ދިވެހިރާއްޖެއިން ޗައިނާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑރ. ފަޒީލް ނަޖީބް، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު، ޗައިނާގެ ރައީސް އެކްސަލަންސީ ޝީ ޖިންޕިންގ އަށް މިއަދު އަރުވައިފިއެވެ.
މި ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ބެއިޖިންގގައި ހުންނަ ގްރޭޓް ހޯލް އޮފް ދަ ޕީޕަލްގައެވެ.
ފަތްކޮޅު އެރުވުމަށްފަހު ސަފީރު ފަޒީލް ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ފަރާތްޕުޅުންނާއި ދިވެހި ރައްޔިތުންގެ ފަރާތްޕުޅުން ރައީސް ޝީ އަށާއި ޗައިނާގެ ރައްޔިތުންނަށް ހެޔޮ އެދުންތަކާއި ސަލާމް އަރިސްކުރައްވާފައެވެ. ރައީސް ޝީ ޖިންޕިންގ ވަނީ ސަފީރު ފަޒީލަށް ތަހުނިޔާ ވިދާޅުވެ، ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް އެއްބާރުލުން ދެއްވާނެކަން ކަށަވަރުކޮށްދެއްވާފައެވެ.
ޑރ. ފަޒީލަކީ ދިވެހިރާއްޖެއިން ޗައިނާއަށް ކަނޑައެޅި ފަސްވަނަ ސަފީރެވެ.









