Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ރައީސް އިބޫ އާއި ފައްޔާޒަށް ވައްކަމާއި ޚިޔާނާތުގެ ބޮޑެތި ތުހުމަތު ތަކެއް

ރައީސް އިބޫ އާއި ފައްޔާޒަށް ވައްކަމާއި ޚިޔާނާތުގެ ބޮޑެތި ތުހުމަތު ތަކެއް

އައިޝަތު ރުވާ ރިފްޢަތު
626 ދުވަސް ކުރިން - 22 ޑިސެންބަރު 2024 12:50
ރައީސް އިބޫ އާއި ފައްޔާޒަށް ވައްކަމާއި ޚިޔާނާތުގެ ބޮޑެތި ތުހުމަތު ތަކެއް
ޚުލާސާ

ބަދަލު ދިނުމުގެ ނަމުގައި މިލިއަނުން ރައްޔިތުންގެ ފައިސާ އާއި ރަށްތަކާއި ފަޅުތައް ގާތް މީހުންނަށް ދީފައިވާއިރު، ވައްކަމާއި ނާޖާއިޒް މަންފާތައް ހޯދުމުގައި އެބޭފުޅުން ބޭނުންކުރެއްވި "ސެޓްލްމަންޓް ކޮމެޓީ" މިސަރުކާރުން މިހާރު ވަނީ އުވައިލާފަ.

ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް އާއި އޭރުގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާޢީލް ރައްޔިތުންގެ ފައިސާއަށް ޚިޔާާނާޔްތެރިވެ ނާޖާއިޒް މަންފާތަކެއް ހޯއްދެވި ކަމުގެ ބޮޑެތި ސީރިއަސް ތުހުމަތު ތަކެއް ކުރެވިއްޖެއެވެ.

މަޤާމުގެ ނިވަލުގައި ތިއްބަވައިގެން ކުރެއްވެވި ކަމަކީ ވައްކަން ކުރުމާއި ޚިޔާނާތްތެރިވުމާއި ބޮޑެތި ކޮރަޕްޝަނުގެ ޖަރީމާތައް ހިންގެވުން ކަމަށް މާލިއްޔަތު ކޮމިޓީން ބެލި ބެލުމުން ފާހަގަވެ އެ މައްސަލަތައް ތަޙްޤީޤުކުރަން އަންގަވާފައިވާއިރު އޭގެތެރޭގައި ހިމެނެނީ ބިލިއަން ރުފިޔާގެ ވައްކަމާއި ޚިޔާނާތެވެ.

ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް އާއި އެމަނިކުފާނުގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒްގެ މައްޗަށް ތުހުމަތު ކުރެވެނީ ބަދަލު ދިނުމުގެ ނަމުގައި ވައްކަމާއި ޚިޔާނާތާއި މަޤާމުގެ ނުފޫޒު ފޯރުވުމާއި ނާޖާއިޒް މަންފާ ނެގުމާއި ރައްޔިތުންގެ ބައިތުލްމާލުން ވައްކަންކުރުން ފަދަ އެތައް މައްސަލަތަކެވެ. މީގެތެރޭގައި ގާތް މީހުންނަށް ރަށްތައް ދިނުން ވެސް ހިމެނެއެވެ. މާނައަކީ އުޞޫލާއި ޚިލާފަށް ސަރުކާރުގައި އެކި ފަރާތްތަކަށް ބޮޑެތި ޢަދަދުތަކުން ބަދަލު ދިނުމުގެ ނަމުގައޭ ބުނެ ޖަރީމާ ހިންގުމެވެ.

Advertisement

Advertisement 1

17 ނޮވެންބަރު 2018 އިން ފެށިގެން 17 ނޮވެންބަރު 2023 އަށް ދައުލަތުން އެކި ފަރާތްތަކަށް ބަދަލުގެ ގޮތުގައި ދީފައިވާ ފައިސާއާގުޅޭ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ދިރާސާ ކުރެއްވުމަށްފަހު، އެ ކޮމިޓީއަށް ފާހަގަވި ކަންކަމުގެ ރިޕޯޓު ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ވަނީ ހުށަހަޅާފައެވެ.

މިދެންނެވި ތުހުމަތު ކުރެވޭ ޖަރީމާތަކާއި ގުޅިގެން ޕްރޮސެކިއުޓަރ ޖެނެރަލް ވަނީ އޭސީސީގައި މި މައްސަލައިގެ ޖިނާއީ ތަހުގީގެއް ހިންގުމަށް އެދިވަޑައިގެންފައެވެ. އަދި މައްސަލައިގެ އަވަސް ތަހުގީގެއް ހިންގުމަށާއި، ތަހުގީގަށް ކުރިއެރުން ލިބެމުންދާ ވަރަކުން ޕީޖީ އޮފީހާ މަޝްވަރާކުރަމުން ގެންދިއުމަށް ވެސް އޭސީސީގައި ދަންނަވާފައި ވާކަމަށް ޕީޖީ އޮފީހުން ބުންޏެވެ.

