Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ދަރުބާރުގެއަށް ބަދަލުކުރެވުނު މިނިސްޓްރީތަކުގެ މަސައްކަތް ރައީސް ބައްލަވާލައްވައިފި

ދަރުބާރުގެއަށް ބަދަލުކުރެވުނު މިނިސްޓްރީތަކުގެ މަސައްކަތް ރައީސް ބައްލަވާލައްވައިފި

އައިޝަތު ރުވާ ރިފްޢަތު
649 ދުވަސް ކުރިން - 16 ޑިސެންބަރު 2024 12:53
ރައީސް، ދަރުބާރުގެއަށް ބަދަލުކުރެވުނު މިނިސްޓްރީތަކުގެ މަސައްކަތް ބައްލަވާލުން/ ފޮޓޯ: ރައީސް އޮފީސް
ރައީސް، ދަރުބާރުގެއަށް ބަދަލުކުރެވުނު މިނިސްޓްރީތަކުގެ މަސައްކަތް ބައްލަވާލުން/ ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

މި ހާލަތުގައިވެސް މުވައްޒަފުންގެ ފަރާތުން ފެނިގެންދިޔަ އިޖާބީ ވިސްނުމާއި ކެތްތެރިކަން އަދި މަސައްކަތްތައް އަލުން ފެށުމަށް ދެއްވި އެއްބާރުލުން ރައީސް ފާހަގަކުރެއްވި.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ހެނދުނު ދަރުބާރުގެއަށް ވަޑައިގެން، އަލިފާނުގެ ހާދިސާއާ ގުޅިގެން ވަގުތީގޮތުން އެތަނަށް ބަދަލުކުރެވުނު ތިން މިނިސްޓްރީގެ މަސައްކަތްތައް ބައްލަވާލައްވައި، އެ މިނިސްޓްރީތަކުގެ މުވައްޒަފުންނާ ބައްދަލުކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރެއްވި މިނިސްޓްރީތަކަކީ މިނިސްޓްރީ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓް، މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ، އަދި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރއެވެ.

މުވައްޒަފުންނާއި މުޚާތަބުކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އަލިފާނުގެ ހާދިސާއިން ލިބުނީ އަގު ނުކުރެވޭވަރުގެ ބޮޑު ގެއްލުމެއް ކަމަށާއި، މުވައްޒަފުންގެ އަމިއްލަ ތަކެތި ގެއްލިގެން ދިއުމުން ކުރިމަތިވާނެ ދަތިތައް ތަސައްވަރުކުރަން އުނދަގޫވާނެ ކަމަށެވެ. އެހެންނަމަވެސް، މި ހާލަތުގައިވެސް މުވައްޒަފުންގެ ފަރާތުން ފެނިގެންދިޔަ އިޖާބީ ވިސްނުމާއި ކެތްތެރިކަން އަދި މަސައްކަތްތައް އަލުން ފެށުމަށް ދެއްވި އެއްބާރުލުން ރައީސް ފާހަގަކުރެއްވިއެވެ.

Advertisement

Advertisement 1

ރައީސުލްޖުމްހޫރިއްޔާ އިތުރަށް ވިދާޅުވީ، ވީހާވެސް އާންމު ހާލަތަކަށް އޮފީސް މާހައުލު ގެނައުމަށްޓަކައި ސަރުކާރުގެ މުއައްސަސާތަކާއި ގުޅިގެން މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. މީގެ ތެރޭގައި ފާޚާނާ އިތުރުކުރުމާއި، ކެފެޓީރިއާގެ ޚިދުމަތް ދިނުމާއި، އިލެކްޓްރޯނިކްސް އަދި ކޮމްޕިއުޓަރ ސިސްޓަމްފަދަ ތަކެތި ހޯދުމުގެ މަސައްކަތް ހިމެނެއެވެ.

އަލިފާނުގެ ހާދިސާގައި އަނދައިގެންދިޔަ ތިން މިނިސްޓްރީ ހިންގުމަށް ދާއިމީ ހައްލެއް ލިބެންދެން ތަނެއް ކުއްޔަށް ނުހިފުމަށް ނިންމާފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި ދާއިމީ ހައްލެއް ލިބެންދެން ސަރުކާރުގެ ތަނެއްގައި މިނިސްޓްރީތަކުން ޚިދުމަތް ދިނުމަށް ވިސްނާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

