Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ދަނގެތީގެ ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތް އަންނަ އަހަރު ފެށޭނެ: ރައީސް

ދަނގެތީގެ ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތް އަންނަ އަހަރު ފެށޭނެ: ރައީސް

އައިޝަތު ރުވާ ރިފްޢަތު
544 ދުވަސް ކުރިން - 14 ޑިސެންބަރު 2024 23:34
ރައީސް ދަނގެތީ ރައްޔިތުންނާ ބައްދަލުކުރެއްވުން/ ފޮޓޯ: ޚުލާސާ
ރައީސް ދަނގެތީ ރައްޔިތުންނާ ބައްދަލުކުރެއްވުން/ ފޮޓޯ: ޚުލާސާ
ޚުލާސާ

ބަނދަރުގެ ދަތިކަމަކީ ޒަމާންވީ ބޮޑު މައްސަލައެއް ކަމަށާއި، ދަނގެތީގެ އިޤްތިޞާދު ކުރިއެރުމަށާއި، ރަށުގެ އިޖުތިމާޢީ އަދި ލަފާފުރުމުގެ މައްސަލައަށް ހައްލެއް ގެނެސްދެއްވާނެ ކަމަށް ރައިސް ވިދާޅުވި.

އަރިއަތޮޅު ދެކުނުބުރީ ދަނގެތީގެ ބަނދަރުގެ ދަތިކަމަކީ ރައްޔިތުންނަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލަ ކަމަށާއި، ރައްޔިތުން އެދޭގޮތަށް ބަނދަރު ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް މި ފެށޭ އަހަރު ފަށްޓަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ މިރޭ ދަނގެތީ ރައްޔިތުންނާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް ވިދާޅުވީ، ދަނގެތި ކައުންސިލާއެކު ބޭއްވެވި ބައްދަލުވުމުގައި ރަށަށް އެންމެ މުހިންމު ކަމެއްގެ ގޮތުގައި ފާހަގަކުރެވިފައިވަނީ ބަނދަރުގެ މައްސަލަ ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ބަނދަރުގެ ދަތިކަމަކީ ޒަމާންވީ ބޮޑު މައްސަލައެއް ކަމަށާއި، ދަނގެތީގެ އިޤްތިޞާދު ކުރިއެރުމަށާއި، ރަށުގެ އިޖުތިމާޢީ އަދި ލަފާފުރުމުގެ މައްސަލައަށް ހައްލެއް ގެނެސްދެއްވާނެ ކަމަށެވެ.

"ފެށޭ އަހަރު ދަނގެތީގެ ލޮބުވެތި ރައްޔިތުން އެދޭގޮތަށް އެހުރިހާ މައްސަލައެއް ހައްލުވާ ގޮތަށް ބަނދަރު ހަދައިދޭނަން،" ރައީސް ވިދާޅުވިއެވެ. އަދި އަންނަ އަހަރު ބަނދަރުގެ ޢަމަލީ މަސައްކަތް ފަށްޓަވައި، 2026 ވަނަ އަހަރު މަޝްރޫޢު ނިންމަވާނެކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

Advertisement

Advertisement 1

ދަނގެއްޗަކީ ލޯކަލް ޓޫރިޒަމް ފުޅާވަމުން އަންނަ ރަށެއްކަން ފާހަގަކުރައްވައި، މިވަގުތު 18 ގެސްޓް ހައުސް ހިންގަމުންދާކަމަށް ރައީސް ވިދާޅުވިއެވެ. އަދި ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި ޓޫރިޒަމްގެ އެނދުގެ އަދަދު އެރަށުގައި 600 އަށް އަރާނެކަމަށް ލަފާކުރެވޭ ކަމަށްވެސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ، ބަނދަރު ތަރައްޤީކުރާނީ ރަށްގިރުމުގެ މައްސަލައަށް ވެސް ޙައްލު ގެނެވޭނެ ގޮތަށް ކަމަށެވެ. މީގެ އިތުރުން، އަންނަ އަހަރުގެ ފަހުކޮޅު ނުވަތަ 2026 ވަނަ އަހަރު ދަނގެތީގެ ބިން ހިއްކައި ބޯހިޔާވަހިކަމުގެ މަޝްރޫޢު ހިންގަވާނެކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައްޔިތުންގެ އެދުމުގެ މަތިން ޘަޤާފީ ސެންޓަރެއް ޤާއިމްކުރުމާއި، ރައްކާތެރިގޮތުގައި ކުނި ނައްތާލެވޭނެ ނިޒާމެއް ޤާއިމްކޮށްދެއްވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.   

ރައީސް ޑރ. މުހައްމަދު މުއިއްޒުއދ. ދަނގެތި
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ޢާޞިފްގެ އާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ތަޢުޒިޔާ ފޮނުއްވައިފި

ޢާޞިފްގެ އާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ތަޢުޒިޔާ ފޮނުއްވައިފި

12 ގަޑިއިރު ކުރިން - 13:11

އިންޑިއާގެ ބޮޑުވަޒީރުކަމުގައި އެންމެ ގިނަ ދުވަސްވީ ބޭފުޅާގެ ޝަރަފު މޯދީ ހޯއްދެވުމުން ރައީސް މަރުހަބާ ވިދާޅުވެއްޖެ

މޯދީގެ ރެކޯޑާއެކު ރައީސް މަރުހަބާ ވިދާޅުވެއްޖެ

1 ދުވަސް ކުރިން - 12:43

ސިއްހީ ހާލަތު ހުރިގޮތުން އެއްފަރާތަށް ޖެހިލިޔަސް، ހުންނެވީ ރައީސް މުއިއްޒާއެކު ގަދަކޮށް: ޒަމީރު

ސިއްހީ ހާލަތު ހުރިގޮތުން އެއްފަރާތަށް ޖެހިލިޔަސް، ހުންނެވީ ރައީސްއާއެކު ގަދަކޮށް: ޒަމީރު

2 ދުވަސް ކުރިން - 22:06

ފިލިޕީންސަށް ކުރިމަތިވި ބާރުގަދަ ބިންހެލުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތައުޒިޔާ ފޮނުއްވައިފި

ފިލިޕީންސަށް ކުރިމަތިވި ބާރުގަދަ ބިންހެލުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތައުޒިޔާ ފޮނުއްވައިފި

2 ދުވަސް ކުރިން - 13:56

މިފްކޯގެ ހުރިހާ ސެންޓަރަކުން މިއަދު މަސް ގަންނަނީ 20 ރުފިޔާއަށް

މިފްކޯގެ ހުރިހާ ސެންޓަރަކުން މިއަދު މަސް ގަންނަނީ 20 ރުފިޔާއަށް

2 ދުވަސް ކުރިން - 09:03

ނޭޝަނަލް ސަރވިސް ޓްރޭނިންގ ގެ 3 ވަނަ ބެޗުގެ ތަމްރީނަށް 352 ޒުވާނުން ފުރައިފި

ނޭޝަނަލް ސަރވިސް ޓްރޭނިންގ ތަމްރީނަށް 352 ޒުވާނުން ފުރައިފި

3 ދުވަސް ކުރިން - 17:31