Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

މިއީ ޓޫރިޒަމް ވިޔަފާރިތައް ރައްކާތެރިކުރުމަށް ފިޔަވަޅު އަޅަންވީ ވަގުތު

މިއީ ޓޫރިޒަމް ވިޔަފާރިތައް ރައްކާތެރިކުރުމަށް ފިޔަވަޅު އަޅަންވީ ވަގުތު

ހުސައިން އިސްމާއިލް
589 ދުވަސް ކުރިން - 14 ޑިސެންބަރު 2024 08:21
މިއީ ޓޫރިޒަމް ވިޔަފާރިތައް ރައްކާތެރިކުރުމަށް ފިޔަވަޅު އަޅަންވީ ވަގުތު
ޚުލާސާ

ފަތުރުވެރިކަމުގެ ސިނާޢަތުގައި ޙަރަކާތްތެރިވާ އެންމެހާ ވިޔަފާރިތަކުގެ ޙިމާޔަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށާއި، ދުނިޔޭގެ ފެންވަރުގެ މަންޒިލެއްގެ ގޮތުގައި އަޅުގަނޑުމެންގެ އަބުރު ދެމެހެއްޓުމަށް އިތުރު ފިޔަވަޅުތަކެއް އަޅަންޖެހޭ. ރާއްޖެ މިހިސާބަށް ގެނެސްދިނީ ޓޫރިޒަމް ދާއިރާގެ ވިޔަފާރިވެރިން.

ފަތުރުވެރިކަމަކީ ރާއްޖޭގެ ފުރާނައޭ ބުންޏަސް މުޅިން ދޮގަކަށް ނުވާނެއެވެ. އެކަމަކު އެ ފުރާނައަށް ނުވަތަ ފަތުރުވެރިކަމުގެ ދާއިރާގައި ބުރަ މަސައްކަތް ކުރައްވައި ރާއްޖެއަށް ފައިސާ ވައްދަދޭ ކުންފުނިތަކަށް ލިބެން ޙައްޤުވާ ރައްކާތެރިކަން މުޖުތަމަޢުގައި އެބަ ލިބޭތޯއެވެ؟ މި ދަންނަވާ ރައްކާތެރިކަން އެންމެ އެކަށީގެންވާ މިންވަރަށް ނުލިބޭ ކަމަށް ޒަމާނުއްސުރެ އެ ސިނާޢަތުގައި އުޅުއްވާ ހީވާގި ރިސޯޓު އޯނަރުންނާއި، ޓްރެވެލް އެޖެންސީތަކާއި ޓެރެވެލް އެޖެންޓުންނާއި އަދިވެސް އެ ދާއިރާގައި މަސައްކަތްކުރައްވާ ބޭފުޅުން ފާހަގަ ކުރައްވައެވެ. އެބޭފުޅުން ވިދާޅުވަނީ. ވިޔަފާރިތައް ރައްކާތެރިކުރުމަށް އަވަސް ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށެވެ.

"ސެކިއުރިޓީއެއް ނެތެއް ނޫންތޯ. މި ހަމަލާއަކީ ވިޔަފާރިތަކުގެ ސަލާމަތާއި އަޅުގަނޑުމެންގެ ފަތުރުވެރިކަމުގެ ސިނާއަތަށް ކުރާނެ ފުޅާ އަސަރުތަކާ މެދު ބޮޑެތި ކަންބޮޑުވުންތަކެއް އުފެދޭ ކަމެއް" މާފަންނު ކޮޅުގައި ހިންގާ ސްޕެނިޝް ތީމް ކެފޭއެއް ކަމަށްވާ ލެޓްސް ކޮފީ މޯލްޑިވްސްއަށް ދިން ޙަމަލާއާއި ގުޅިގެން ޓޫރިޒަމް އިންޑަސްޓްރީގައި 30 އަހަރު ރިސޯޓް މެނޭޖަރެއްގެ ވަޒީފާވެސް އަދާކުރެއްވި ބޭފުޅަކު ވިދާޅުވިއެވެ.

