Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ޓެކްސީ ޑުރައިވަރުންތަކެއް ޤާނޫނާއި ޚިލާފުވުމުން އެމްޑީޕީން އެކަން ދިފާއު ކޮށްފި

ޓެކްސީ ޑުރައިވަރުންތަކެއް ޤާނޫނާއި ޚިލާފުވުމުން އެމްޑީޕީން އެކަން ދިފާއު ކޮށްފި

އާނާ ފަހީމް
538 ދުވަސް ކުރިން - 13 ޑިސެންބަރު 2024 00:16
ޓެކްސީ މުޒާހަރާއާއި ގުޅިގެން އެމްޑީޕީން ނެރުނު ނޫސްބަޔާނުގައި ކުށްކުރާ މީހުންނަށް ތަރުހީބުދޭކަމަށް މާނަ ކުރެވޭ.
ޓެކްސީ މުޒާހަރާއާއި ގުޅިގެން އެމްޑީޕީން ނެރުނު ނޫސްބަޔާނުގައި ކުށްކުރާ މީހުންނަށް ތަރުހީބުދޭކަމަށް މާނަ ކުރެވޭ.
ޚުލާސާ

މަގުމަތީ ޓެރްފިކްގެ ޤަވާޢިދާއި ޚިލާފުވެ ދުއްވާ އެއްޗެއްސަށް އުނދަގޫކޮށް ބުރިޖުން ދަތުރުކުރަން ރައްޔިތުންމަށް ހުރަސް އެޅޭ ގޮތަށް ބައެއް ޓެކްސީތަކުން ޢަމަލުކުރުމުން އެމްޑީޕީން އެ ކުށް ދިފާޢުކޮށް ނޫސްބަޔާނެއް ނެރެފި.

އެމްޑީޕީން ޓެކްސީ ޑްރައިވަރުންގެ ޤާނޫނާ ޚިލާފު ޢަމަލުތައް ހިމާޔަތްކުރުމަށް މަސައްކަތްކުރާކަމަށް ބެލެވޭ ނޫސްބަޔާނެއް ނެރެފިއެވެ. މި ނޫސްބަޔާނުގައި ޓެކްސީ ޑްރައިވަރުންގެ އިހުތިޖާޖަށް ހުރަސްއަޅައި ޑްރައިވަރުން ހައްޔަރުކޮށް، އިހުތިޖާޖުގައި ބައިވެރިވި ޑްރައިވަރުންގެ ޓެކްސީތައް ހިފަހައްޓާފައިވާތީ އެކަން ކުށްވެރިކޮށްފައިވެއެވެ.

ނަމަވެސް، ޓެކްސީ ޑްރައިވަރުން ކުރި އިހުތިޖާޖަކީ ޓެކްސީ ޤާނޫނާއި އެއްގަމު ދަތުރުފަތުރުގެ ޤާނޫނާ ޚިލާފު ޢަމަލެއްކަން ފާހަގަކުރެވެއެވެ. މި މުޒާހަރާ ހިންގާފައިވަނީ ހުޅުމާލެއާއި މާލެ ގުޅުވާފައިވާ ސިނަމާލެ ބްރިޖްގައެވެ. މިކަމުގެ ސަބަބުން ބްރިޖް ބޭނުންކުރަން ބޭނުންވި އާންމު ރައްޔިތުންނަށް ބޮޑެތި ދަތިތަކާ ކުރިމަތިލާން ޖެހުނެވެ.

ފުލުހުންނަށް ޓެކްސީތައް ޓޯކުރުމުގެ ޙައްޤު ޤާނޫނީގޮތުން ލިބިގެންވެއެވެ. ފުލުހުން ސުލްޙަވެރި ގޮތުގައި މަސައްކަތްކޮށް ނަސޭހަތްތެރިވިނަމަވެސް، ޓެކްސީ ޑްރައިވަރުން ޢަމަލުކުރީ އެމީހުން ބޭނުން ގޮތަކަށެވެ. މިއީ ރައްޔިތުންގެ ދަތުރުފަތުރަށް ހުރަސްއެޅުމުގެ އިތުރުން، ޤައުމުގެ އިޤްތިޞާދަށް ނޭދެވޭ އަސަރުކުރުވާނެ ކަމެކެވެ.

Advertisement

Advertisement 1

ޤާނޫނުއަސާސީގައި އިހުތިޖާޖުކުރުމުގެ ޙައްޤު ލިބިދީފައިވީނަމަވެސް، އެކަން ކުރަންވާނީ ޤާނޫނުއަސާސީއާ ޚިލާފުނުވާ ގޮތުގެމަތިންނެވެ. އެމްޑީޕީން މި ނޫސްބަޔާނުގައި ޤާނޫނާއި ޚިލާފަށް ކުރެވުނު ޢަމަލުތަކެއް ހިމާޔަތްކުރަން މަސައްކަތްކޮށްފައިވާކަން ފާހަގަކުރެވެއެވެ. މިއީ ޒިންމާދާރު ސިޔާސީ ޕާޓީއަކުން ކުރަންވާނެ ކަމެއް ނޫނެވެ.

