ސަރުކާރާއި ހަވާލުވިއިރު ޤައުމު އޮތީ ބަނގުރޫޓުވާން ވަރަށް ކައިރިވެފައި ކަމަށް އދ. ދަނގެތީގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ނަމަވެސް، ސަރުކާރުން ކުރި މަސައްކަތުން ޤައުމު މިހާރު ވަނީ ސަލާމަތްކުރެވިފައި ކަމަށް ވެސް ރައީސް ފާހަގަކުރެއްވިއެވެ.
ރައީސް މުޢިއްޒު ވިދާޅުވީ، މިދިޔަ އަހަރުގެ ބަޖެޓަކީ ކުރީ ސަރުކާރުގެ ފިނޭންސް މިނިސްޓަރު އޭރުގެ މަޖިލީހަށް ހުށަހަޅައިގެން ފާސްކުރި ބަޖެޓެއް ކަމަށާއި، އެ ބަޖެޓުގައި މި ސަރުކާރުގެ ވަޢުދުތައް ފުއްދުމަށް މަގުފަހިވާގޮތަށް ނެތް ކަމަށެވެ.
އެހެންނަމަވެސް، މިއަންނަ އަހަރަށް ފާސްކޮށްދީފައިވާ ބަޖެޓުގައި ސަރުކާރުގެ ވަޢުދުތައް ފުއްދޭނެ ގޮތަށް ހިމަނާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.