Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ވަޒީރު ޝިޔާމް އައިއެސްޑީބީގެ އިސްވެރިންނާއި ބައްދަލުކުރައްވައިފި

ވަޒީރު ޝިޔާމް އައިއެސްޑީބީގެ އިސްވެރިންނާއި ބައްދަލުކުރައްވައިފި

އައިޝަތު ރުވާ ރިފްޢަތު
625 ދުވަސް ކުރިން - 19 ޑިސެންބަރު 2024 17:24
ވަޒީރު ޝިޔާމު އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައިއެސްޑީބީ) ގެ އިސް ވެރިންނާ ބައްދަލުކުރެއވުން/ ފޮޓޯ: މަސްވެރިކަމާއި ބެހޭ ވުޒާރާ
ވަޒީރު ޝިޔާމު އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައިއެސްޑީބީ) ގެ އިސް ވެރިންނާ ބައްދަލުކުރެއވުން/ ފޮޓޯ: މަސްވެރިކަމާއި ބެހޭ ވުޒާރާ
ޚުލާސާ

މި މަޝްރޫޢުގެ ދަށުން މަސްވެރިންނަށް ލުއި ލޯނު ދޫކުރުމާއި، މަސްވެރިކަމުގެ އާލާތްތައް ގަތުމަށް އެހީތެރިވުމާއި، މަސްވެރިކަމުގެ އުފެއްދުންތެރިކަން އިތުރުކުރުމަށް ބޭނުންވާ ތަމްރީނުތައް ހިންގުން ހިމެނޭކަމަށް ވުޒާއިން ފާހަގަކުރި.

މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާގެ ވަޒީރު އަޙްމަދު ޝިޔާމް އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައިއެސްޑީބީ) ގެ އިސް ވެރިންނާއި މިއަދު ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުވުމުގައި އާރުއެސްޑަބްލިއު ފައިނޭންސިންގ ޕްރޮޖެކްޓްގެ ކުރިއެރުންތަކާއި ބެހޭގޮތުން މަޝްވަރާ ކުރެވުނުކަމަށް ވުޒާރާއިން ހާމަކުރިއެވެ.

އައިއެސްޑީބީގެ ފަރާތުން މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތީ ރީޖަނަލް ހަބް މެނޭޖަރު އަލްފާޟިލް މުޙައްމަދު ނާސިސް ބިން ސުލައިމާނާއި އެ ބޭންކުގެ އެހެނިހެން އިސް ވެރިންނެވެ. މިނިސްޓަރ ޝިޔާމްގެ އިތުރުން މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރގެ ސްޓޭޓް މިނިސްޓަރުންނާއި މިނިސްޓްރީ އޮފް ފިނޭންސްގެ މަންދޫބުންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ވުޒާރާއިން ބުނީ، މި ބައްދަލުވުމުގައި މިނިސްޓަރ ޝިޔާމް ވަނީ މަސްވެރިކަމުގެ ދާއިރާގައި މީހުންގެ ދިރިއުޅުމަށް އެހީތެރިވުމަށް އައިއެސްޑީބީ އާއި ލައިވްސް އެންޑް ލައިވްލިހުޑްސް ފަންޑް (އެލްއެލްއެފް) އިން ދެމިއޮތް ވައުދުގެ އަގުވަޒަންކުރައްވާފައިވާކަމަށެވެ. އަދި އާރުއެސްޑަބްލިއު ފައިނޭންސިންގ ޕްރޮޖެކްޓަކީ މަސްވެރިންނަށް ދިމާވާ ގިނަ ދަތިތަކަށް ދެމެހެއްޓެނިވި ޙައްލެއް ގެނެސްދޭނެ މުހިންމު މަޝްރޫޢެއްކަމަށް ވަޒީރު ފާހަގަކުރަށްވާކަމަށެވެ.

