Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ރައްޔިތުންނަށް ދޭންޖެހޭ ޚިދުމަތްތައް މެދުނުކެނޑި ދިނުމަކީ ސަރުކާރުގެ އެންމެ ބޮޑު އަމާޒު: ވަޒީރު އާދަމް ޝަރީފް

ރައްޔިތުންނަށް ދޭންޖެހޭ ޚިދުމަތްތައް މެދުނުކެނޑި ދިނުމަކީ ސަރުކާރުގެ އެންމެ ބޮޑު އަމާޒު: ވަޒީރު އާދަމް ޝަރީފް

އާނާ ފަހީމް
631 ދުވަސް ކުރިން - 14 ޑިސެންބަރު 2024 22:18
ރައްޔިތުންނަށް ދޭންޖެހޭ ޚިދުމަތްތައް މެދުނުކެނޑި ދިނުމަކީ ސަރުކާރުގެ އެންމެ ބޮޑު އަމާޒު: ވަޒީރު އާދަމް ޝަރީފް
ޚުލާސާ

ރައްޔިތުންނަށް ދޭންޖެހޭ ޚިދުމަތް މެދުނުކެނޑި ވީހާވެސް އަވަހަށް ދެވޭނެ ގޮތް ވުމަކީ، ސަރުކާރުގެ އެންމެ ބޮޑު އަމާޒު ކަމަށް ވަޒީރު އާދަމް ޝަރީފު ޢުމަރު ވިދާޅުވި.

ރައްޔިތުންނަށް ދޭންޖެހޭ ޚިދުމަތްތައް މެދުނުކެނޑި ދިނުމަކީ ސަރުކާރުގެ އެންމެ ބޮޑު އަމާޒުކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާއި ބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ.

ވަޒީރު މިފަދައިން ވިދާޅުވީ، ބުރާސްފަތި ދުވަހު ހިނގި އަލިފާނުގެ ހާދިސާގައި މާލޭ ސިޓީ ކައުންސިލްގެ ދެ ސެކްޝަނެއް އަނދައިގެން ދިއުމާ ގުޅިގެން، މިއަދު ގަލޮޅު މަދަރުސާގައި ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ބައްދަލުވުމުގައި ވަޒީރު ވަނީ އަލިފާނުގެ ހާދިސާގައި ގެއްލުން ލިބުނު ވައިޓަލް ރެޖިސްޓްރޭޝަނާއި، ލޭންޑް އެންޑް ބިލްޑިންގ ޑިޕާރޓްމަންޓުގެ މަސައްކަތް އަލުން ފެށުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.

"މިހާދިސާ ހިނގި ހިސާބުން ފެށިގެން ވެސް ތިޔަ ބޭފުޅުން ވަރަށް ޒިންމާދާރު ގޮތެއްގައި ވަރަށް ރަނގަޅަށް ފަރުވާތެރި ކަމާއެކު މަސައްކަތްތައް ކުރިއަށް ގެންދާކަން އަޅުގަނޑު ފާހަގަކުރަން. އަދި ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ނަންފުޅުގައި ތިޔަ ބޭފުޅުންނަށް ޝުކުރު ދަންނަވަން" ވަޒީރު އާދަމް ޝަރީފު ވިދާޅުވިއެވެ.

Advertisement

Advertisement 1

ވަޒީރު ވަނީ އަލިފާނުގެ ހާދިސާގައި ގެއްލުން ލިބުނު 3 ވުޒާރާއާއި، މާލޭ ސިޓީ ކައުންސިލްގެ ޢިމާރާތަކީ މުހިންމު ޚިދުމަތްތަކެއް ދެމުން އަންނަ ތަންތަންކަން ފާހަގަކުރައްވާފައެވެ. އެހެންކަމުން އެތަންތަނަށް ބޭނުންވާ ކަންކަން ފުރިހަމަކޮށްދިނުމަށް ރައީސް ޚާއްސަ ސަމާލުކަމެއް ދެއްވާކަމަށް ވަޒީރު ވިދާޅުވިއެވެ.

ބައްދަލުވުމަށްފަހު، ވަޒީރު ވަނީ އަލިފާނުގެ ހާދިސާގައި ގެއްލުންވި ޢިމާރާތްތައް ސާފުކުރުމުގެ މަސައްކަތް ސިޓީސް މިނިސްޓްރީގެ ޕަބްލިކްވޯރކްސް ޑިޕާރޓްމަންޓުން ކުރިއަށް ގެންދާ ގޮތް ބައްލަވައިލައްވާފައެވެ.

މިނިސްޓަރ އާދަމް ޝަރީފްސިޓީސް މިނިސްޓްރީ (އުވާލެވިފައި)
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ޔޫއޭއީ އާއި ގަތަރަށް ކަނޑައަޅާ ސަފީރުންގެ ގޮތުގައި ތޯރިގާއި އާދަމް ޝަރީފް އައްޔަންކުރަނީ

ސަފީރުންގެ ގޮތުގައި ތޯރިގާއި އާދަމް ޝަރީފް އައްޔަންކުރަނީ

116 ދުވަސް ކުރިން - 12:11

ކުރިއަށް ދާނީ ރައީސް މުއިއްޒުއާ އެކު، ޕީއެންސީގެ ހަރަކާތްތަކުން ފެންނާނެ: އާދަމް ޝަރީފް

ކުރިއަށް ދާނީ ރައީސް މުއިއްޒުއާއެކު: އާދަމް ޝަރީފު

142 ދުވަސް ކުރިން - 18:27

އައްޑޫ ސިޓީގެ މޭޔަރު، މިނިސްޓަރ އާދަމް ޝަރީފް އުމަރާ ބައްދަލުކުރައްވައިފި

އައްޑޫސިޓީގެ މޭޔަރު، މިނިސްޓަރ އާދަމް ޝަރީފާއި ބައްދަލުކުރައްވައިފި

151 ދުވަސް ކުރިން - 21:22

ސަރުކާރަށް ބޭނުންވާ ފުރިހަމަ އެއްބާރުލުން ދޭނަން: ތިނަދޫ ސިޓީ މޭޔަރު

"ސަރުކާރަށް ބޭނުންވާ ފުރިހަމަ އެއްބާރުލުން ދޭނަން"

151 ދުވަސް ކުރިން - 21:19

ތަފާތުކުރުމެެއްނެތި ހުރިހާ ކައުންސިލްތަކާއެކު މަސައްކަތް ކުރާނަން: މިނިސްޓަރު އާދަމް ޝަރީފް

"ތަފާތުކުރުމެެއްނެތި ހުރިހާ ކައުންސިލްތަކާއެކު މަސައްކަތް ކުރާނަން"

155 ދުވަސް ކުރިން - 14:04

އަލަށް އިމާރާތްކުރެވޭ ކައުންސިލުތަކުގައި ޖާގަ ތަނަވަސްވާނެ: މިނިސްޓަރ އާދަމް ޝަރީފް

"އަލަށް އިމާރާތްކުރެވޭ ކައުންސިލުތަކުގައި ޖާގަ ތަނަވަސްވާނެ"

186 ދުވަސް ކުރިން - 16:19