Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

މަނީ ލޯންޑަރިންގ ދަޢުވާއިން މެލޭޝިޔާގެ ކުރީގެ ބޮޑުވަޒީރު ނަޖީބްގެ އަނބިކަނބަލުން ސަލާމަތްވެއްޖެ

މަނީ ލޯންޑަރިންގ ދަޢުވާއިން މެލޭޝިޔާގެ ކުރީގެ ބޮޑުވަޒީރު ނަޖީބްގެ އަނބިކަނބަލުން ސަލާމަތްވެއްޖެ

އައިޝަތު ރުވާ ރިފްޢަތު
583 ދުވަސް ކުރިން - 19 ޑިސެންބަރު 2024 19:40
މެލޭޝިޔާގެ ކުރީގެ ބޮޑުވަޒީރު ނަޖީބް ރައްޒާޤްގެ އަނބިކަނބަލުން ރަސްމާ މަންސޫރު
މެލޭޝިޔާގެ ކުރީގެ ބޮޑުވަޒީރު ނަޖީބް ރައްޒާޤްގެ އަނބިކަނބަލުން ރަސްމާ މަންސޫރު
ޚުލާސާ

މި ނިންމުން ނިންމާފައިވަނީ އެ ދަޢުވާތަކުގައި އެކަށީގެންވާ ޤާނޫނީ ބުރަދަނެއް ނެތް ކަމަށް. އެގޮތުން، ކޯޓުން ބާތިލުކުރި ދަޢުވާތަކުގެ ތެރޭގައި މަނީ ލޯންޑަރިންގގެ 12 ދަޢުވާއާއި ޓެކްސަށް މަކަރު ހެދުމުގެ 5 ދަޢުވާ ހިމެނޭ.

މެލޭޝިޔާގެ ކުރީގެ ބޮޑުވަޒީރު ނަޖީބް ރައްޒާޤްގެ އަނބިކަނބަލުން ރަސްމާ މަންސޫރުގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިންގ އަދި ޓެކްސަށް މަކަރު ހެދުމުގެ ދަޢުވާތައް ކޯޓުން ބާތިލުކޮށްފިއެވެ. މި ނިންމުން ނިންމާފައިވަނީ އެ ދަޢުވާތަކުގައި އެކަށީގެންވާ ޤާނޫނީ ބުރަދަނެއް ނެތް ކަމަށް ބުނެއެވެ.

ކޯޓުން ބާތިލުކުރި ދަޢުވާތަކުގެ ތެރޭގައި މަނީ ލޯންޑަރިންގގެ 12 ދަޢުވާއާއި ޓެކްސަށް މަކަރު ހެދުމުގެ 5 ދަޢުވާ ހިމެނެއެވެ. މި ދަޢުވާތައް ގުޅިފައިވަނީ މެލޭޝިޔާގެ ދައުލަތުގެ ފަންޑެއް ކަމުގައިވާ ވަން-މެލޭޝިޔާ ޑިވެލޮޕްމަންޓް ބަރްހާދްގެ ފައިސާއަށް ޚިޔާނާތްތެރިވުމުގެ ތުހުމަތާއެވެ.

ނަމަވެސް، ރަސްމާގެ މައްޗަށް އިތުރު ދަޢުވާއެއް އަދިވެސް އޮތްކަން ފާހަގަކުރެވެއެވެ. އެއީ 279 މިލިއަން އެމެރިކާ ޑޮލަރުގެ ހަކަތައިގެ މަޝްރޫޢުއެއް ހޯދުމަށް ރިޝްވަތު ދިނުމުގެ ދަޢުވާއެކެވެ. މި މައްސަލައިގައި ރަސްމާ ވަނީ ކަފާލާތުގެ ދަށުން ދޫކޮށްލާފައެވެ.

Advertisement

Advertisement 1

ދަޢުވާތައް ބާތިލުކުރުމާއި ގުޅިގެން ރަސްމާ ވަނީ އިންސާފު ޤާއިމުވެއްޖެ ކަމަށް ބުނެ، ފަނޑިޔާރުގެ ނިންމުމަށް ޝުކުރު އަދާކުރައްވާފައެވެ.

