Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ސްޕޯޓްސް ފިޝިންގ އަށް ޙާއްޞަ ބަނދަރުތައް ތަރައްޤީކުރާނީ އެންމެ ޒަމާނީ ވަސީލަތްތަކާއެކު: ވަޒީރު ޝިޔާމް

ސްޕޯޓްސް ފިޝިންގ އަށް ޙާއްޞަ ބަނދަރުތައް ތަރައްޤީކުރާނީ އެންމެ ޒަމާނީ ވަސީލަތްތަކާއެކު: ވަޒީރު ޝިޔާމް

އައިޝަތު ރުވާ ރިފްޢަތު
577 ދުވަސް ކުރިން - 21 ޑިސެންބަރު 2024 14:00
ވަޒީރު ޝިޔާމް
ވަޒީރު ޝިޔާމް
ޚުލާސާ

ބަނދަރުތައް ތަރައްޤީކުރާނީ މަހުގެ ވިޔަފާރިކުރާނެ ގޮޅިތަކާއި، މުބާރާތްތައް ރާވައި ހިންގާނެ އިދާރީ އޮފީހާއި، ރެސްޓޯރަންޓް އަދި ކެފޭތަކާއި، މަސްވެރިކަމާ ގުޅޭ ތަކެތި ވިއްކައި ޚިދުމަތްދޭ ތަންތަނާއި، ބާބަކިޔު ހެދޭނެ އިންތިޒާމުތަކާ އެކު.

ސްޕޯޓްސް ފިޝިންއަށް ޙާއްޞަ ބަނދަރުތައް ތަރައްޤީކުރާނީ އެންމެ ޒަމާނީ ވަސީލަތްތަކާއެކު ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވަޒީރު އަޙުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ވަޒީރު ޝިޔާމް މިހެން ވިދާޅުވީ ރާއްޖޭގައި ބާއްވާ ބައިނަލްއަޤްވާމީ ސްޕޯޓްސް ފިޝިން މުބާރާތް "ބުރުނު ބޮމަ" އިފްތިތާޙުކޮށްދެއްވަމުން ދެއްކެވި ވާހަކަފުޅުގައެވެ. މި މުބާރާތަކީ މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ މުވައްޒަފުންގެ ކްލަބު، ވިޒިޓް މޯލްޑިވްސް ކްލަބް (ވީއެމްސީ) އިން އިންތިޒާމުކޮށްގެން އޭޕްރީލް އަދި މެއި މަހު ބޭއްވުމަށް ހަމަޖެހިފައިވާ މުބާރާތެކެވެ.

ވަޒީރު ޝިޔާމް ވިދާޅުވީ ސްޕޯޓްސް ފިޝިންއަށް އޮންނަ ތަރުޙީބު އިތުރުވަމުންދާއިރު، މި ދާއިރާ އިތުރަށް ފުޅާކުރުމަކީ ސަރުކާރުގެ އަމާޒެއް ކަމަށެވެ. އެގޮތުން، މި ދާއިރާއަށް ބޭނުންވާ އުމްރާނީ ވަސީލަތްތައް ގާއިމުކުރެވިފައި ނުވާކަން ފާހަގަކުރައްވައި، ސަރުކާރުން ރާއްޖޭގެ 5 ސަރަޙައްދެއްގައި ސްޕޯޓްސް ފިޝިންއަށް ޚާއްޞަ ބަނދަރުތަކެއް ތަރައްޤީކުރުމަށް ނިންމާފައިވާ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.

Advertisement

Advertisement 1

"ރައީސުލްޖުމްހޫރިއްޔާގެ ވިސްނުންފުޅަކީ ދިވެހިރާއްޖޭގައި މި ގްރޯވަމުން އަންނަ ސްޕޯޓްސް ފިޝިން ކޮމިއުނިޓީއަށް ޙައްލުތަކެއް ދިނުމުގެ އިތުރުން، މި ބަނދަރުތަކަކީ ރާއްޖެއިން ބޭރުން ސްޕޯޓްސް ފިޝިންއަށް ޝައުޤުވެރިވެގެން އަންނަ ފަރާތްތަކަށް ބޭނުންވާ ވަސީލަތްތައް ޤާއިމުވެފައިހުރި ބަނދަރުތަކަކަށް ހެދުން،" ވަޒީރު ޝިޔާމް ވިދާޅުވިއެވެ.

މި ބަނދަރުތައް ތަރައްޤީކުރާނީ މަހުގެ ވިޔަފާރިކުރާނެ ގޮޅިތަކާއި، މުބާރާތްތައް ރާވައި ހިންގާނެ އިދާރީ އޮފީހާއި، ރެސްޓޯރަންޓް އަދި ކެފޭތަކާއި، މަސްވެރިކަމާ ގުޅޭ ތަކެތި ވިއްކައި ޚިދުމަތްދޭ ތަންތަނާއި، ބާބަކިޔު ހެދޭނެ އިންތިޒާމުތަކާ އެކުގައި ކަމަށް ވަޒީރު ޝިޔާމް ހާމަކުރެއްވިއެވެ.