2019 ވަނަ އަހަރުން 2023 ވަނަ އަހަރަށް ބަދަލު ދިނުމުގެ އުސޫލުގެ ދަށުން ސޮއިކޮށްފައިވާ އެއްބަސްވުންތަކަކީ އުފެދުމުގައި ވެސް ބާތިލް އެއްބަސްވުންތަކެކެވެ. ވައްކަން ކުރުމަށްޓަކައި އެކި ނަންނަމުގައި ކޮމިޓީތައް ހަދައި ހިންގި ޖަރީމާތައް ތަޙްޤީޤުކުރާއިރު، މިސަރުކާރުން މިހާރު ވަނީ އެމްޑީޕީ ސަރުކާރުގައި ވައްކަމާއި ނާޖާއިޒް މަންފާތައް ހޯދުމުގައި ބޭނުންކުރި "ސެޓްލްމަންޓް ކޮމެޓީ" އުވައިލައްވާފައެވެ. އެ ކޮމިޓީން ވަނީ އެކި ފަރާތްތަކަށް ބަދަލުގެ ގޮތުގައި 225 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދިނުމަށް ނިންމާފައެވެ. އަދި ފައިސާގެ އިތުރުން ދޭން ކަނޑައެޅި ހަރުމުދަލާއި ރަށްރަށާއި ފަޅުތައް ފަދަ ތަންތަން އަގުމަގުކުރުމުން، އެކި ފަރާތްތަކަށް ބަދަލުގެ ގޮތުގައި 1 ބިލިއަނަށްވުރެ ގިނަ ރުފިޔާގެ އަގުހުރި ހަރުމުދަލާއި ފައިސާ ދައުލަތުގެ މިލްކިއްޔާތުގެ ތެރެއިން ދޭން އޭރު ނިންމާފައިވާކަމަށް ރިޕޯޓުން އެނގެއެވެ.

މީގެ ތެރޭގައި ހިމެނެނީ:

- ލެޝާ ބީޗް ޕްރައިވެޓް ލިމިޓެޑަށް ވ. ފޮއްތެޔޮބޮޑުފުށީގެ ލީސް އިތުރުކޮށްދިނުން

- ޔޫމެޓް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑަށް 26 މިލިއަން ރުފިޔާ

- އެގްޒޯޓިކް ޕްރޮޕަޓީޒް ޕްރައިވެޓް ލިމިޓެޑަށް ނ. އެކުޅިވަރު 99 އަހަރަށް ދިނުން

- ދީބާޖާ އިންވެސްޓްމަންޓަށް 64 މިލިއަން ރުފިޔާ

- އަމްސަން އެންޑް ފުޑް ބެވަރޭޖް ޕްރައިވެޓް ލިމިޓެޑަށް 5.1 މިލިއަން ރުފިޔާ

މީގެ އިތުރުންވެސް އެހެން ފަރާތްތަކަށް ދޭން ނިންމާފައިވާ ރަށްރަށާއި ފަޅުފަޅު އަދި ފައިސާގެ ބަދަލުތައް ހިމެނެއެވެ.

މިފަދަ ސީރިއަސް މައްސަލަތައް ފެންމަތިވެފައިވާއިރު މި މައްސަލަތައް ބަލައި ތަޙްޤީޤު ކުރުމަށް އަޅަންޖެހޭ ކޮންމެ ފިޔަވަޅެއް އެޅުން އެއީ ރައްޔިތުން އެދޭ ގޮތެވެ.

ބަންޑާރަ ނައިބުގެ އޮފީސްޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީސްއެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

މަސްތުވާތަކެތީގެ ފަރުވާއާއި ރީހެބިލިޓޭޝަނާ ގުޅޭ އިންޓަރއޭޖެންސީ ފޯރަމެއް ކެނަރީފް ރިސޯޓުގައި ބާއްވައިފި

މަސްތުވާތަކެތީގެ ފަރުވާއާއި ރީހެބިލިޓޭޝަނާ ގުޅޭ އިންޓަރއޭޖެންސީ ފޯރަމެއް ކެނަރީފް ރިސޯޓުގައި ބާއްވައިފި

1 ދުވަސް ކުރިން - 11:24

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގައި ވެސް ނުހިމެނޭ ނަމެއް އެބައޮތް؛ އެއީ ޑރ. މުހައްމަދު މުއިއްޒު

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގައި ވެސް ނުހިމެނޭ ނަމެއް އެބައޮތް!

15 ދުވަސް ކުރިން - 11:16

ފަހުދާގެ ދައުވާ އަނބުރާ ގެންގޮސް، އިމާދަށް 13 އަހަރުގެ ޖަލު ހުކުމެއް

ފަހުދާގެ ދައުވާ އަނބުރާ ގެންގޮސް، އިމާދަށް 13 އަހަރުގެ ޖަލު ހުކުމެއް

36 ދުވަސް ކުރިން - 00:57

ފެނެކައިގެ ޕްރޮމޯޝަންތަކުގެ މައްސަލަ އޭސީސީއާއި ފުލުހަށް ހުށަހަޅަން ފާސްކޮށްފި

ފެނެކައިގެ ޕްރޮމޯޝަންތަކުގެ މައްސަލަ އޭސީސީއާއި ފުލުހަށް ހުށަހަޅަން ފާސްކޮށްފި

37 ދުވަސް ކުރިން - 14:32

ފައްޔާޒް އިސްމާއީލާ ގުޅޭ ކޮރަޕްޝަނާއި، މަސްލަހަތު ފުށުއެރުމާއި، އިތުރު މައްސަލަތަކުގެ ފުރިހަމަ ދިރާސާއެއް

ފައްޔާޒާ ގުޅޭ ކޮރަޕްޝަނާއި، މަސްލަހަތު ފުށުއެރުމާއި، އިތުރު މައްސަލަތަކުގެ ފުރިހަމަ ދިރާސާއެއް

53 ދުވަސް ކުރިން - 05:40

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި "ބްރައިޓް މައިންޑްސް" ގެ ވެރިޔާ, އަފްލާހުގެ މައްޗަށް ދައުވާ އުފުލައިފި

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި އަފަލާހުގެ މައްޗަށް ދައުވާ އުފުލައިފި

102 ދުވަސް ކުރިން - 17:47