Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ބަންޑާރަ ނައިބުގެ އޮފީސް ސިވިލް ސާވިސްއިން ވަކިކުރާ ބިލު މަޖިލީހުން ބަލައިގަނެފި

ބަންޑާރަ ނައިބުގެ އޮފީސް ސިވިލް ސާވިސްއިން ވަކިކުރާ ބިލު މަޖިލީހުން ބަލައިގަނެފި

އައިޝަތު ރުވާ ރިފްޢަތު
545 ދުވަސް ކުރިން - 12 ޑިސެންބަރު 2024 19:30
ބަންޑާރަނައިބު އަހްމަދު އުޝާމް. / ޕޮޓޯ: ޚުލާސާ
ބަންޑާރަނައިބު އަހްމަދު އުޝާމް. / ޕޮޓޯ: ޚުލާސާ
ޚުލާސާ

މި ބިލަކީ ބަންޑާރަ ނައިބުގެ އޮފީސް ސިވިލް ސާވިސްގެ ދަށުން ވަކިކޮށް، އެ އޮފީހުގެ މަސައްކަތްތައް ރޭވުމާއި، ހިންގުމުގެ އުސޫލުތަކާއި، މުވައްޒަފުންނާ ގުޅޭ އެންމެހާ ކަންކަން ކަނޑައެޅުމަށް ބޭނުންވާ ޤާނޫނީ އޮނިގަނޑު އެކުލަވާލާ ބިލެއް.

ބަންޑާރަ ނައިބުގެ އޮފީސް ސިވިލް ސާވިސްގެ ދަށުން ވަކިކޮށް، ސަރުކާރުގެ ވަކި އޮފީހެއްގެ ގޮތުގައި ހެދުމަށް ހުށަހެޅި ބިލު ރައްޔިތުންގެ މަޖިލީހުން މިއަދު ބަލައިގަނެފިއެވެ.

މި ބިލު މަޖިލީހަށް ހުށަހެޅުއްވީ ސަރުކާރުގެ ފަރާތުން މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއުއެވެ.

މިއަދުގެ މަޖިލިސް ޖަލްސާގައި ނެގި ވޯޓުގައި ބައިވެރިވި 65 މެންބަރުންގެ އިއްތިފާގުން މި ބިލު ވަނީ ބަލައިގަނެފައެވެ. މި ބިލުގެ މައިގަނޑު މަޤްޞަދަކީ ބަންޑާރަ ނައިބުގެ އޮފީސް ސިވިލް ސާވިސްގެ ދަށުން ވަކިކޮށް، އެ އޮފީހުގެ މަސައްކަތްތައް ރޭވުމާއި، ހިންގުމުގެ އުސޫލުތަކާއި، މުވައްޒަފުންނާ ގުޅޭ އެންމެހާ ކަންކަން ކަނޑައެޅުމަށް ބޭނުންވާ ޤާނޫނީ އޮނިގަނޑު އެކުލަވާލުމެވެ.

Advertisement

Advertisement 1

އެގޮތުން، ބަންޑާރަ ނައިބުގެ މަޤާމުގައި ހުންނަ ފަރާތަކުން ކޮށްގެން ނުވާނެ ކަންކަން ބިލުގައި ބަޔާންކޮށްފައިވެއެވެ. މީގެ ތެރޭގައި ވިޔަފާރިއެއް ހިންގުމުގައި ޢަމަލީގޮތުން ބައިވެރިވުމާއި، އާމްދަނީއެއް ހޯދުމަށް ފަންނީ މަސައްކަތެއްގައި ޝާމިލްވުމާއި، އާމްދަނީއެއް ލިބޭފަދަ އެއްވެސް ފަރާތެއްގެ ވަޒީފާއެއް އަދާކުރުން ހިމެނެއެވެ. މީގެ އިތުރުން، ދައުލަތުގެ މުދަލާއި ބިން ގަތުމާއި ކުއްޔަށް ހިފުމާއި، ދައުލަތާ އެހެން ފަރާތަކާ ދެމެދު ކުރެވޭ މުޢާމަލާތެއްގައި މާލީ މަޞްލަޙަތެއް ބޭއްވުންވެސް މަނާކޮށްފައިވެއެވެ.

