Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

މަސްވެރިކަމުގެ ދާއިރާއިން މީހުން ބިނާކުރުމަށް ކުރީގެ ސަރުކާރުތަކަށްވުރެ ގިނަ މަސައްކަތްތަކެއް ކުރެވެމުންދޭ: ވަޒީރު ޝިޔާމް

މަސްވެރިކަމުގެ ދާއިރާއިން މީހުން ބިނާކުރުމަށް ކުރީގެ ސަރުކާރުތަކަށްވުރެ ގިނަ މަސައްކަތްތަކެއް ކުރެވެމުންދޭ: ވަޒީރު ޝިޔާމް

އާނާ ފަހީމް
585 ދުވަސް ކުރިން - 13 ޑިސެންބަރު 2024 21:48
މަސްވެރިންގެ ދުވަހާއި ގުޅިގެން މިއަދު ހުޅުމާލެ ސެންޓްރަލް ޕާކުގައި ބޭއްވި "މަސްވެރި ހަވީރު" ވަޒީރު ޝިޔާމް ހުޅުވައިދެއްވަނީ.
މަސްވެރިންގެ ދުވަހާއި ގުޅިގެން މިއަދު ހުޅުމާލެ ސެންޓްރަލް ޕާކުގައި ބޭއްވި "މަސްވެރި ހަވީރު" ވަޒީރު ޝިޔާމް ހުޅުވައިދެއްވަނީ.
ޚުލާސާ

މަސްވެރި ސިނާޢަތް ކުރިއެރުވުމަށް ސަރުކާރުން ކުރާ މަސައްކަތްތަކުގެ ތެރޭގައި މަސްވެރިންނަށް ފައިސާ ދޫކުރުމާއި، ހެޔޮ އަގުގައި ތެޔޮ ފޯރުކޮށްދިނުމުގެ މަސައްކަތާއި، އައިސް ލިބުމުގެ ދަތިތައް ޙައްލުކުރުމުގެ މަސައްކަތް ވަޒީރު ފާހަގަކުރެއްވި.

މަސްވެރިކަމުގެ ދާއިރާއިން މީހުން ބިނާކުރުމަށް މީގެ ކުރިން އެއްވެސް ސަރުކާރަކުން މަސައްކަތްނުކުރާ ވަރަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ދަނީ މަސައްކަތް ކުރަމުން ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަޞީލަތްތަކާބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ މަސްވެރިންގެ ދުވަހާއި ގުޅިގެން މިއަދު ހުޅުމާލެ ސެންޓްރަލް ޕާކުގައި ބޭއްވި "މަސްވެރި ހަވީރު"ގެ ތެރެއިން މީޑިއާއާ ވާހަކަދައްކަވަމުންނެވެ.

މަސްވެރިކަމާއި ބެހޭ ވުޒާރާއާއި، މޯލްޑިވްސް ސީފުޑް ޕްރޮސެސާސް އެންޑް އެކްސްޕޯޓަރސް އެސޯސިއޭޝަން ގުޅިގެން ބޭއްވި މި ހަރަކާތް ހުޅުއްވައިދެއްވީ މަސްވެރިކަމާބެހޭ ވަޒީރު އަހުމަދު ޝިޔާމް އަދި މިފްކޯގެ ސީއީއޯ ވިތާލީ ލުބިމޯފާއި ރާއްޖެއިން މަސް އެކްސްޕޯޓް ކުރާ ފަރާތްތަކުގެ ޖަމިއްޔާގެ ރައީސް އުމަރު ޖަމާލްއެވެ.

Advertisement

Advertisement 1

ވަޒީރު ޝިޔާމް ވިދާޅުވީ މަސްވެރި ސިނާޢަތް ކުރިއެރުވުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކޮށްފައިވާކަމަށެވެ. މިގޮތުން މަސްވެރިންނަށް ފައިސާ ދޫކުރުމާއި، ހެޔޮ އަގުގައި ތެޔޮ ފޯރުކޮށްދިނުމުގެ މަސައްކަތާއި، އައިސް ލިބުމުގެ ދަތިތައް ޙައްލުކުރުމަށް މަސައްކަތް ކުރައްވަމުންދާކަމަށް ވަޒީރު ވިދާޅުވިއެވެ.

