Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ކައުންސިލްތަކުގެ ޚިޔާނާތުގެ މައްސަލަތަކުގައި އެކަށީގެންވާ ފިޔަވަޅު ނޭޅި ދެވިފައިވަނީ ނުބައި މެސެޖެއް - އާރިފް

ކައުންސިލްތަކުގެ ޚިޔާނާތުގެ މައްސަލަތަކުގައި އެކަށީގެންވާ ފިޔަވަޅު ނޭޅި ދެވިފައިވަނީ ނުބައި މެސެޖެއް - އާރިފް

އުސްތާޛް މުޙައްމަދު ޢަލީ
540 ދުވަސް ކުރިން - 17 ޑިސެންބަރު 2024 12:22
ސިޓީސް، ލޯކަލް ގަވަމަންޓް އެންޑް ޕަބްލިކް ވޯކްސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުޙައްމަދު ޢާރިފް / ފޮޓޯ: ސަން
ސިޓީސް، ލޯކަލް ގަވަމަންޓް އެންޑް ޕަބްލިކް ވޯކްސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުޙައްމަދު ޢާރިފް / ފޮޓޯ: ސަން
ޚުލާސާ

ޚިޔާނާތުގެ ތުހުމަތުގައި ޕީޖީ އޮފީހަށް ފޮނުވާ މައްސަލަތަކުގައި ވެސް އެކަށީގެންވާ ފިޔަވަޅެއް ނޭޅި އެބަހުރި ކަމަށާއި ކައުންސިލްތަކުން ކުރާ ވައްކަންތައް ނުބެލުމުން އެއީ ދެވޭ ވަރަށް ނުބައި މެސެޖެއް ކަމަށް ވިދާޅުވި.

ކައުންސިލްތަކުގެ ޚިޔާނާތުގެ މައްސަލަތަކުގައި އެކަށީގެންވާ ފިޔަވަޅު ނޭޅި، ދެވިފައި ވަނީ ނުބައި މެސެޖެއް ކަމަށް ސިޓީސް، ލޯކަލް ގަވަމަންޓް އެންޑް ޕަބްލިކް ވޯކްސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުޙައްމަދު ޢާރިފް ރޭ ވިދާޅުވެއްޖެއެވެ.

ޕްރައިވެޓް ޗެނަލެއްގައި ވާހަކަދައްކަވަމުން އާރިފް ވިދާޅުވީ، ލާމަރުކަޒީ ގާނޫނުގައި ކައުންސިލްތަކުގެ ޚިޔާނާތުގެ މައްސަލަތަކަށް އުސޫލުތަކެއް ކަނޑައަޅައިފައިވާ ކަމަށެވެ. އެގޮތުން، ކޮންމެ އަހަރަކު ރަށްރަށުގެ ކައުންސިލްތައް ހިނގާ ގޮތް މޮނިޓާ ކުރުމަކީ އަތޮޅު ކައުންސިލްތަކުގެ ޒިންމާއެއް ކަމަށާއި ގާނޫނާ ޚިލާފަށް ދައުލަތުގެ ފައިސާ ބޭނުންކުރާކަން ފާހަގަކޮށް، ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ)އަށް އަންގަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެލާމަރުކަޒީ ގާނޫސ ފައިސާ ބޭނުންކުރާކަން ފާހަގަކޮށް، ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ)އަށް އަންގަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

އާރިފް ފާހަގަކުރެއްވި ގޮތުގައި، ޚިޔާނާތުގެ ތުހުމަތުގައި ޕީޖީ އޮފީހަށް ފޮނުވި މައްސަލައެއްގައި ވެސް އެކަށީގެންވާ ފިޔަވަޅެއް ނޭޅި ދިޔައެވެ. އޭނާ އިޝާރާތްކުރެއްވީ ރ. ދުވާފަރު ކައުންސިލްގެ ބައެއް މެންބަރުންނާއި މުވައްޒަފުންގެ އަމިއްލަ އެކައުންޓުތަކަށް ދެ މިލިއަނަށް ވުރެ ގިނަ ރުފިޔާ ވަދެފައިވާ މައްސަލައަށެވެ. މި މައްސަލައިގައި ޕީޖީ އޮފީހުން ނިންމީ ދައުވާ ނުކޮށް ނަސޭހަތުގެ އެއްބަސްވުން ހެދުމަށެވެ.

Advertisement

Advertisement 1

އާރިފް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މި ފަހުން ހދ. އަތޮޅު ކައުންސިލުން ބެންކޮކަށް ކުރި ދަތުރާއި އއ. މާޅޮހު ކައުންސިލުން ބައިމިލިއަނެއްހާ ރުފިޔާ ގެއްލިފައިވާ މައްސަލަތަކުގައި ވެސް ފިޔަވަޅު އަޅަން އަންގާފައިވެއެވެ. މި މައްސަލަތަކުގައި އެކަށީގެންވާ ފިޔަވަޅު އެޅުމަކީ މުހިންމު ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.        

ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީސްލޯކަލް ގަވަމަންޓް މިނިސްޓްރީ
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި "ބްރައިޓް މައިންޑްސް" ގެ ވެރިޔާ, އަފްލާހުގެ މައްޗަށް ދައުވާ އުފުލައިފި

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި އަފަލާހުގެ މައްޗަށް ދައުވާ އުފުލައިފި

11 ދުވަސް ކުރިން - 17:47

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ލިބުނު ޕޮޕިއުލާ މޯލްޑިވްސް އަށް ދައުވާކުރަން ފޮނުވައިފި

އެމްއެމްޕީއާރްސީ ހިޔާނާތުގެ މައްސަލަގައި ކުންފުންޏަކަށް ދައުވާކުރަނީ

31 ދުވަސް ކުރިން - 17:52

ސުޕްރީމް ކޯޓުގެ ނިންމުމާ އެއްގޮތަށް ރައްކާތެރިކުރެވިފައިވާ ހެކި ބެލޭނެ ލުއި އިންތިޒާމެއް ޕީޖީ އޮފީހުން ހަމަޖައްސައިފި

ރައްކާތެރިކުރެވިފައިވާ ހެކި ބެލޭނެ ލުއި އިންތިޒާމެއް ހަމަޖައްސައިފި

44 ދުވަސް ކުރިން - 23:06

ނަޝީދަށް ދިން ބޮމުގެ ހަމަލާގެ ތަހުގީގު އަވަސްކުރުމަށް ޕީޖީން ފުލުހުންނަށް އަންގައިފި

ނަޝީދަށް ދިން ހަމަލާގެ ތަހުގީގު އަވަސްކުރުމަށް އަންގައިފި

52 ދުވަސް ކުރިން - 17:32

މަސްތުވާތަކެއްޗާއި މަނީ ލޯންޑަރިންގެ ތުހުމަތުގައި ހައްޔަރުކުރި ހަތަރު މީހަކަށް ދައުވާކުރުމަށް ޕީޖީއަށް ފޮނުވައިފި

މަސްތުވާތަކެއްޗާއި މަނީލޯންޑަރިންގެ ތުހުމަތުގައި ހައްޔަރުކުރި ހަތަރުމީހަކަށް ދައުވާކުރަނީ

60 ދުވަސް ކުރިން - 22:07

ވީއައިއޭއިން ޑޮލަރު ފޭރުން: ފައިސާގެ ޖުމްލަ އަދަދު 1.9 މިލިއަންް ރުފިޔާއަށްވުރެ ގިނަ

ވީއައިއޭއިން ފޭރުނު ފައިސާގެ އަދަދު 1.9މިލިއަނަށް އަރާ

91 ދުވަސް ކުރިން - 22:15