"ބުރުނު ބޮމަ" މުބާރާތަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ޞިނާޢަތުގައި ޙަރަކާތްތެރިވާ ފަރާތްތަކާއި ބައިނަލްއަޤްވާމީ ސްޕޯޓްސް ފިޝިންއަށް ޝައުޤުވެރިވާ ފަރާތްތަކަށް ޚާއްޞަ މުބާރާތެކެވެ. މި މުބާރާތުގައި މަސް ބޭނުމަށް ހަމަޖެހިފައިވަނީ ބައިނަލްއަޤްވާމީ މިންގަނޑުތަކަށް ފެތޭގޮތަށެވެ. އަދި މި މުބާރާތުގައި "ކެޗް އެންޑް ރިލީޒް" ފަދަ ދެމެހެއްޓެނިވި މަސްވެރިކަމަށް ބާރުއަޅާ އުކުޅުތައް ހިމެނުމަށް ވަނީ ހަމަޖެހިފައެވެ.

ވަޒީރު ޝިޔާމް އިތުރަށް ވިދާޅުވީ، މި ފަދަ މުބާރާތްތަކުން ރާއްޖޭގެ ފަތުރުވެރިކަމަށާއި އިޤްތިޞާދަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށެވެ. އަދި ސްޕޯޓްސް ފިޝިންގ ދާއިރާ ތަރައްޤީކުރުމަށް ސަރުކާރުން ގެންގުޅޭ ވިސްނުމުގެ ދަށުން، ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ޤާއިމުކުރެވޭ ޚާއްޞަ ބަނދަރުތަކުން މި ދާއިރާގެ ކުރިއެރުމަށް މަގުފަހިވެގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.

މުބާރާތް އިފްތިތާޙުކުރުމުގެ ރަސްމިއްޔާތުގައި، ޓޫރިޒަމް މިނިސްޓްރީގެ އިސްވެރިންނާއި، އެމްއެމްޕީއާރުސީގެ ވެރިންނާއި، ސްޕޯޓްސް ފިޝިންގ ދާއިރާގެ ޕްރޮފެޝަނަލުން އަދި މުބާރާތުގެ ބައިވެރިން ބައިވެރިވިއެވެ.

ސްޕޯޓްސް ފިޝިންގއަށް ޚާއްޞަ ބަނދަރުތައް ތަރައްޤީކުރުމުގެ މަޝްރޫޢު ކުރިއަށްދާ ގޮތުގެ އިތުރު ތަފްޞީލުތައް ކުރިއަށް އޮތް ދުވަސްތަކުގައި ހާމަކުރައްވާނެ ކަމަށް ވަޒީރު ޝިޔާމް ވިދާޅުވިއެވެ.

އެމްއެމްޕީއާރުސީފިޝަރީޒް މިނިސްޓްރީމިނިސްޓަރު އަހްމަދު ޝިޔާމް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

މިފްކޯ އިން 25 އަށް ކިލޯއެއް ވިއްކީ ދައުލަތުން އިތުރަށް ފައިސާ ނަގައިގެން

މިފްކޯ އިން 25އަށް ކިލޯއެއް ވިއްކީ ދައުލަތުން އިތުރަށް ފައިސާ ނަގައިގެން

7 ދުވަސް ކުރިން - 16:41

މިފްކޯ ހަރުދަނާކުރެވިއްޖެ، މަސް ގަތުމަށް ދެމުން އައި ސަބްސިޑީ މިހާރު ވަނީ ހުއްޓާލާފައި: މިނިސްޓަރު ޝިޔާމް

މަސް ގަތުމަށް ދެމުން އައި ސަބްސިޑީ މިހާރު ވަނީ ހުއްޓާލާފައި: ޝިޔާމް

8 ދުވަސް ކުރިން - 11:05

އަދަދު ނޫހުން ފަތުރަނީ ފިތުނަ، ސިޔާސީ ޕާޓީއެކޭ އަދަދު ނޫހެކޭ ތަފާތެއް ނެތް: ޝިޔާމް

"ސިޔާސީ ޕާޓީއެކޭ އަދަދު ނޫހެކޭ ތަފާތެއް ނެތް"

57 ދުވަސް ކުރިން - 14:27

އިނގިރޭސިވިލާތުން ރާއްޖޭގެ މަހުގެ އުފެއްދުންތަކުން ޑިއުޓީ ކަނޑާލުމުން އެމް.އެސް.ޕީ.އީ.އޭ އިން މަރުހަބާ ކިޔައިފި

ޓެރިފް ކަނޑާލުމުން އެމް.އެސް.ޕީ.އީ.އޭ އިން މަރުހަބާ ކިޔައިފި

61 ދުވަސް ކުރިން - 11:17

ދިވެހި މަސްވެރިކަން ދުނިޔޭގެ މުހިންމު މާކެޓަކަށް ހުޅުވިއްޖެ!

ދިވެހި މަސްވެރިކަން ދުނިޔޭގެ މުހިންމު މާކެޓަކަށް ހުޅުވިއްޖެ!

62 ދުވަސް ކުރިން - 18:18

މިފްކޯ ހިންގަން މިހާރު ސަބްސިޑީއެއް ނުދޭ، އެއީ އަމިއްލަ ފައިމައްޗަށް ތެދުވެފައިވާ ކުންފުންޏެއް: ޝިޔާމް

މިފްކޯ ހިންގަން މިހާރު ސަބްސިޑީއެއް ނުދޭނެ: ޝިޔާމް

62 ދުވަސް ކުރިން - 13:05