Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ރާއްޖޭގެ މެރިކަލްޗަރ ސިނާއަތަށް އިންވެސްޓްކުރުމުގެ ފުރުޞަތު ޗައިނާއަށް ވަނީ ހުޅުވާލެވިފައި: ޝިޔާމް

ރާއްޖޭގެ މެރިކަލްޗަރ ސިނާއަތަށް އިންވެސްޓްކުރުމުގެ ފުރުޞަތު ޗައިނާއަށް ވަނީ ހުޅުވާލެވިފައި: ޝިޔާމް

އަައިޝަތު ޒީނާ
581 ދުވަސް ކުރިން - 17 ޑިސެންބަރު 2024 13:57
ސީ.އައި.ޑީ.ސީ.އޭގެ ޗެއާމަން ލުއާ ޖައުހުއީ އާއި އެކު ބޭއްވި ބައްދަލުވުމުގައި ވަޒީރު ޝިޔާމް. / ފޮޓޯ: ވުޒާރާ
ސީ.އައި.ޑީ.ސީ.އޭގެ ޗެއާމަން ލުއާ ޖައުހުއީ އާއި އެކު ބޭއްވި ބައްދަލުވުމުގައި ވަޒީރު ޝިޔާމް. / ފޮޓޯ: ވުޒާރާ
ޚުލާސާ

ރާއްޖޭގައި ކުރާ މަސްވެރިކަމަކީ ދުނިޔޭގެ އެންމެ ތިމާވެއްޓާ ރައްޓެހި އަދި ދެމެހެއްޓެނިވި މަސްވެރިކަން ކަން ފާހަކުރައްވާ ވަޒީރު ވިދާޅުވީ މި ދާއިރާ ކުރިއެރުމަށް މަސައްކަތްތައް ކުރެވެމުންދާ ކަމަށް.

ރާއްޖޭގައި މެރިކަލްޗަރ ސިނާއަތެއް ތަރައްޤީކުރުމަށް ސަރުކާރުން އިސްކަންދެއްވާ ކަމަށާއި މި ދާއިރާގައި އިންވެސްޓުކުރުމަށް ޝައުގުވެރިވާ ޗައިނާގެ ކުންފުނިތަކަށް އެ ފުރުޞަތު އޮތީ ހުޅުވާލެވިފައިކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވަޒީރު އަޙުމަދު ޝިޔާމު ވިދާޅުވެއްޖެއެވެ. 

ވަޒީރު މިހެން ވިދާޅުވީ ޗައިނާ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޖެންސީ (ސީ.އައި.ޑީ.ސީ.އޭ) ޗެއާމަން ލުއާ ޖައުހުއީ އާއި އެކު ބޭއްވި ބައްދަލުވުމުގައެވެ.

ވަޒީރު ވަނީ ރާއްޖެ އާއި ޗައިނާ އާއި ދެމުނު ގުޅުން ޤާއިމްކުރިފަހުން 50 އަހަރު ފުރިފައިވާކަން ފާހަގަކުރައްވާފައެވެ. އަދި މި ގުޅުމަކީ އިސްތިޤްލާލީ ހަމަހަމަކަމާއި، އެއްބަޔަކު އަނެއްބަޔަކަށް އިޙްތިރާމްކުރުމުގެ ވަރުގަދަ ބިންގަލެއްގެ މައްޗަށް ބިނާވެފައިވާ ގުޅުމެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ. 

Advertisement

Advertisement 1

ވަޒީރު ވިދާޅުވީ ރާއްޖޭގެ ރައީސުލްޖުމްހުރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޗައިނާއަށް މިއަހަރުގެ ޖެނުއަރީމަހު ކުރެއްވި ކާމިޔާބު ދަތުރުފުޅާއި އެކު ދެޤައުމުގެ ގުޅުން އިތުރަށް ވަރުގަދަވެފައިވާ ކަމަށެވެ.

