އަންނަ އަހަރު ވެގެން ދާނީ ނަތީޖާ ނެރެ ދިނުމުގެ އަމަލީ މަސައްކަތް ފެންނާނެ އަހަރަށްކަށް: ރައީސް

އައިޝަތު ރުވާ ރިފްޢަތު | 225 ދުވަސް ކުރިން - 15 ޑިސެންބަރު 2024 15:42
ރައީސް އދ. އޮމަދޫ ރައްޔިތުންނާއި ބައްދަލުކުރެއްވުން/ ފޮޓޯ: ރައީސް އޮފީސް
ރައީސް އދ. އޮމަދޫ ރައްޔިތުންނާއި ބައްދަލުކުރެއްވުން/ ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

އޮމަދޫގެ ތަރައްޤީއަށްޓަކައި ރައްޔިތުން އެދޭ ގޮތަށް، ރައްޔިތުންގެ އަޑު އަހައިގެން، ރައްޔިތުން ބޭނުންވެލައްވާ ގޮތަށް ކަންކަން ކޮށްދެއްވާނެ ކަމުގެ ޔަޤީންކަން ދެއްވާ ކަމަށް ރައީސް ވިދާޅުވި.

މި އަންނަ އަހަރު ވެގެން ދާނީ ނަތީޖާ ނެރެދިނުމުގެ އަމަލީ މަސައްކަތް ފެންނަ އަހަރަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. މިފަދައިން ރައީސް ވިދާޅުވީ އދ. އޮމަދޫ ރައްޔިތުންނާއި ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ، އޮމަދޫގެ ތަރައްޤީއަށްޓަކައި ރައްޔިތުން އެދޭ ގޮތަށް، ރައްޔިތުންގެ އަޑު އަހައިގެން، ރައްޔިތުން ބޭނުންވެލައްވާ ގޮތަށް ކަންކަން ކޮށްދެއްވާނެ ކަމުގެ ޔަޤީންކަން ދެއްވާ ކަމަށެވެ. މިގޮތުން، އެ ރަށުގެ ބަނދަރުގެ މައްސަލައަށް ރަނގަޅު ހައްލެއް ގެނެސްދެއްވާނެ ކަމަށާއި، އަންނަ އަހަރު އެ މަސައްކަތް ހިނގާނެ ކަމަށާއި ގިރާ ސަރަހައްދަށް ވެސް ބަނދަރުގެ މަޝްރޫޢާއެކު ހައްލު ގެނެސްދެއްވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން، އަންނަ އަހަރުގެ ބަޖެޓުގައި އިތުރު މަޝްރޫޢުތަކެއް ހިންގަން ނިންމާފައިވާ ކަމަށާއި، ސިއްހީ އަދި ތަޢުލީމީ ދާއިރާގެ ތަރައްޤީއަށް ވަރަށް ބޮޑު އިސްކަމެއް ދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. މިގޮތުން، ސްކޫލަށް ބޭނުންވާ މަލްޓިޕާޕަސް ހޯލާއި ކްލާސްރޫމްތައް އަންނަ އަހަރު ސަރުކާރުން އެރަށުގައި ހަދައިދެއްވާނެ ކަމަށާއި، ސިއްހީ މަރުކަޒަށް ބޭނުންވާ ޖާގައާއި ވަސީލަތްތައް ވެސް އަންނަ އަހަރު ހަމަކޮށްދެއްވާނެ ކަމުގެ ޔަޤީންކަން ރައީސް ދެއްވިއެވެ.

މީގެ އިތުރުން، ކުޅިވަރުގެ ދާއިރާއިން ވެސް ކަންކަން ކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. މިގޮތުން، އަންހެން ބޭފުޅުންނަށް ހޭންޑްބޯލް ކޯޓެއް އަންނަ އަހަރު ހަދައިދެއްވާނެ ކަމަށާއި، ފުޓްބޯޅަ ދަނޑުގެ މަސައްކަތްވެސް ކުރިއަށް ދާނެ ކަމަށް ވިދާޅުވިއެވެ. އަދި ކުނި މެނޭޖްކުރުމުގެ މައްސަލައަށް ވެސް ދެމެހެއްޓެނިވި ގޮތެއްގައި ވަށާޖެހޭ ހައްލެއް ގެނެސްދޭން ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

"މި އަންނަ އަހަރު ވެގެން ދާނީ ނަތީޖާ ނެރެދިނުމުގެ އަމަލީ މަސައްކަތް ފެންނަ އަހަރަށް،" ރައީސް މުއިއްޒު ވިދާޅުވިއެވެ. 

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%