މި ނޫސްބަޔާނުގައި އެމްޑީޕީން ސަރުކާރުގެ ޓެކްސީ ޚިދުމަތް ތަޢާރަފުކުރުމާ ދެކޮޅަށް ވާހަކަދައްކާފައިވާއިރު، އެއީ ރައްޔިތުންނަށް ފައިދާހުރި ކަމެއްކަން ފާހަގަކޮށްފައެއް ނުވެއެވެ. އަދި ޓެކްސީ ޑްރައިވަރުންގެ ޤާނޫނާ ޚިލާފު ޢަމަލުތަކަށް ތާއީދުކޮށް، އެކަން ހުއްޓުވުމަށް ފުލުހުން ކުރި މަސައްކަތް ކުށްވެރިކޮށްފައިވެއެވެ.

ސަރުކާރުން ޓެކްސީގެ ޚިދުމަތް ތަޢާރަފުކުރުމަކީ ރައްޔިތުންނަށް ލުއިފަސޭހަ، އަގުހެޔޮ ދަތުރުފަތުރުގެ ނިޒާމެއް ޤާއިމުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ. ނަމަވެސް އެމްޑީޕީން މިކަމާ ދެކޮޅުހަދައި، ޤާނޫނާއި ޚިލާފަށް މަގުމަތި ބަންދުކުރި ފަރާތްތަކަށް ތާއީދުކުރީއެވެ. ނުސީދާ ގޮތެއްގައި އެމްޑީޕީން ދޭން ބޭނުންވާ މެސެޖަކީ ޓެކްސީ ޑުރައިވަރުން ވެސް އަދި އެހެން މީހުން ވެސް ޤާނޫނަށް ބޯ ނުލެނބުމަށެވެ. އެ ނޫން ދެން ކޮން އެއްޗެއް ތޯއެވެ؟ ޓްރެފިކް ވަޔަލޭޝަނަކީ އަދަބު ކަނޑައެޅިފައިވާ ކުށެކެވެ. ނަމަވެސް އެޑީޕީން މިބުނަނީ ކުށް ކުރިޔަސް އަދަބު ނުދީ ދޫކޮށްލާށެވެ.

އެމްޑީޕީޓެކްސީ

Advertisement

Advertisement

1 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ދަރަނީގެ ނުރައްކަލުން އިގްތިސާދީ އިތުބާރަށް - ރައީސް މުއިއްޒުގެ ޒައާމަތުގައި ރާއްޖޭގެ މާލީ ހާލަތަށް އައި ބަދަލު

ދަރަނީގެ ނުރައްކަލުން އިގްތިސާދީ އިތުބާރަށް - ރާއްޖޭގެ މާލީ ހާލަތަށް އައިބަދަލު

5 ގަޑިއިރު ކުރިން - 07:30

ނިމިދިޔަ އަހަރު ރެކޯޑު މިންވަރަކަށް އާމްދަނީ ލިބުނު؛ ހަރަދުކުރީ އެމްޑީޕީ ސަރުކާރުން ނެގިހާ ލޯނެއް އަދާކުރުމަށް

ނިމިދިޔަ އަހަރު ލިބުނުހާ އާމްދަނީއެއް ހަރަދުކުރީ އެމްޑީޕީން ނެގިހާ ލޯނުތައް އަދާކުރުމަށް

2 ދުވަސް ކުރިން - 11:31

ދަރަނިތައް އެންމެ ބޮޑުވެގެންދިޔައީ އެމްޑީޕީގެ ސަރުކާރުތަކުގައި: ނަޝީދުގެ ފާޑުކިޔުންތަކަށް ހަމްދާންގެ ވަރުގަދަ ރައްދެއް

ދަރަނިތައް އެންމެ ބޮޑުވެގެންދިޔައީ އެމްޑީޕީގެ ސަރުކާރުތަކުގައި: ހަމްދާން

4 ދުވަސް ކުރިން - 13:51

އިދިކޮޅު އިއްތިޙާދެއްތޯ ނުވަތަ ބާރުވެރިކަން ހޯދުމަށް ކުރާ މަސައްކަތެއްތޯ؟

އިދިކޮޅު އިއްތިޙާދެއްތޯ ނުވަތަ ބާރުވެރިކަން ހޯދުމަށްކުރާ މަސައްކަތެއްތޯ؟

9 ދުވަސް ކުރިން - 13:16

ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބުކުރާނީ 60 އިންސައްތަ ވޯޓުން: ޝާހިދު

2028 ކާމިޔާބުކުރާނީ %60 ވޯޓުން: ޝާހިދު

12 ދުވަސް ކުރިން - 00:31

މަރުތައް “ސަރުކާރުގެ ބޮލަށް ކަނޑަން” އެމްޑީޕީން މަސައްކަތް ފަށައިފި

މަރުތައް “ސަރުކާރުގެ ބޮލަށް ކަނޑަން” އެމްޑީޕީން މަސައްކަތްފަށައިފި

14 ދުވަސް ކުރިން - 09:50