Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

އޮކިއުޕޭޝަނަލް ތެރަޕިސްޓުން ތަމްރީނުކުރުމަށް އެމްއެންޔޫއިން އަންނަ އަހަރު ޑިގްރީ ކޯހެއް ފަށަނީ

އޮކިއުޕޭޝަނަލް ތެރަޕިސްޓުން ތަމްރީނުކުރުމަށް އެމްއެންޔޫއިން އަންނަ އަހަރު ޑިގްރީ ކޯހެއް ފަށަނީ

އާނާ ފަހީމް
630 ދުވަސް ކުރިން - 18 ޑިސެންބަރު 2024 08:54
އެއްބަސްވުމުގައި ސޮއި ކުރުމުގެ ތެރެއިން/ ފޮޓޯ: އެމްއެންޔޫ
އެއްބަސްވުމުގައި ސޮއި ކުރުމުގެ ތެރެއިން/ ފޮޓޯ: އެމްއެންޔޫ
ޚުލާސާ

އޮކިއުޕޭޝަނަލް ތެރަޕިސްޓުން ތަމްރީނުކުރުމަށް އެމްއެންޔޫއާއި އޮކިއުޕޭޝަނަލް ތެރަޕީ އެސޯސިއޭޝަން މޯލްޑިވްސް ގުޅިގެން 4 އަހަރުގެ ޑިގްރީ ފެންވަރުގެ ކޯހެއް އަންނަ އަހަރުގެ 2 ވަނަ ސެމިސްޓަރގައި ފެށުމަށް ހަމަޖެހި އެއްބަސްވުމުގައި ސޮއިކޮށްފި.

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އާއި އޮކިއުޕޭޝަނަލް ތެރަޕީ އެސޯސިއޭޝަން މޯލްޑިވްސް ގުޅިގެން އޮކިއުޕޭޝަނަލް ތެރަޕިސްޓުން ތަމްރީނުކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެމްއެންޔޫގެ ވައިސް ޗާންސެލަރ ޑރ. އާއިޝަތު ޝެހެނާޒް އާދަމް އާއި އޮކިއުޕޭޝަނަލް ތެރަޕީ އެސޯސިއޭޝަންގެ ޗެއަރޕާސަން އާމިނަތު ތޫހާ އަދުލީއެވެ.

އެމްއެންޔޫގެ ފެކަލްޓީ އޮފް ހެލްތް ސައިންސަސްގެ ޑީން، ޑރ. އައިޝަތު ޝަނޫރާ ވިދާޅުވީ މިވަގުތު ރާއްޖޭގައި އޮކިއުޕޭޝަނަލް ތެރަޕިސްޓުންގެ ގޮތުގައި ހަރަކާތްތެރިވަނީ މަދު އަދަދެއްގެ ދިވެހިންކަމަށާއި، އެހެންކަމުން އެފަދަ ފަންނީ ޚިދުމަތްތެރިން ތަމްރީނުކުރުމަށް ޤައުމީ ޔުނިވަރސިޓީން ޚާއްސަ އިސްކަމެއްދީގެން މަސައްކަތްކުރާ ކަމަށެވެ.

މި ކޯހަކީ 4 އަހަރުގެ ޑިގްރީ ފެންވަރުގެ ކޯހެއް ކަމަށާއި، ދާއިރާގެ ފަންނީ ބޭފުޅުންގެ ލަފަޔާއެކު އިންޓަނޭޝަނަލް ޔުނިވަރސިޓީތަކާއި ބެންޗްމާކް ކޮށް، ވޯލްޑް ފެޑެރޭޝަން އޮފް އޮކިއުޕޭޝަނަލް ތެރަޕީގެ މިންގަނޑުތަކާއި އެއްގޮތަށް އެކުލަވާލާފައިވާ ކޯހެއްކަން ފާހަގަކޮށްފައިވެއެވެ. މި ކޯސް އަންނަ އަހަރުގެ 2 ވަނަ ސެމިސްޓަރގައި ފެށުމަށް ވަނީ ހަމަޖެހިފައެވެ.

Advertisement

Advertisement 1

އޮކިއުޕޭޝަނަލް ތެރަޕިސްޓުންނަކީ އުފެދުމުގައި ހުންނަ ކަމަކުން ނުވަތަ އަނިޔާވެފައިވާ ނުވަތަ ބަލިވެފައިވާ ނުވަތަ ނުކުޅެދުންތެރިކަމެއް ލިބިފައިވާ ފަރާތްތަކަށް އާންމު ދިރިއުޅުމުގެ ކަންކަމުގައި ނުވަތަ އެމީހަކު ކުރާ މަސައްކަތްތައް މިނިވަންކަމާއެކު ކުރުމަށް ލުއިފަސޭހަ ގޮތްތައް އުނގަންނައިދިނުމުގެ މަސްއޫލިއްޔަތު އަދާކުރާ ފަންނީ ޚިދުމަތްތެރިންނެވެ.