ބިލުގައިވާ ގޮތުން، ބަންޑާރަ ނައިބު އަހަރަކު އެއްފަހަރު އޭނާގެ މިލްކިއްޔާތުގައިވާ މުދަލާއި ފައިސާގެ ހިސާބުތަކާއި، ވިޔަފާރީގެ މަޞްލަޙަތުތަކާއި އަރަންޏާއި ދަރަނި ހާމަކޮށް ތައްޔާރުކުރާ ބަޔާނެއް އޮޑިޓަރ ޖެނެރަލްއަށް ހުށަހަޅަންޖެހޭނެއެވެ. މިއީ ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ވަޒީރުންގެ ޝަރުތުތަކުގެ ތެރޭގައިވެސް ހިމެނޭ ކަމެކެވެ.

އަދި ބިލުގައި ބަންޑާރަ ނައިބުގެ އޮފީހުގެ މުވައްޒަފުން ބެހިގެންވަނީ ލީގަލް ސާވިސް އަދި އެޑްމިނިސްޓްރޭޓިވް ސާވިސްގެ ދެ ބަޔަކަށް ކަމަށް ބަޔާންކޮށްފައިވެއެވެ.

ބަންޑާރަ ނައިބުގެ އޮފީސްސިވިލް ސަރވިސް ކޮމިޝަން
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އިންތިހާބުތައް އެއްދުވަހެއްގައި ބޭއްވުމުގެ ވޯޓު ކުރިއަށްގެންދަނީ ގާނޫނީ އިމުގެ ތެރެއިން: އޭޖީ އޮފީސް

"އާންމު ވޯޓު ކުރިއަށްގެންދަނީ ގާނޫނީ އިމުގެ ތެރެއިން"

84 ދުވަސް ކުރިން - 13:36

އެޗްޕީއޭގެ ޑިރެކްޓާ ޖެނެރަލްގެ މަގާމަށް ކުރިމަތިލާން ހުޅުވާލައިފި

އެޗްޕީއޭގެ ޑިރެކްޓާ ޖެނެރަލްގެ މަގާމަށް ކުރިމަތިލާން ހުޅުވާލައިފި

127 ދުވަސް ކުރިން - 13:20

ކައުންސިލްތަކުގެ އެސްޖީންގެ ފެންވަރު ބެލުމުގެ އުސޫލު އާއްމުކޮށްފި

ކައުންސިލްތަކުގެ އެސްޖީންގެ ފެންވަރު ބެލުމުގެ އުސޫލު އާއްމުކޮށްފި

128 ދުވަސް ކުރިން - 10:19

ރިޓަޔާ ވުމަށްފަހު ދައުލަތުގެ ވަޒީފާއެއް އަދާކުރާނަމަ އަންގަން އެދިއްޖެ

ރިޓަޔާޑް މީހަކު ވަޒީފާއެއް އަދާކުރާނަމަ އަންގަން އެދިއްޖެ

142 ދުވަސް ކުރިން - 21:38

ސިއްހީ ބޭނުންތަކަށް ދޭ ޗުއްޓީއަށް އެދޭ އުސޫލަށް ސީއެސްސީން ބަދަލު ގެނެސްފި

ސިއްހީ ބޭނުންތަކަށް ދޭ ޗުއްޓީއަށް ބަދަލު ގެނެސްފި

154 ދުވަސް ކުރިން - 17:51

ޝަރުތު ހަމަވާ ދުވަހުން ފެށިގެން މުސާރައިގެ ކުރިއެރުން ލިބޭ ގޮތަށް އުސޫލު އިސްލާހުކޮށްފި

ޝަރުތުހަމަވާ ދުވަހުން ފެށިގެން މުސާރައިގެ ކުރިއެރުން ލިބޭނެ!

154 ދުވަސް ކުރިން - 17:40