"މީހުން ބިނާކުރުމަށް މީގެ ކުރިން އެއްވެސް ސަރުކާރަކުން ނުކުރާ ވަރަށް ވުޒާރާއިން އެ މަސައްކަތް އެބަކުރެވޭ. ރައީސުލްޖުމްހޫރިއްޔާގެ ތަޞައްވުރާއި އެއްގޮތަށް ދޯނިތަކުން ފޭބި ދިވެހިންނާއި ޒުވާނުން އަނބުރާ ދޯނިތަކަށް އެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރެވޭ. ޒުވާނުން ޝައުޤުވެރިކުރުމަށް ފިޝަރީޒް ކޮލެޖް ޤާއިމްކޮށް، ދަފްތަރެއް އެކުލަވާލެވޭނެ. މި ބަދަލުތަކާއެކު މުސްތަޤުބަލުގައި މި ސިނާޢަތްވެގެންދާނީ ގިނަ ދިވެހިން ޝައުޤުވެރިވާ ސިނާޢަތަކަށް." ވަޒީރު ވިދާޅުވިއެވެ.

މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ސަރުކާރުން ގިނަ މަސައްކަތްްތަކެއް ކުރަމުންދާއިރު، މި ސިނާޢަތަށް މީހުން ބިނާކުރުމަށް މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީއާ ގުޅިގެން މަސްވެރިކަމުގެ ކޮލެޖެއް ޤާއިމްކޮށް މަސްވެރިކަމުގެ ދާއިރާގެ ގިނަ ކޯސްތަކެއް ދަނީ ހިންގަމުންނެވެ.

މަސްވެރިކަންމިނިސްޓަރު އަހްމަދު ޝިޔާމް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

މިފްކޯ އިން 25 އަށް ކިލޯއެއް ވިއްކީ ދައުލަތުން އިތުރަށް ފައިސާ ނަގައިގެން

މިފްކޯ އިން 25އަށް ކިލޯއެއް ވިއްކީ ދައުލަތުން އިތުރަށް ފައިސާ ނަގައިގެން

7 ދުވަސް ކުރިން - 16:41

މިފްކޯ ހަރުދަނާކުރެވިއްޖެ، މަސް ގަތުމަށް ދެމުން އައި ސަބްސިޑީ މިހާރު ވަނީ ހުއްޓާލާފައި: މިނިސްޓަރު ޝިޔާމް

މަސް ގަތުމަށް ދެމުން އައި ސަބްސިޑީ މިހާރު ވަނީ ހުއްޓާލާފައި: ޝިޔާމް

8 ދުވަސް ކުރިން - 11:05

މަސްވެރިކަން ދަށް، ހުސްވި މަހު 568 ޓަނުގެ ކަޅުބިލަމަސް!

މަސްވެރިކަން ދަށް، ހުސްވި މަހު 568 ޓަނުގެ ކަޅުބިލަމަސް!

16 ދުވަސް ކުރިން - 14:39

ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުމަށް ހުރަސްއެޅުމަކުން އެއްވެސް ފަރާތަކަށް ފައިދާއެއް ނުވާނެ: ރައީސް

"ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުމަށް ހުރަސްއެޅުމަކުން އެއްވެސް ފަރާތަކަށް ފައިދާއެއް ނުވާނެ"

32 ދުވަސް ކުރިން - 16:24

މަސްވެރިކަމާއި ދަނޑުވެރިކަމުގެ ދާއިރާއިން ރާއްޖެއިން ބޭރުން މަތީ ތައުލީމު ހާސިލުކުރުމުގެ ފުރުސަތު ހުޅުވާލައިފި

ރާއްޖެއިން ބޭރުން މަތީ ތައުލީމު ހާސިލުކުރުމުގެ ފުރުސަތު ފިޝަރީސް މިނިސްޓްރީން ހުޅުވާލައިފި

36 ދުވަސް ކުރިން - 12:32

ގދ. ތިނަދޫއިން ވެސް މިހާރު މަސްވެރިންނަށް ހެޔޮ އަގުގައި ތެޔޮ ލިބޭނެ އިންތިޒާމް ހަމަޖައްސައިފި

ގދ. ތިނަދޫއިން ވެސް މިހާރު މަސްވެރިންނަށް ހެޔޮ އަގުގައި ތެޔޮ ލިބޭނެ

48 ދުވަސް ކުރިން - 17:27