އޮކިއުޕޭޝަނަލް ތެރަޕީ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ޗެއަރޕާސަން އާމިނަތު ތޫހާ އަދުލީ ވިދާޅުވީ މި ކޯހަކީ ކާމިޔާބު ޕްރޮގްރާމަކަށް ވެގެންދިއުމަށް އުއްމީދުކުރައްވާ ކަމަށެވެ. އަދި އޮކިއުޕޭޝަނަލް ތެރަޕީގެ ދާއިރާއަކީ މިހާރަށްވުރެ ފުޅާ ދާއިރާއެއްގައި ދިވެހި ކުދިން ނިކުމެ މަސައްކަތްކުރެވޭނެ ދާއިރާއަކަށް ވެގެންދިއުމަކީ އެކަމަނާގެ އުއްމީދު ކަމުގައި ވިދާޅުވިއެވެ.

މި ކޯހަކީ މޯލްޑިވްސް އެލައިޑް ހެލްތު ކައުންސިލާއި ވޯލްޑް ފެޑެރޭޝަން އޮފް އޮކިއުޕޭޝަނަލް ތެރަޕީ އަދި މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ޤަބޫލުކުރާ ކޯހަކަށް ވާނެ ކަމަށް އެމްއެންޔޫއިން ބުނެފައިވެއެވެ. އަދި މި ކޯހުގެ ސަބަބުން އިންޑަސްޓްރީއާ ގާތް ގުޅުމެއް އުފެދި، އަމަލީ ތަޖުރިބާ ހޯދަން ފަހި ފުރުސަތުތަކެއް ލިބޭނެ ކަމަށާއި، ވަޒީފާގެ މާހައުލަށް ލޯހުޅުވިފައިވާ މިންވަރު އިތުރުވެގެންދާނެ ކަމަށްވެސް ފާހަގަކޮށްފައިވެއެވެ.

އޮކިއުޕޭޝަނަލް ތެރަޕިސްޓުން އާންމު ގޮތެއްގައި މަސައްކަތްކުރަނީ ހޮސްޕިޓަލުތަކާއި ރިހެބިލިޓޭޝަން ސެންޓަރުތަކާއި، ނަރސިންގ ފެސިލިޓީތަކުގެ އިތުރުން ސްކޫލް މާހައުލުގައެވެ. މި ފަދަ ތެރަޕިސްޓުންގެ މައިގަނޑު މަސައްކަތަކީ އެހީތެރިކަން ބޭނުންވާ މީހުންނަށް އެމީހުންގެ ބަލިން ނުވަތަ އަނިޔާއިން ނުވަތަ ނުކުޅެދުންތެރިކަމާއެކު އާންމު ދިރިއުޅުމުގައި މިނިވަންކަމާއެކު އުޅުމަށް ބޭނުންކުރެވޭނެ ފަސޭހަ ގޮތްތަކާއި ހުނަރުތައް ދަސްކޮށްދީ، ދިރިއުޅުމާއި މަސައްކަތްތެރިކަމުގައި ގެންގުޅެވިދާނެ އުކުޅުތައް ދަސްކޮށްދިނުމެވެ.

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ)
Advertisement
Advertisement

ގުޅޭ ޚަބަރުތައް

އެމް.އެން.ޔޫ. އިން ހިލޭ ޗައިނާ ބަސް ދަސްކޮށްދެނީ

އެމް.އެން.ޔޫ. އިން ހިލޭ ޗައިނާ ބަސް ދަސްކޮށްދެނީ

41 ދުވަސް ކުރިން - 09:44

އެމްއެންޔޫގައި ހިމަބިހި ކޮންޓްރޯލްކުރުމުގެ ހާއްސަ ވެކްސިން ޕްރޮގްރާމެއް ފަށައިފި

އެމްއެންޔޫގައި ހިމަބިހި ކޮންޓްރޯލްކުރުމުގެ ހާއްސަ ވެކްސިން ޕްރޮގްރާމެއް ފަށައިފި

66 ދުވަސް ކުރިން - 19:32

ރާއްޖެއާއި އިންޑިއާގެ ގުޅުމަށް 60 އަހަރު ފުރުން ފާހަގަކުރުމަށް ހާއްސަ ސެމިނާއެއް ބާއްވައިފި

ރާއްޖެއާއި އިންޑިއާ ގުޅުމަށް 60 އަހަރު: ސެމިނާއެއް

114 ދުވަސް ކުރިން - 16:48

އެމްއެންޔޫއާއި ބަންގްލަދޭޝް ޔުނިވަރސިޓީއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި

އެމްއެންޔޫއާއި ބަންގްލަދޭޝް ޔުނިވަރސިޓީއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި

226 ދުވަސް ކުރިން - 23:30

ނައިފަރުގައި ގައުމީ ޔުނިވަސިޓީގެ ކެމްޕަހެއް ތަރައްގީކުރަނީ

ނައިފަރުގައި ގައުމީ ޔުނިވަސިޓީގެ ކެމްޕަހެއް ތަރައްގީކުރަނީ

317 ދުވަސް ކުރިން - 22:29

މަސްވެރިކަމުގެ ދާއިރާގެ ކޯހުގެ މަންހަޖު އެކުލަވާލަނީ

މަސްވެރިކަމުގެ ދާއިރާގެ ކޯހުގެ މަންހަޖު އެކުލަވާލަނީ

356 ދުވަސް ކުރިން - 00:28

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%