ދަނގެތީގައި ޤާއިމްކުރި ނަރުދަމާ ނިޒާމުގެ ޚިދުމަތް ރައީސް އިފްތިތާޙް ކޮށްދެއްވައިފި

އައިޝަތު ރުވާ ރިފްޢަތު | 311 ދުވަސް ކުރިން - 14 ޑިސެންބަރު 2024 23:58
ދަނގެތީގެ ނަރުދަމާގެ ނިޒާމު ނިންމާ ޚިދުމަތް ރައީސް ފައްޓަވާދެއްވުން/ ފޮޓޯ: ރައީސް އޮފީސް
ދަނގެތީގެ ނަރުދަމާގެ ނިޒާމު ނިންމާ ޚިދުމަތް ރައީސް ފައްޓަވާދެއްވުން/ ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

މި ނަރުދަމާ ނިޒާމަކީ އެގްޒިމް ބޭންކް އޮފް އިންޑިއާގެ ލައިން އޮފް ކްރެޑިޓްގެ ދަށުން 34 ރަށެއްގައި ފެނާއި ނަރުދަމާގެ ނިޒާމް ޤާއިމުކުރުމުގެ މަޝްރޫޢުގެ ބައެއް.

އަރިއަތޮޅު ދެކުނުބުރީ ދަނގެތީގައި ޤާއިމްކުރި ނަރުދަމާގެ ނިޒާމުގެ މަސައްކަތް ނިންމައި އެ ޚިދުމަތް ރަސްމީކޮށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފައްޓަވައިދެއްވައިފިއެވެ.

މި ނަރުދަމާ ނިޒާމަކީ އެގްޒިމް ބޭންކް އޮފް އިންޑިއާގެ ލައިން އޮފް ކްރެޑިޓްގެ ދަށުން 34 ރަށެއްގައި ފެނާއި ނަރުދަމާގެ ނިޒާމް ޤާއިމުކުރުމުގެ މަޝްރޫޢުގެ ބައެކެވެ.

ދަނގެއްޗަކީ 1140 މީހުންގެ އާބާދީއެއް އޮތް، ލޯކަލް ޓޫރިޒަމް ކުރިއަރާފައިވާ ރަށެކެވެ. މިހާތަނަށް ރަށުގެ ރައްޔިތުންނަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ރައްކާތެރި ނަރުދަމާ ނިޒާމެއް ނެތުމެވެ. ނަމަވެސް މި އައު ނިޒާމާއެކު ރަށުގެ ރައްޔިތުންނަށް ވަނީ ބޮޑު ލުޔެއް ލިބިފައެވެ.

ދަނގެތީ ކައުންސިލުން ފާހަގަކުރައްވާ ގޮތުގައި މި ނިޒާމަކީ ރަށުގެ އިޤްތިޞާދީ ހަރަކާތްތައް ހިންގުމަށް ލިބުނު ބޮޑު ކުރިއެރުމެކެވެ. މިހާރުވެސް ދަނގެތީގައި 18 ގެސްޓްހައުސް ހިންގަމުންދާއިރު ޖުމްލަ 280 ޓޫރިސްޓު އެނދު ހުރެއެވެ..

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%