ރާއްޖޭގެ އުމްރާނީ އަދި އިޖްތިމާއީ ތަރައްޤީއަށް ފާއިތުވީ އަހަރުތަކުގައި ޗައިނާއިން ދީފައިވާ އެހީތަކަށް ވަޒީރު ވަނީ ޝުކުރު އަދާކުރައްވާފައެވެ. އަދި މިފަދަ އެންމެ ބޮޑު އެއް އެހީއަކީ ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖު ނުވަތަ ސިނަމާލެ ބުރިޖު މަޝްރޫޢުކަން ވަޒީރު ފާހަގަކުރެއްވިއެވެ. 

ސީ.އައި.ޑީ.ސީ.އޭގެ ޗެއާމަން ލުއާ ޖައުހުއީ އާއި އެކު މަސްވެރިކަމާ ބެހޭ ވުޒާރާއިން ބޭއްވި ބައްދަލުވުމުގެ ތެރެއިން. / ފޮޓޯ: ވުޒާރާ

މަސްވެރިކަމުގެ ދާއިރާއިން ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކާއި ގުޅޭ މަޢުލޫމާތު ޙިއްސާކުރައްވަމުން ވަޒީރު ވިދާޅުވީ އަދުގެ ސަރުކާރުގެ ތަަޞައްވަރަކީ މަސް ޕްރޮސެސް ކުރުމުގެ ޤާބިލުކަން އިތުރުކޮށް މަސްވެރިކަމުގެ އާމްދަނީ އިތުރުކުރުންކަމަށެވެ. އެގޮތުން މިވަގުތު ރާއްޖެއިން ގާތްގަނޑަކަށް 65،000 ޓަނުގެ ރޯ މަސް އެކްސްޕޯޓް ކުރާއިރު، އެ މަސްތައް ރާއްޖެއިން ބޭރުގައި ޕްރޮސެސްކޮށް ދުނިޔޭގެ މާކެޓްތަކަށް އެކްސްޕޯޓް ކުރާކަމަށް ވަޒީރު ވިދާޅުވިއެވެ. 

ރާއްޖޭގައި ކުރާ މަސްވެރިކަމަކީ ދުނިޔޭގެ އެންމެ ތިމާވެއްޓާ ރައްޓެހި އަދި ދެމެހެއްޓެނިވި މަސްވެރިކަން ކަން ފާހަކުރައްވާ ވަޒީރު ވިދާޅުވީ މި ދާއިރާ ކުރިއެރުމަށް މަސައްކަތްތައް ކުރެވެމުންދާ ކަމަށެވެ. 

މީގެ އިތުރުން މި އަހަރުގެ ޖެނުއަރީމަހު ރައީސް މުޢިއްޒު ޗައިނާއަށް ކުރެއްވި ދަތުރުފުޅުގައި ސޮއިކުރެއްވި އެމްއޯޔޫތަކުގައި ބަޔާންކޮށްފައިވާ އެއްބާރުލުމުގެ ސަބަބުން، ރާއްޖޭގެ މަސްވެރިކަމުގެ އާ އިންވެސްޓްމަންޓްތައް ގެނައުމުގައި ޗައިނާގެ ބައިވެރިންނާއެކު ޕާޓްނަރޝިޕް އުފެދި ބޮޑެތި ކުރިއެރުންތަކެއް ހޯދާފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ. އެގޮތުން ރާއްޖޭގައި މަސް ޕްރޮސެސިންގ ފެސިލިޓީތައް ތަރައްޤީކުރުމުގެ މަސައްކަތް ޗައިނާގެ ޑޮންގްފަންގް އިލެކްޓްރިކް ކޯޕަރޭޝަނާއި ގުޅިގެން ކުރަމުންދާ ކަމަށާއި މި މަޝްރޫޢު ނިމިގެންދާއިރު ރާއްޖޭގައި ދަޅު މަސް ބަންދުކުރެވޭ ޤާބިލްކަން ތިންގުނައަށް އިތުރުވެގެންދާކަމަށް ވަޒީރު ވިދާޅުވިއެވެ. 

