Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

އެމްއެޗް370 ހޯދުމުގެ މަސައްކަތް އަލުން ފަށަން ނިންމައިފި

އެމްއެޗް370 ހޯދުމުގެ މަސައްކަތް އަލުން ފަށަން ނިންމައިފި

ޖަވާދު
582 ދުވަސް ކުރިން - 20 ޑިސެންބަރު 2024 21:54
އެމްއެޗް370 ހޯދުމުގެ މަސައްކަތް އަލުން ފަށަން ނިންމައިފި
ޚުލާސާ

މީގެ 10 އަހަރު ކުރިން ގެއްލުނު ފްލައިޓް ހޯދުމަށް މިފަހަރު ބަލަން ނިންމާފައި ވަނީ އެމެރިކާގެ އޯޝަން އިންފިނިޓީ ކުންފުނީގެ ހުށަހެޅުމަކަށް އިންޑިޔާ ކަނޑުން ކުރިން ހޯދި ސަރަޙާއްދާއި އިންވެގެންވާ ސަރަހައްދެއް.

މީގެ 10 އަހަރު ކުރިން ވީނުވީއެއް ނޭނގި ގެއްލިފައިވާ މެލޭޝިއާ އެއާލައިންސްގެ ފްލައިޓް އެމްއެޗް370 ހޯދުމުގެ މަސައްކަތް އަލުން ފަށާނެ ކަމަށް މެލޭޝިއާގެ ޓްރާންސްޕޯޓް މިނިސްޓަރު އެންތޮނީ ލޯކޭ ވިދާޅުވެއްޖެ އެވެ .

2020ގައި އޮސްޓްރޭލިޔާގެ ނޫހެއްކަމަށްވާ ނިއު ކޯޕުން އެމެރިކާގެ އޯޝަން އިންފިނިޓީ ކުންފުންޏާއި މެލޭޝިޔާގެ ސަރުކާރާއި ގުޅިގެން ގެއްލިފައިވާ މަތިންދާބޯޓު ހޯދުމަށް އައު މަސައްކަތްތަކެއް އެ އަހަރުތެރޭގައި ފެށުމަށް މަޝްވަރާކުރިއެވެ. ލިބިފައިވާ އައު މަޢުލޫމާތުގެ މައްޗަށް ބިނާކޮށް، މަތިންދާބޯޓު ވެއްޓިފައިވަނީ އިންޑިޔާ ކަނޑުން ކުރިން ހޯދި ސަރަޙާއްދާއި އިންވެގެންވާ ސަރަހައްދަކަށްކަމަށް ބެލެވޭކަމަށް އެނޫހުން އޭރު ބުނެފައިވެއެވެ. ނަމަވެސް މެލޭޝިޔާގެ ދަތުރުފަތުރާއިބެހޭ ވުޒާރާއިން ބުނެފައިވަނީ މަތިންދާބޯޓު ހޯދުމުގެ މަސައްކަތް އަލުން ފަށަން ނިންމޭފަދަ އިތުރު ހެއްކެއް އޭރު ލިބިފައިނުވާކަމަށެވެ.

2014ވަނަ އަހަރުގެ މަރޗް މަހުގެ 8ވަނަ ދުވަހު 239 ފަސިންޖަރުންނާއެކު މެލޭޝިޔާގެ ވެރިރަށް ކުއަލަ ލަމްޕޫރުން ޗައިނާގެ ވެރިރަށް ބެއިޖިންގަށް ދަތުރުކުރި މެލޭޝިޔަން އެއަރލައިންސްގެ ފްލައިޓް އެމްއެޗް370އަށް ވީނުވީއެއް ނޭނގި ގެއްލުނެވެ. މެލޭޝިޔާއާއި ޗައިނާއާއި އޮސްޓްރޭލިޔާއިން 130 މިލިއަން ޑޮލަރު ޚަރަދުކޮށްގެން ދެއަހަރުދުވަސް ވަންދެން މަތިންދާބޯޓު ހޯދުމަށް ކުރި މަސައްކަތްވަނީ ނާކާމިޔާބުވެފައެވެ. އޭގެ ފަހުން އޯޝަން އިންފިނިޓީ އިސްވެ މަތިންދާބޯޓު ހޯދުމަށް ކުރި މަސައްކަތުންވެސް އެބޯޓުގެ ހިލަމެއްވެފައެއް ނުވެއެވެ.

