Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ދަރުބާރުގޭގައި ވުޒާރާތަކުގެ ޚިދުމަތް ދިނުމަށް ވަމުންދާ ތައްޔާރީތައް ރައީސް ބައްލަވާލައްވައިފި

ދަރުބާރުގޭގައި ވުޒާރާތަކުގެ ޚިދުމަތް ދިނުމަށް ވަމުންދާ ތައްޔާރީތައް ރައީސް ބައްލަވާލައްވައިފި

އައިޝަތު ރުވާ ރިފްޢަތު
586 ދުވަސް ކުރިން - 14 ޑިސެންބަރު 2024 10:48
ދަރުބާރުގޭގައި ވުޒާރާތަކުގެ ޚިދުމަތް ދިނުމަށް ވަމުންދާ ތައްޔާރީތައް ރައީސް ބައްލަވާލައްވާލެއްވުން/ ފޮޓޯ: ރައީސް އޮފީސް
ދަރުބާރުގޭގައި ވުޒާރާތަކުގެ ޚިދުމަތް ދިނުމަށް ވަމުންދާ ތައްޔާރީތައް ރައީސް ބައްލަވާލައްވާލެއްވުން/ ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

މި މަސައްކަތްތައް ކުރިއަށްދާގޮތް ބެއްލެވުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ރޭ ދަރުބާރުގެއަށް ވަޑައިގެން، އެތަނުގައި ހަމަޖައްސަމުންދާ އިންތިޒާމުތައް ބައްލަވާލައްވާ އަދި އެކަމުގައި އަމަލުކުރަންވީ ގޮތްތަކާ ގުޅޭ އިރުޝާދުތައް ރައީސް ވަނީ އެ ވުޒާރާތަކަށް ދެއްވާފައި.

އަލިފާނުގެ ހާދިސާއިން ގެއްލުން ލިބުނު ތިން ވުޒާރާގެ މަސައްކަތްތައް ވަގުތީގޮތުން ދަރުބާރުގެއަށް ބަދަލުކޮށް ޚިދުމަތް ދިނުމަށް ވަމުންދާ ތައްޔާރީތައް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރޭގެ ވަގުތެއްގައި ބައްލަވާލައްވައި، އެކަމަށް ބޭނުންވާ އިރުޝާދުތައް ދެއްވައިފިއެވެ.

ބުރާސްފަތި ދުވަހު ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްގީއާބެހޭ ވުޒާރާ ހިންގާ އިމާރާތުގައި ހިނގި އަލިފާނުގެ ހާދިސާގައި އެ ވުޒާރާއާއި އިމާރާތްކުރުމާއި ބިނާރާބެހޭ ވުޒާރާ ވަނީ ބޭނުންނުކުރެވޭ ވަރަށް އަނދާފައެވެ. އަދި އިންވެގެން ހުންނަ ގްރީން ބިލްޑިންގގައި ހިންގަމުން އަންނަ މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާބެހޭ ވުޒާރާއަށްވެސް ވަނީ އަލިފާނުގެ އަސަރުކޮށްފައެވެ.

މި ހާދިސާގެ ސަބަބުން ހުއްޓިފައިވާ ތިން ވުޒާރާގެ މަސައްކަތްތައް އަލުން ފެށުމަށްޓަކައި، އެ ވުޒާރާތަކުގެ މަސައްކަތް ދަރުބާރުގެއަށް ބަދަލުކުރުމުގެ މަސައްކަތް ސަރުކާރުން ވަނީ ފަށާފައެވެ. މި މަސައްކަތްތައް ކުރިއަށްދާގޮތް ބެއްލެވުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ރޭ ދަރުބާރުގެއަށް ވަޑައިގެން، އެތަނުގައި ހަމަޖައްސަމުންދާ އިންތިޒާމުތައް ބައްލަވާލައްވާފައެވެ. އަދި އެކަމުގައި އަމަލުކުރަންވީ ގޮތްތަކާއި ގުޅޭ އިރުޝާދުތައް ރައީސް ވަނީ އެ ވުޒާރާތަކަށް ދެއްވާފައެވެ.

