ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަރިއަތޮޅު ދެކުނުބުރީގެ ބައެއް ރަށްތަކަށް ކުރައްވާ ދެދުވަހުގެ ދަތުރުފުޅުގައި މިއަދުގެ ފުރަތަމަ މަންޒިލަކަށް އދ.މަހިބަދޫއަށް ވަޑައިގަންނަވާއިރަށް އެރަށުން ރަތްދޫލައިގެ މަރުޙަބާއަކަށް ތައްޔާރުވެއްޖެއެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި ރައީސް ޑރ. މުޢިއްޒަށް މަރުޙަބާ ދެންނެވުމުގެ ގޮތުން ގިނަ ޢަދަދެއްގެ ރައްޔިތުން ބަނދަރު ސަރަޙައްދަށް ޖަމާވަމުން އެބަދެއެވެ.
މި ދަތުރުފުޅުގައި މަހިބަދޫ ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާއި، އަތޮޅު ކައުންސިލާއި އަދި ހުރާގެ ޢާންމު ރައްޔިތުންނާއި ބައްދަލުކުރައްވައި، އެފަރާތްތަކުގެ ކަންބޮޑުވުންތައް އަޑުއެއްސެވުމަށް ވަނީ ހަމަޖެހިފައެވެ. އަދި ހުރާއާ މެދު ރައީސް ގެންގުޅުއްވާ ތަސައްވުރުވެސް ޙިއްޞާކުރެއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
ރައްޔިތުންނާއި ގާތުން ރައްޔިތުންގެ ހާލު ބެއްލެވުމަށް ވެވަޑައިގަންނަވާ ވަޢުދުފުޅުގެ ދަށުން ރައީސް ގެންދަވަނީ ރާއްޖޭގެ އެކި ރަށްރަށަށް ޒިޔާރަތްކުރައްވަމުންކަން ފާހަގަކުރެވެއެވެ.