މީގެއިތުރުން، ރައީސުލްޖުމްހޫރިއްޔާ ވަނީ އަލިފާނުގެ ހާދިސާއާ ގުޅިގެން އެކުލަވާލެވުނު ޓާސްކް ފޯސްއާއި ބައެއް ކުންފުނިތަކުގެ ވެރިންނާ ބައްދަލުކުރައްވައި، މަސައްކަތްތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ސާފުކުރައްވާފައެވެ. އަދި ސަރުކާރުގެ ކުންފުނިތަކުންނާއި އެކި މުއައްސަސާތަކުން މި ހާދިސާއާއި ގުޅިގެން ދެމުންދާ އެހީތެރިކަން ޝުކުރުވެރިކަމާއެކު ފާހަގަ ކުރައްވާފައި ވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ޒިޔާރަތުގައި، ދަރުބާރުގެއަށް ވަޑައިގެންނެވުމަށްފަހު ސިޓީ ކައުންސިލްގެ ހުއްޓިފައިވާ ޚިދުމަތްތައް ދިނުމަށް ވަމުންދާ ތައްޔާރީތައް ބެއްލެވުމަށް ގަލޮޅު ސްކޫލަށްވެސް ޒިޔާރަތްކުރެއްވިއެވެ. އެތަނުގައި އެމަނިކުފާނު މުވައްޒަފުންނާއި ބައްދަލުކުރައްވައި، އެބޭފުޅުންގެ ބޭނުންތަކާއި މަސައްކަތްތައް ކުރިއަށްދާގޮތް ބައްލަވާލެއްވިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުރައީސް އޮފީސް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ރަސްމާލެއިން ޕްރޮޕަޓީ ވިއްކޭނީ ވެސް އަދި ވިސާ ދޭނެ ފަރާތްތައް ނިންމާނީ ވެސް ސަރުކާރުން: މިނިސްޓަރު މުއްތަލިބު

"ޕްރޮޕަޓީ ވިއްކޭނީވެސް އަދި ވިސާ ދޭނެ ފަރާތްތައް ނިންމާނީ ދިވެހި ސަރުކާރުން"

10 ގަޑިއިރު ކުރިން - 19:56

40 މިލިއަނުގެ ފަޅުތަކަށްވުރެ 500 މިލިއަން ޑޮލަރުގެ ރަސްމާލެ މާ ބޮޑުތަންވެސް ކުރީގައި!

40 މިލިއަނުގެ ފަޅުތަކަށްވުރެ 500 މިލިއަން ޑޮލަރުގެ ރަސްމާލެ މާ ކުރީގައި!

22 ގަޑިއިރު ކުރިން - 07:30

20 އަހަރުގެ ގައުމީ ތަރައްގީގެ މާސްޓާޕްލޭން ގާނޫނީގޮތުން ހިމާޔަތްކުރުމަށް ހާއްސަ ގާނޫނެއް އެކުލަވާލަނީ

20 އަހަރުގެ މާސްޓާޕްލޭން ގާނޫނީގޮތުން ހިމާޔަތްކުރުމުގެ މަސައްކަތް ފަށައިފި

1 ދުވަސް ކުރިން - 00:45

ރަސްމާލެއިން ބޭރުގެ އިންވެސްޓަރުންނަށް ބިން މިލްކެއް ނުކުރެވޭނެ، ހުރިހާ ކަމެއްވެސް ދާނީ ގާނޫނުގެ ތެރެއިން: ރައީސް

ރަސްމާލެއިން ބޭރުގެ ފަރާތްތަކަށް ބިން މިލްކެއް ނުކުރެވޭނެ: ރައީސް

1 ދުވަސް ކުރިން - 23:04

ދިވެހިރާއްޖެއާއި ޗައިނާގެ ގުޅުމުގެ ތެރެއިން އުޖާލާ މުސްތަގްބަލަކަށް މަގު ތަނަވަސްވަނީ: ރައީސް

ދިވެހިރާއްޖެއާއި ޗައިނާގެ ގުޅުމުގެ ތެރެއިން އުޖާލާ މުސްތަގްބަލަކަށް މަގު ތަނަވަސްވަނީ: ރައީސް

1 ދުވަސް ކުރިން - 15:25

މެލޭޝިޔާގެ ބޮޑުވަޒީރުގެ ބޭބޭފުޅު އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތައުޒިޔާ ވިދާޅުވެއްޖެ

މެލޭޝިޔާގެ ބޮޑުވަޒީރުގެ ބޭބޭފުޅު އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތައުޒިޔާ ވިދާޅުވެއްޖެ

1 ދުވަސް ކުރިން - 14:46