Advertisement

Advertisement 1

މާދަމާއަށް އޮފީސްތަކުގެ ޚިދުމަތް ދިނުމަށްޓަކައި ދަރުބާރުގޭގައި ކުރިޔަށްދާ މަސައްކަތްތަކުގެ ތެރެއިން / ފޮޓޯ. ބްރޭކިންގއެމްވީ

ގެދޮރުވެރިކަމާބެހޭ ވަޒީރު ޑރ. އަލީ ހައިދަރު އަހުމަދު ވިދާޅުވި ގޮތުގައި، އާދީއްތަ ދުވަހުން ފެށިގެން ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްގީއާބެހޭ ވުޒާރާގެ މަސައްކަތް އަލުން ފެށޭނެއެވެ. އެހެން ދެ ވުޒާރާގެ މަސައްކަތްތައްވެސް ވަގުތީގޮތުން ދަރުބާރުގެއަށް ބަދަލުކުރުމުގެ މަސައްކަތް ދަނީ ކުރިއަށެވެ.

މި ހާދިސާއާ ގުޅިގެން ސަރުކާރުން އަވަސް ފިޔަވަޅުތަކެއް އަޅަމުންދާކަން ފާހަގަކުރެވެއެވެ. ރައްޔިތުންނަށް ދެމުންދާ މުހިންމު ޚިދުމަތްތައް މެދުނުކެނޑި ފޯރުކޮށްދިނުމަށްޓަކައި، ވުޒާރާތަކުގެ މަސައްކަތްތައް ވީހާވެސް އަވަހަކަށް އަލުން ފެށުމަށް ސަރުކާރުން ދަނީ މަސައްކަތްކުރަމުންނެވެ.           

ރައީސް ޑރ. މުހައްމަދު މުއިއްޒުރައީސް އޮފީސްހައުސިންގ މިނިސްޓްރީ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ރައްޔިތުންގެ އަޑު: 4 ދާއިރާއަކުން ނަން ނޯޓުކުރަން ހުޅުވާލައިފި

ރައްޔިތުންގެ އަޑު: 4 ދާއިރާއަކުން ނަން ނޯޓުކުރަން ހުޅުވާލައިފި

17 ގަޑިއިރު ކުރިން - 17:24

ފަތުރުވެރިކަމުގެ ބޭނުމަށް އައްޑުއަތޮޅު އައްޑޫ ސިޓީގެ އިދާރީ ދާއިރާގެ އިޚްތިޞާޞަށް ބަދަލުގެނައުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވައިފި

ފަތުރުވެރިކަމުގެ ބޭނުމަށް އައްޑޫ ސިޓީގެ އިދާރީ ދާއިރާގެ އިޚްތިޞާޞަށް ބަދަލުގެނައުމަށް ނިންމަވައިފި

1 ދުވަސް ކުރިން - 10:08

ޑޮމިނިކަން ރިޕަބްލިކް ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި ސަފީރު، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އަރުވައިފި

ޑޮމިނިކަން ރިޕަބްލިކްގެ ސަފީރު، ސަފީރުކަމުގެ ފަތްކޮޅު ރައީސުލްމްހޫރިއްޔާ އަށް އަރުވައިފި

1 ދުވަސް ކުރިން - 15:22

ކިއުބާ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި ސަފީރު، އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާއަށް އަރުވައިފި

ކިއުބާ ސަފީރު، އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާއަށް އަރުވައިފި

1 ދުވަސް ކުރިން - 15:12

ޤަޠަރުގެ އައު ސަފީރު، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އަރުވައިފި

ޤަޠަރުގެ އައު ސަފީރު އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އަރުވައިފި

1 ދުވަސް ކުރިން - 15:04

ޑޮލަރުގެ ކަޅުބާޒާރު މައްސަލަ މި ސަރުކާރުގެ ބޮލަށް ޖެހޭކަށް ނެތް: ޝާޒް

ޑޮލަރުގެ ކަޅުބާޒާރު މައްސަލަ މި ސަރުކާރުގެ ބޮލަށް ޖެހޭކަށް ނެތް: ޝާޒް

2 ދުވަސް ކުރިން - 18:38