Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

މަންދޫ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާ ރައީސް ބައްދަލުކުރައްވައިފި

މަންދޫ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާ ރައީސް ބައްދަލުކުރައްވައިފި

އައިޝަތު ރުވާ ރިފްޢަތު
634 ދުވަސް ކުރިން - 14 ޑިސެންބަރު 2024 21:33
ރައީސުލްޖުމްހޫރިއްޔާ މަންދޫ ކައުންސިލާއި އ.ތ.މ ކޮމިޓީއާ ބައްދަލުކުރެއްވުން. / ފޮޓޯ: ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ މަންދޫ ކައުންސިލާއި އ.ތ.މ ކޮމިޓީއާ ބައްދަލުކުރެއްވުން. / ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

ވަޢުދުވެވަޑައިގެންފައިވާ ކަންކަން ކުރިއަށް ދާނެ ކަމަށާއި އަދި މުޅި ރާއްޖޭގައި އޭ.ޓީ.އެމްގެ ޚިދުމަތް ތަޢާރަފުކުރުމުގެ މަޝްރޫޢު ފެށިފައިވާކަންވެސް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވި.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އަރިއަތޮޅު ދެކުނުބުރީ މަންދޫ ކައުންސިލާއި އެރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ (އ.ތ.މ.) ކޮމިޓީއާ ބައްދަލުކުރައްވައި، އެރަށުގެ ތަރައްޤީއަށް ބޭނުންވާ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.

އދ. ދަނގެތި ކައުންސިލް އިދާރާގައި މިއަދު ކުރިއަށްދިޔަ މި ބައްދަލުވުމުގައި، ކައުންސިލުން ވަނީ ފާއިތުވި އަހަރުތަކުގައި އެކި ސަރުކާރުތަކުން މަންދޫގައި މަޝްރޫޢުތައް ހިންގާފައިވާލެއް މަދުކަން ފާހަގަކުރައްވައި، މިހާރުގެ ސަރުކާރުން ގިނަ މަޝްރޫޢުތައް ކުރިއަށް ގެންދެވުމަށް އެދިވަޑައިގެންފައެވެ. އަދި ރަށަށް އެންމެ ބޭނުންވާ ކަންކަމުގެ ތެރޭގައި ސުކޫލަށް އިތުރު ކްލާސްރޫމް، ޞިއްޙީ މަރުކަޒުގެ ޚިދުމަތް ތަރައްޤީކުރުން، ބަނދަރު ތަރައްޤީކުރުން، އޭ.ޓީ.އެމްގެ ޚިދުމަތް ރަށުން ލިބުން އަދި މާލެއަށް ފަސޭހަކަމާއެކު ދަތުރުކުރެވޭނެ އިންތިޒާމެއް ހަމަޖެއްސުން ހިމެނޭކަމަށް ކައުންސިލުން ފާހަގަކުރައްވާފައިވެއެވެ.

މި ބައްދަލުވުމުގައި ރައީސް ވިދާޅުވީ ވަޢުދުވެވަޑައިގެންފައިވާ ކަންކަން ކުރިއަށްދާނެ ކަމަށެވެ. އަދި މުޅި ރާއްޖޭގައި އޭ.ޓީ.އެމްގެ ޚިދުމަތް ތަޢާރަފުކުރުމުގެ މަޝްރޫޢު ފެށިފައިވާކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Advertisement

Advertisement 1

މީގެއިތުރުން، ރައީސްގެ އަރިހުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުން ވަނީ މަންދޫގެ ތަރައްޤީއަށް ކުރިޔަށްގެންދާ މަޝްރޫޢުތަކުގެ އެންމެ ފަހުގެ މަޢުލޫމާތުތައް ޙިއްޞާކުރައްވާފައެވެ. އަދި ކައުންސިލުން ފާހަގަކުރެއްވި އެކި މަޝްރޫޢުތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ވެސް ކަމާގުޅޭ ވަޒީރުން ޙިއްޞާކުރެއްވިއެވެ.

މި ބައްދަލުވުމަކީ ރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަން ފާހަގަކޮށް، ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް ލިބުނު މުހިންމު ފުރުޞަތެއްކަމަށް މަންދޫ ކައުންސިލުން ފާހަގަކުރެއްވިއެވެ.       

ރައީސް ޑރ. މުހައްމަދު މުއިއްޒުއދ. މަންދޫ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އެސްއޯއީތައް އިސްލާހުކުރުމުގެ ނިންމެވުން: ދެމެހެއްޓެނިވި އަދި ހަރުދަނާ ހިދުމަތަކަށް އެޅުނު މުހިންމު ފިޔަވަޅެއް: ފަހުމީ

އެސްއޯއީތައް އިސްލާހުކުރުމުގެ ނިންމެވުން: ހަރުދަނާ ހިދުމަތަކަށް އެޅުނު މުހިންމު ފިޔަވަޅެއް: ފަހުމީ

1 ދުވަސް ކުރިން - 08:45

މަދަނީ މައްސަލަތައް އަވަސްކުރަން ގާނޫނަށް އިސްލާހު ގެންނަނީ

މަދަނީ މައްސަލަތައް އަވަސްކުރަން ގާނޫނަށް އިސްލާހު ގެންނަނީ

2 ދުވަސް ކުރިން - 20:20

ހުރިހާ ރައްޔިތުން ރިސޯޓު ހިއްސާދާރުންނަށް ހަދާ ޕްރޮޖެކްޓް ނޮވެމްބަރުގައި ފަށަނީ

ހުރިހާ ރައްޔިތުން ރިސޯޓު ހިއްސާދާރުންނަށް ހަދާ ޕްރޮޖެކްޓް ނޮވެމްބަރުގައި ފަށަނީ

2 ދުވަސް ކުރިން - 19:54

އާސަންދަ ބަދަލާއެކު ރައްޔިތުންގެ އެހެނިހެން ކަންތަކަށް 287 މިލިއަން ރުފިޔާ

އާސަންދަ ބަދަލާއެކު ރައްޔިތުންގެ އެހެނިހެން ކަންތަކަށް 287 މިލިއަން ރުފިޔާ

2 ދުވަސް ކުރިން - 16:33

2028 މެދަކާހަމަޔަށް ދާއިރު ގިނަރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރުވެގެން ދާނެ: ރައީސް

2028 މެދަކާހަމަޔަށް ދާއިރު ގިނަރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރުވެގެން ދާނެ: ރައީސް

2 ދުވަސް ކުރިން - 16:20

ޤައުމާއި މެދު އިޚްލާޞްތެރިވާކަން ޢަމަލާއި ބަހުން ދެއްކުމަށް ރައީސް އިލްތިމާސް ކުރައްވައިފި

ރައީސްގެ އިލްތިމާސް: ޤައުމާއި މެދު އިޚްލާޞްތެރިވާކަން ޢަމަލާއި ބަހުން ދައްކާ!

2 ދުވަސް ކުރިން - 16:05