މި މައްސަލައިގެ ފަސްމަންޒަރަށް ބަލާއިރު، ނަޖީބް ރައްޒާޤް މިހާރު ހުރީ ޖަލުގައެވެ. އޭނާގެ މައްޗަށް 2022 ވަނަ އަހަރު 12 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވަނީ ވަން-މެލޭޝިޔާ ޑިވެލޮޕްމަންޓް ބަރްހާދްގެ 4.5 ބިލިއަން އެމެރިކާ ޑޮލަރަށް ޚިޔާނާތްތެރިވުމާއި މަނީ ލޯންޑްރިންގގެ ދަޢުވާގައެވެ. ނަމަވެސް، މި ހުކުމުން ބައެއް ވަނީ މަޢާފުކޮށްދީފައެވެ.

ރަސްމާ މަންސޫރާއި ނަޖީބް ރައްޒާޤްގެ މައްޗަށް މި ދަޢުވާތައް އުފުލިފައިވަނީ ނަޖީބްގެ 9 އަހަރުގެ ވެރިކަމުގައި ހިނގާފައިވާ ކަންކަމާއި ގުޅިގެންނެވެ. މި މައްސަލަތަކުގައި ރަސްމާއަށް ވަނީ އޭނާ ގެންގުޅުއްވި އަގުބޮޑު ބްރޭންޑްތަކުގެ ދަބަހާއި ގަހަނާތަކާއި ޤައުމުން ބޭރަށް ކުރެއްވި އަގުބޮޑު ދަތުރުތަކުގެ ސަބަބުން ޢާންމުންގެ ނުރުހުން އަމާޒުވެފައެވެ. 

މެލޭޝިއާމަނީ ލޯންޑަރިން
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

މެލޭޝިއާގައި ދިރިއުޅޭ ދިވެހިންނަށް އަމާޒުކޮށްގެން ބޭއްވި ހޭންޑްބޯޅަ މުބާރާތް ކާމިޔާބުކަމާއެކު ނިންމާލައިފި

މެލޭޝިއާގައި ދިރިއުޅޭ ދިވެހިންނަށް އަމާޒުކޮށްގެން ބޭއްވި ހޭންޑްބޯޅަ މުބާރާތް ކާމިޔާބުކަމާއެކު ނިންމާލައިފި

46 ދުވަސް ކުރިން - 23:30

މެލޭޝިއާ އާއި ސިންގަޕޫރު ހިމެނޭ ގޮތަށް އިތުރު މާކެޓްތަކުން ތެޔޮ ގެނައުމުގެ މަސައްކަތް ސަރުކާރުން ފަށައިފި

އިތުރު މާކެޓްތަކުން ތެޔޮ ގެނައުމުގެ މަސައްކަތް ފަށައިފި

125 ދުވަސް ކުރިން - 19:24

މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރުގެ މައްޗަށް ކުށް ސާބިތުވާކަމަށް ހައިކޯޓުން ކަނޑައަޅައިފި

މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރުގެ މައްޗަށް ކުށް ސާބިތުވެއްޖެ

212 ދުވަސް ކުރިން - 13:55

ދުނިޔޭގެ އެންމެ އަގު ބޮޑު އޭވިއޭޝަން ސަރޗް އޮޕަރޭޝަން ފަށައިފި

އެންމެ އަގުބޮޑު ސަރޗް އޮޕަރޭޝަން އަނެއްކާވެސް ފަށައިފި

234 ދުވަސް ކުރިން - 15:27

ޠޫފާނުގައި އިރުދެކުނު އޭޝިއާއިން 460 މީހުން މަރުވެއްޖެ

ޠޫފާނުގައި އިރުދެކުނު އޭޝިއާއިން 460 މީހުން މަރުވެއްޖެ

238 ދުވަސް ކުރިން - 00:29

ޓްރަމްޕަކީ އަނިޔާވެރިއެކޭ ބުނި ރައްޔިތުން މެލޭޝިއާ ސަރުކާރުން ހައްޔަރުކޮށްފި

ޓްރަމްޕަކީ ނުބައި މީހެކޭ ބުނި މީހުން ހައްޔަރުކޮށްފި

272 ދުވަސް ކުރިން - 00:10