ހދ. ކުރިނބީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ބައި-އިލެކްޝަން ކާމިޔާބުކުރެއްވި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ކެންޑިޑޭޓުންނަށް ރައީސުލްޖުމްހޫރިއްޔާ އަދި ޕީއެންސީގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒު މަރުޙަބާ ވިދާޅުވެއްޖެއެވެ.
މިއަދު ކުރިއަށްދިޔަ މި ބައި-އިލެކްޝަންގައި ޕީއެންސީގެ ފަރާތުން ވާދަކުރެއްވި 3 ކެންޑިޑޭޓުން ވަނީ އިންތިޚާބު ކާމިޔާބުކޮށްފައެވެ. މި ކާމިޔާބީއާ ގުޅިގެން ރައީސް މުޢިއްޒު ވަނީ ސޯޝަލް މީޑިއާގައި ޕޯސްޓެއް ކުރައްވާފައެވެ.
ރައީސް މުޢިއްޒުގެ ޕޯސްޓުގައި، އިންތިޚާބު ކާމިޔާބުކުރެއްވި ކެންޑިޑޭޓުންނަށް މަރުޙަބާ ވިދާޅުވުމުގެ އިތުރުން، އިންތިޚާބު ކާމިޔާބުކުރުމަށް މަސައްކަތްކޮށްދެއްވި ފަރާތްތަކަށާއި ވޯޓުގައި ބައިވެރިވެވަޑައިގަތް ހުރިހާ ރައްޔިތުންނަށް ޝުކުރު ދަންނަވާފައިވެއެވެ.