މަސްވެރިކަމުގެ ދާއިރާ ސިންދަފާތުކޮށް ރާއްޖެއަށް މި ދާއިރާއިން އާމްދަނީ ލިބޭނެ އިތުރު މަގުތައްވެސް ސަރުކާރުން ދަނީ ފަހިކޮށްދެމުންކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ އެކުއަކަލްޗަރ ދާއިރާ ފުޅާކުރުމަށް މަސައްކަތްކުރެވެމުންދާކަމަށެވެ. މި ދާއިރާގައި ގިނަ ފުރުޞަތުތަކެއް ރާއްޖެއަށް އެބައޮތްކަމަށާއި އެކުއަކަލްޗަރ އަކީ ރާއްޖެއަށް އައު ސިނާއަތެއް ކަމުގައިވާއިރު، ވިޔަފާރި އުސޫލުން އެކުއަކަލްޗަރ ތަރައްޤީކުރުމަށް 4 ސަރަހައްދެއްް ކަނޑައެޅިފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. 

ރާއްޖޭގައި މި ދާއިރާ ފުޅާކުރުމަށް ޗައިނާގެ އިންވެސްޓަރުން މުހިންމުކަމަށާއި މިކަމަށް ޝައުގުވެރިވާ ވިޔަފާރިތަކަށް އެ ފުރުޞަތު ހުޅުވާލެވިފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ. އެގޮތުން މި ދާއިރާއިން ޓެކްނޮލޮޖީ ޓްރާންސްފާއާއި، ކެޕޭސިޓީ ބިލްޑިންގއާއި، ޓްރެއިނިންގގައިވެސް އެހީތެރިކަން ބޭނުންވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

މަސްވެރިކަންފިޝަރީޒް މިނިސްޓްރީމިނިސްޓަރު އަހްމަދު ޝިޔާމް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

މިފްކޯ އިން 25 އަށް ކިލޯއެއް ވިއްކީ ދައުލަތުން އިތުރަށް ފައިސާ ނަގައިގެން

މިފްކޯ އިން 25އަށް ކިލޯއެއް ވިއްކީ ދައުލަތުން އިތުރަށް ފައިސާ ނަގައިގެން

7 ދުވަސް ކުރިން - 16:41

މިފްކޯ ހަރުދަނާކުރެވިއްޖެ، މަސް ގަތުމަށް ދެމުން އައި ސަބްސިޑީ މިހާރު ވަނީ ހުއްޓާލާފައި: މިނިސްޓަރު ޝިޔާމް

މަސް ގަތުމަށް ދެމުން އައި ސަބްސިޑީ މިހާރު ވަނީ ހުއްޓާލާފައި: ޝިޔާމް

8 ދުވަސް ކުރިން - 11:05

މަސްވެރިކަން ދަށް، ހުސްވި މަހު 568 ޓަނުގެ ކަޅުބިލަމަސް!

މަސްވެރިކަން ދަށް، ހުސްވި މަހު 568 ޓަނުގެ ކަޅުބިލަމަސް!

16 ދުވަސް ކުރިން - 14:39

ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުމަށް ހުރަސްއެޅުމަކުން އެއްވެސް ފަރާތަކަށް ފައިދާއެއް ނުވާނެ: ރައީސް

"ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުމަށް ހުރަސްއެޅުމަކުން އެއްވެސް ފަރާތަކަށް ފައިދާއެއް ނުވާނެ"

32 ދުވަސް ކުރިން - 16:24

މަސްވެރިކަމާއި ދަނޑުވެރިކަމުގެ ދާއިރާއިން ރާއްޖެއިން ބޭރުން މަތީ ތައުލީމު ހާސިލުކުރުމުގެ ފުރުސަތު ހުޅުވާލައިފި

ރާއްޖެއިން ބޭރުން މަތީ ތައުލީމު ހާސިލުކުރުމުގެ ފުރުސަތު ފިޝަރީސް މިނިސްޓްރީން ހުޅުވާލައިފި

36 ދުވަސް ކުރިން - 12:32

ގދ. ތިނަދޫއިން ވެސް މިހާރު މަސްވެރިންނަށް ހެޔޮ އަގުގައި ތެޔޮ ލިބޭނެ އިންތިޒާމް ހަމަޖައްސައިފި

ގދ. ތިނަދޫއިން ވެސް މިހާރު މަސްވެރިންނަށް ހެޔޮ އަގުގައި ތެޔޮ ލިބޭނެ

48 ދުވަސް ކުރިން - 17:27