ލެޓްސްގޯ މޯލްޑިވްސް އަކީ އަޅުގަނޑުމެންގެ މި ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ގެނެސްދޭ އެއް އެޖެންސީއެވެ. އެ ކެފޭ އަކީ ގިނަ ދިވެހިންނާއި ފަތުރުވެރިން ވެސް ޝައުގުވެރިވާ ތަނެކެވެ. މި ދުވަސްވަރަކީ ޔޫރަޕަށް ސްނޯ ފައިބާ (ފިނިމޫސުން/ވިންޓަރ) މޫސުން ކަމަށްވާތީ އެ ކެފޭގައި ހުރީ ވިންޓަރ ސީޒަން ދައްކުވައިދޭ ގޮތަށް ޒީނަތްތެރިކޮށްފައެވެ. އަދި ސްޕޭނުގެ ޘަޤާފީ ހެދުމެއްވެސް ބަހައްޓާފައި ހުއްޓެވެ..

Advertisement

Advertisement 1

ލެޓްސް ކޮފީ މޯލްޑިވްސް ގައި ބަހައްޓާފައިވާ ސްޕޭނުގެ ޓްރެޑިޝަނަލް ހެދުން - އެތަނަށްވަދެ ހަމަލާދިން މީހުން ވަނީ މި ހެދުން ވަގަށް ގެންގޮސްފައި.

ނަމަވެސް ބަޔަކު އައިސް އެތަނަށް ވަޅި (ޤާނޫނުގައި ހަތިޔާރު ކަމަށް ބުނާ އެއްޗެއް) ހިފައިގެންވަދެ މުވައްޒަފުންނަށް ބިރު ދައްކައި ތަކެއްޗަށް ގެއްލުންދީ ބައެއް ތަކެތި ވަގަށް ގެންގޮސްފައިވާ ކަމަށް ބުނެ ސޯޝަލްމީޑިއާގައި ވީޑިއޯތަކެއް ދައުރުވަމުން ދެއެވެ.

”ވެދާނެ އޮޅިގެން ދެވުނު ޙަމަލާއަކަށް ވެސް. މިތަނަކީ ޤާނޫނާއި ޚިލާފު އަދި ދީނާއި ޚިލާފު ކަމެއްވެސް ކުރާ ތަނެއް ނޫން. މިތާކު ޙަރާމް އެއްޗެއް ނުވިއްކާނެ. އެހެންވީމަ އަޅުގަނޑަށް ލަފާ ކުރެވެނީ ނުބައި މަޢުލޫމާތެއް ނުވަތަ ނުބައިކޮށް މާނަ ނެގިގެން، ނުވަތަ އެނޫން ކޮންމެވެސް އެހެން ބޭނުމެއްގައި އޮޅިގެން ޙަމަލާދިނީއޭ. މުދަލަށް ބޮޑެތި ގެއްލުންތަކެއް ލިބި… ސްޕެއިންގެ ޘަޤާފީ ހެދުމެއް ވެސް ވަގަށް ނެގި" ލެޓްސްގޯ މޯލްޑިވްސްގެ މެނޭޖަރު ބައްސާމް ރޭ ފޯނުން ދެއްވި ބަސްދީގަތުމެއްގައި ޚުލާސާ އަށް ވިދާޅުވިއެވެ.

އެ ކުންފުނީގެ ޤާނޫނީ ވަކީލު ޚުލާސާއަށް ވިދާޅުވީ ހާދިސާ ތަޙުޤީޤު ކުރުމަށް ފުލުހުން އަދިވެސް ނާންނަ ކަމަށާއި ބަޔާނެއްހާހިސާބު ވެސް ނުނަގާ ކަމަށެވެ. ނަމަވެސް އެތަނުގައި ހަރުކޮށްފައިވާ ކެމެރާތަކުންނާއި މަގުމަތީގައިވާ ސީސީޓީވީ ކެމެރާތަކުން އެއީ ކޮން ބައެއްކަން ވަރަށް ސާފުކޮށް އެނގެން އެބަހުރި ކަމަށެވެ. "އަދި ބަޔާނެއްހާ ހިސާބު ވެސް ނުނަގާ. ޕޮލިހުން އަތުގައި މިހާރު ހުންނާނެ ބޭނުންވާ މިންވަރަށް ހެކިތައް. އެކަމަކު އޭގެން އެއްވެސް މީހަކު ހައްޔަރެއް ވެސް ކުރިކަމެއް އެނގިފައެއް ނެތް. އަޅުގަނޑުމެންގެ އަތުން ބަޔާނެއްހާހިސާބުވެސް އަދި ނުނަގާ. މިއީ ވަރަށް ކަންބޮޑުވާކަމެއް އަސްލު. މިހާރު ކެފޭގައި އުޅޭ މުވައްޒަފުންވެސް ތިބެނީ ބިރުން ތުރުތުރުއަޅާ. ވަޅި ހިފައިގެން ވަނީ. އަދި މިތަނުގެ (ލެޓްސް ކޮފީ މޯލްޑިވްސް)ތެރޭގައި އޮތް އިތުރު ވަޅިއެއް ނަގައިގެން ވެސް މުވައްޒަފުންނަށް ބިރު ދެއްކި.”އެ ކުންފުނީގެ ލޯޔަރު ވިދާޅުވިއެވެ.

