 287 މިލިއަން ރުފިޔާ

2 ދުވަސް ކުރިން - 16:33

2028 މެދަކާހަމަޔަށް ދާއިރު ގިނަރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރުވެގެން ދާނެ: ރައީސް

2028 މެދަކާހަމަޔަށް ދާއިރު ގިނަރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރުވެގެން ދާނެ: ރައީސް

2 ދުވަސް ކުރިން - 16:20