Advertisement

Advertisement 1

އެގޮތުން، މި މަޝްރޫޢުގެ ދަށުން މަސްވެރިންނަށް ލުއި ލޯނު ދޫކުރުމާއި، މަސްވެރިކަމުގެ އާލާތްތައް ގަތުމަށް އެހީތެރިވުމާއި، މަސްވެރިކަމުގެ އުފެއްދުންތެރިކަން އިތުރުކުރުމަށް ބޭނުންވާ ތަމްރީނުތައް ހިންގުން ހިމެނެއެވެ. އަދި މަސްވެރިކަމުގެ ދާއިރާގައި އަންހެނުންގެ ދައުރު އިތުރުކުރުމަށް ވެސް މަސައްކަތް ކުރެވޭނެކަމަށް ވުޒާރާއިން ފާހަގަކުރިއެވެ.

މިނިސްޓަރ ޝިޔާމް ވަނީ މި މަޝްރޫޢުގެ ދަށުން މިހާތަނަށް 500 އަށްވުރެ ގިނަ މަސްވެރިންނަށް ލުއި ލޯނު ދޫކުރެވި، 200 އަށްވުރެ ގިނަ މަސްވެރިންނަށް ތަމްރީނު ޕްރޮގްރާމްތައް ހިންގިފައިވާކަން ފާހަގަ ކުރައްވާފައެވެ. އަދި ކުރިއަށް އޮތް އަހަރު ތެރޭގައި އިތުރު 1000 މަސްވެރިންނަށް ލުއި ލޯނު ދޫކުރުމާއި، މަސްވެރިކަމުގެ އާ ޓެކްނޮލޮޖީތަކާއި ގުޅޭ ތަމްރީނު ޕްރޮގްރާމްތައް ހިންގުމަށް ރޭވިފައިވާކަންވެސް ހާމަކުރެއްވިއެވެ.          

ފިޝަރީޒް މިނިސްޓްރީމިނިސްޓަރު އަހްމަދު ޝިޔާމް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

މަސްވެރިންނަށް މިހާތަނަށް 2.2 ބިލިއަން ރުފިޔާ ދޫކޮށްފި: ޝިޔާމް

މަސްވެރިންނަށް މިހާތަނަށް 2.2 ބިލިއަން ރުފިޔާ ދޫކޮށްފި: ޝިޔާމް

4 ދުވަސް ކުރިން - 13:19

ރައީސް ޑރ. މުއިއްޒަށް ބޮޑު ދައުރެއް ލިބިވަޑައިގަތުމުން ތަރައްގީގެ ތަފާތު އިތުރަށް ފެނިގެންދާނެ: ޝިޔާމް

"ރައީސް މުއިއްޒަށް ބޮޑު ދައުރެއް ލިބިވަޑައިގަތުމުން ތަރައްގީގެ ތަފާތު އިތުރަށް ފެނިގެންދާނެ"

5 ދުވަސް ކުރިން - 20:10

ފުނައްޑޫ އާއި މާނާގަލާ މިއަހަރުގެ ނިޔަލަށް އޮޕަރޭޝަނަށް ގެންނަނީ

ފުނައްޑޫ އާއި މާނާގަލާ މިއަހަރުގެ ނިޔަލަށް އޮޕަރޭޝަނަށް ގެންނަނީ

23 ދުވަސް ކުރިން - 11:29

މިފްކޯ އިން 25 އަށް ކިލޯއެއް ވިއްކީ ދައުލަތުން އިތުރަށް ފައިސާ ނަގައިގެން

މިފްކޯ އިން 25އަށް ކިލޯއެއް ވިއްކީ ދައުލަތުން އިތުރަށް ފައިސާ ނަގައިގެން

53 ދުވަސް ކުރިން - 16:41

މިފްކޯ ހަރުދަނާކުރެވިއްޖެ، މަސް ގަތުމަށް ދެމުން އައި ސަބްސިޑީ މިހާރު ވަނީ ހުއްޓާލާފައި: މިނިސްޓަރު ޝިޔާމް

މަސް ގަތުމަށް ދެމުން އައި ސަބްސިޑީ މިހާރު ވަނީ ހުއްޓާލާފައި: ޝިޔާމް

53 ދުވަސް ކުރިން - 11:05

އަދަދު ނޫހުން ފަތުރަނީ ފިތުނަ، ސިޔާސީ ޕާޓީއެކޭ އަދަދު ނޫހެކޭ ތަފާތެއް ނެތް: ޝިޔާމް

"ސިޔާސީ ޕާޓީއެކޭ އަދަދު ނޫހެކޭ ތަފާތެއް ނެތް"

103 ދުވަސް ކުރިން - 14:27