ރާއްޖެ ކުރިއަރަނީ ފަތުރުވެރިކަމުގެ ސިނާޢަތުގައި އުޅުއްވާ ވިޔަފާރިވެރިންގެ ބުރަ މަސައްކަތުން ކަމަށްވާއިރު، މިފަދަ ހާދިސާތަކުގެ ސަބަބުން ރާއްޖެ ޒިޔާރަތްކުރާ ފަރާތްތަކަށް ސަލާމަތެއްގެ ގޮތުގައި (ޕީސްފުލް ހެވަން އެއްގެ ގޮތުގައި) ރާއްޖެ އިޝްތިހާރު ކުރުމަށް އެބޭފުޅުން ކުރައްވާ މަސައްކަތަށް ހިޔަނި އެޅެއެވެ. ވިޔަފާރިވެރިން، ޚާއްސަކޮށް ޓޫރިޒަމް އަދި ހޮސްޕިޓަލިޓީ ދާއިރާގައި މަސައްކަތްކުރައްވާ ފަރާތްތަކުން މިހާރު ތިބީ އެމީހުންގެ ސަލާމަތާއި މެދު ސުވާލު އުފެދިފައެވެ. މިފަދަ އަނިޔާވެރިކަން ކޮންޓްރޯލް ނުކުރެވި ކުރިއަށްދާނަމަ، އެއީ އިންވެސްޓްމަންޓް ހުއްޓުވައި، އަޅުގަނޑުމެންގެ ޤައުމުގެ ހަމަޖެހުމަށް އޮތް އިތުބާރު ގެއްލިގެންދާނެ ކަމެކެވެ. މިކަން ހުއްޓުވޭނީ ހުރިހާ ފަރާތްތަކެއް ގުޅިގެން މަސައްކަތް ކޮށްގެންނެވެ. މިއީ ސިޔާސީ ކަންތަކެއް ނޫނެވެ. މިއީ ޤައުމީ ކަންތަކެވެ.