Advertisement

Advertisement 1

ޗައިނާގެ 150 އަށް ވުރެ ގިނަ ފަސިންޖަރުން އެ ފްލައިޓުގައި ތިބިއިރު، އެމީހުންގެ ގާތްތިމާގެ މީހުން ވަނީ މެލޭޝިއާ އެއާލައިންސް އާއި ބޮއިންގް މަތިންދާބޯޓު އިންޖީނު އުފައްދާ ކުންފުނި ރޯލްސްރޮއިސް އާއި އެލިއަންޒް އިންޝުއަރެންސް ގްރޫޕުން ބަދަލު ހޯދުމަށް އެދިފަ އެވެ.

މެލޭޝިޔާއިން އިންޑިއާ ކަނޑުގެ ދެކުނު ބަލައިފާސްކުރުމަށް 2018 ވަނަ އަހަރު އޯޝަން އިންފިނިޓީއާ ގުޅި، ބޯޓު ފެނިއްޖެ ނަމަ 70 މިލިއަން ޑޮލަރުގެ ބަދަލު ދިނުމަށް ހުށަހެޅި ނަމަވެސް އެ ކުންފުނި ވަނީ ދެ ފަހަރެއްގެ މަތިން ނާކާމިޔާބުވެފަ އެވެ.

އެއަށްފަހު މެލޭޝިއާ، އޮސްޓްރޭލިއާ އަދި ޗައިނާއިން ވަނީ ދެކުނު އިންޑިއާ ކަނޑުގެ އަޑީގެ 120،000 އަކަކިލޯމީޓަރުގެ ސަރަހައްދެއް ބަލައިފާސްކޮށްފައެވެ.

މެލޭޝިއާއެމްއެޗް370
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

މެލޭޝިއާގައި ދިރިއުޅޭ ދިވެހިންނަށް އަމާޒުކޮށްގެން ބޭއްވި ހޭންޑްބޯޅަ މުބާރާތް ކާމިޔާބުކަމާއެކު ނިންމާލައިފި

މެލޭޝިއާގައި ދިރިއުޅޭ ދިވެހިންނަށް އަމާޒުކޮށްގެން ބޭއްވި ހޭންޑްބޯޅަ މުބާރާތް ކާމިޔާބުކަމާއެކު ނިންމާލައިފި

46 ދުވަސް ކުރިން - 23:30

މެލޭޝިއާ އާއި ސިންގަޕޫރު ހިމެނޭ ގޮތަށް އިތުރު މާކެޓްތަކުން ތެޔޮ ގެނައުމުގެ މަސައްކަތް ސަރުކާރުން ފަށައިފި

އިތުރު މާކެޓްތަކުން ތެޔޮ ގެނައުމުގެ މަސައްކަތް ފަށައިފި

125 ދުވަސް ކުރިން - 19:24

މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރުގެ މައްޗަށް ކުށް ސާބިތުވާކަމަށް ހައިކޯޓުން ކަނޑައަޅައިފި

މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރުގެ މައްޗަށް ކުށް ސާބިތުވެއްޖެ

212 ދުވަސް ކުރިން - 13:55

ދުނިޔޭގެ އެންމެ އަގު ބޮޑު އޭވިއޭޝަން ސަރޗް އޮޕަރޭޝަން ފަށައިފި

އެންމެ އަގުބޮޑު ސަރޗް އޮޕަރޭޝަން އަނެއްކާވެސް ފަށައިފި

234 ދުވަސް ކުރިން - 15:27

ޠޫފާނުގައި އިރުދެކުނު އޭޝިއާއިން 460 މީހުން މަރުވެއްޖެ

ޠޫފާނުގައި އިރުދެކުނު އޭޝިއާއިން 460 މީހުން މަރުވެއްޖެ

238 ދުވަސް ކުރިން - 00:29

ޓްރަމްޕަކީ އަނިޔާވެރިއެކޭ ބުނި ރައްޔިތުން މެލޭޝިއާ ސަރުކާރުން ހައްޔަރުކޮށްފި

ޓްރަމްޕަކީ ނުބައި މީހެކޭ ބުނި މީހުން ހައްޔަރުކޮށްފި

272 ދުވަސް ކުރިން - 00:10