ރައީސް ޑރ.މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގައި ފަތުރުވެރިކަން މިދަނީ ކުރިއާއި އަޅާބަލާއިރު ވަރަށް ބޮޑަށް ރަނގަޅުވަމުންނެވެ. ރާއްޖެ އަންނަ ފަތުރުވެރިންގެ ޢަދަދަށް ބަލާލުމުން އެކަން ވަރަށް ސާފުކޮށް ފެންނާން އެބައޮތެވެ. ރާއްޖެއަށް ފާއިތުވީ 3 އަހަރު ނާންނަ މިންވަރަށް މި ތިންމަސްތެރޭ ކްރޫޒްލައިނާތައް އައުމަށް އޮތީ ބުކް ކޮށްފައެވެ. ކުރިން ނުލިބޭ ގްރީން އެވޯޑު ރާއްޖެއަށް ވަނީ ލިބިފައެވެ. ކުރިން ހުޅުވިފައި ނެތް ފަތުރުވެރިކަމުގެ އައު މަންޒިލްތަކުން ރާއްޖެއަށް އަންނަ ޓޫރިސްޓުން ދަނީ އިތުރުވަމުންނެވެ. ފަތުރުވެރިކަމުގެ ސަބަބުން ދައުލަތަށް ކުރިން ނުލިބޭ ޢާމްދަނީ މިހާރު ދަނީ ލިބެމުންނެވެ. މިއީ ފަތުރުވެރިކަމުގެ ވިޔަފާރިތަކުގައި އުޅުއްވާ ފަރާތްތަކުގެ އަގުހުރި ބުރަ މަސައްކަތްތަކެވެ. އެހެންކަމުން ރިސޯޓް އޯނަރުންނާއި، ޓްރެވެލް އެޖެންސީތަކާއި، ޓުއަރ އޮޕަރޭޓަރުންނާއި، އެޖެންޓުން (ޖުމްލަކޮށް ބުނާނަމަ ފަތުރުވެރިކަމުގެ ސިނާޢަތުގައި އުޅުއްވާ ވިޔަފާރިވެރިން) ގެ ވިޔަފާރިތަކުގެ ޙިމާޔަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށާއި، ދުނިޔޭގެ ފެންވަރުގެ މަންޒިލެއްގެ ގޮތުގައި އަޅުގަނޑުމެންގެ އަބުރު ދެމެހެއްޓުމަށް އިތުރު ފިޔަވަޅުތަކެއް އަޅަންޖެހެއެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސްއިގްތިސޯދުފަތުރުވެރިކަންލެޓްސް ގޯ މޯލްޑިވްސް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އިގްތިސާދީ ކަންކަން ބައްޓަން ކުރަނީ މެދުއިރުމަތީގެ ހަނގުރާމައަކީ ދާއިމީ ކަމަކަށް ބަލައިގެން: ރައީސް

"އިގްތިސާދީ ކަންކަން ބައްޓަން ކުރަނީ މެދުއިރުމަތީގެ ހަނގުރާމައަކީ ދާއިމީ ކަމަކަށް ބަލައިގެން"

3 ގަޑިއިރު ކުރިން - 12:27

ގައުމީ ޚިދުމަތުގައި ނިޔާވި ފުލުހުންގެ ހަނދާން އައުކުރުމުގެ ދުވަސް

ގައުމީ ޚިދުމަތުގައި ނިޔާވި ފުލުހުންގެ ހަނދާން އައުކުރުމުގެ ދުވަސް

3 ދުވަސް ކުރިން - 09:28

1.5 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި މައްސަލައިގެ ތުހުމަތުގައި ރޫނާ ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ރޫނާ ޝަރީއަތް ނިމެންދެން ބަންދުކޮށްފި

7 ދުވަސް ކުރިން - 18:42

ފައްޔާޒް އިސްމާއީލާ ގުޅޭ ކޮރަޕްޝަނާއި، މަސްލަހަތު ފުށުއެރުމާއި، އިތުރު މައްސަލަތަކުގެ ފުރިހަމަ ދިރާސާއެއް

ފައްޔާޒާ ގުޅޭ ކޮރަޕްޝަނާއި، މަސްލަހަތު ފުށުއެރުމާއި، އިތުރު މައްސަލަތަކުގެ ފުރިހަމަ ދިރާސާއެއް

8 ދުވަސް ކުރިން - 05:40

ހުޅުމާލޭގެ ގެސްޓްހައުސްއެއްގެ ތެރޭގައި މަރުވެފައި އޮތް ދިވެއްސަކު ފެނިއްޖެ

ހުޅުމާލޭގެ ގެސްޓްހައުސްއެއްގެ ތެރޭގައި މަރުވެފައި އޮތް ދިވެއްސަކު ފެނިއްޖެ

8 ދުވަސް ކުރިން - 15:54

އިސްރަށްވެހިންގެ ނާދީގެ މެންބަރުންނަށް އަމާޒުކޮށްގެން "ވިލުންތެރި ދިރިއުޅުން" ނަމުގައި ފުލުހުން ސެޝަނެއް ބާއްވައިފި

އިސްރަށްވެހިންގެ ނާދީގެ މެންބަރުންނަށް އަމާޒުކޮށްގެން "ވިލުންތެރި ދިރިއުޅުން" ނަމުގައި ސެޝަނެއް ބާއްވައިފި

11 ދުވަސް ކުރިން - 10:28