Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ޞާލިޙުގެ މައްޗަށް ޖިނާއީ ތަހުގީގު ހިންގަން އަންގަން މަޖިލީހުން ފާސްކޮށްފި

ޞާލިޙުގެ މައްޗަށް ޖިނާއީ ތަހުގީގު ހިންގަން އަންގަން މަޖިލީހުން ފާސްކޮށްފި

އަހްމަދު އީޒާން
591 ދުވަސް ކުރިން - 12 ޑިސެންބަރު 2024 15:48
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް / ފޮޓޯ: އެމްޑީޕީ
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް / ފޮޓޯ: އެމްޑީޕީ
ޚުލާސާ

ބަދަލު ދިނުމަށް ކުރީގެ ސަރުކާރުން ހެދި އެއްބަސްވުންތަކާއި ގުޅޭ ގޮތުން މާލިއްޔަތު ކޮމިޓީން ދިރާސާކޮށް ތައްޔާރުކުރި ރިޕޯޓު މަޖިލީހުން މިއަދު ފާސްކުރީ 55 މެންބަރުންގެ އަޣުލަބިއްޔަތުން.

ކުރީގެ ސަރުކާރުން ބަދަލުގެ ގޮތުގައި އެކި ފަރާތްތަކަށް ގިނަ އަދަދެއްގެ ފައިސާ ދިން މައްސަލާގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙުގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގަން ލަފާދިނުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

ބަދަލު ދިނުމަށް ކުރީގެ ސަރުކާރުން ހެދި އެއްބަސްވުންތަކާއި ގުޅޭ ގޮތުން މާލިއްޔަތު ކޮމިޓީން ދިރާސާކޮށް ތައްޔާރުކުރި ރިޕޯޓު މަޖިލީހުން މިއަދު ފާސްކުރީ 55 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. އެ ރިޕޯޓު ފާސްކުރުމާއި ދެކޮޅަށް 11 މެންބަރުން ވޯޓު ދެއްވި އެވެ.

މާލިއްޔަތު ކޮމިޓީން ނިންމާފައި ވަނީ ޞާލިޙާއި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް އަދި ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރު އަލީ ޝިޔާމު ގާނޫނުއަސާސީ އާއި ގާނޫނުތަކާ ހިލާފަށް ދައުލަަތުގެ މަތީ މަގާމުތަކުގައި ތިއްބަވައިގެން، ދައުލަތުގެ މުދަލާއި ފައިސާ އޭގެ ހައްގުވެރިން ނޫން ބަޔަކަށް ހޯދައިދިނުމަށް މަސައްކަތްކުރި ކަމަށް ތުހުމަތުކުރެވޭ ކަމަށެވެ.

Advertisement

Advertisement 1

ދައުލަތަށް ގެއްލުންވާ ގޮތަށް އަމަލުކުރުމުގެ ތުހުމަތުގައި އެ ތިން ބޭފުޅުންގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގަައި ދައުވާކުރަން ޕްރޮސިކިއުޓާ ޖެނެރަލަށް ލަފާ ދިނުމަށް ކޮމިޓީން އިއްޔެ ވަނީ ފާސްކޮށްފަ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ގެއްލުމުގެ ބަދަލު ދިނުމަށް ކުރީގެ ސަރުކާރުން އުފެއްދި އެ ސެޓްލްމަންޓް ކޮމެޓީ އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެން ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އުވާލައްވައިފަ އެވެ.

ސެޓުލްމަންޓް ކޮމިޓީ މެދުވެރިކޮށް އިބޫގެ ސަރުކާރުގައި، 2018 ވަނަ އަހަރުން ފެށިގެން 2023 ވަނަ އަހަރާ ދެމެދުގައި ވަނީ 36 ރަށަކާއި ހަ ފަޅެއް އަދި ދެ ބިލިއަން ރުފިޔާއަށް ވުރެ ބޮޑު އަދަދެއް އެކި ފަރާތްތަކަށް ދީފަ އެވެ. އަދި އެ މުއްދަތުގެ ތެރޭގައި ލެ ޓްރިވެނި ޖޭވީ އާއި ދީބާޖާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޑެޓަށް އިތުރު 61.2 މިލިއަން ރުފިޔާ ދިނުމަށް ފިނޭންސް މިނިސްޓްރީގެ ސިސްޓަމަށް އަޅާފައި ވަނިކޮށް، މި އަހަރުގެ ފެބްރުއަރީ މަހު 7 ގައި އޭޖީ އޮފީހުން އަންގައިގެން އެ ފައިސާ ދޫކުރުން މިނިސްޓްރީން ވަނީ މަޑުޖައްސާލައިފަ އެވެ.

ރައްޔިތުންގެ މަޖިލިސްރައީސް އިބްރާހިމް ސޯލިހް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ގުނަވަން ޓްރާންސްޕްލާންޓް ކުރުމުގެ ބިލް އަލުން ދިރާސާކޮށް މަޖިލީހުން ފާސްކޮށްފި

ގުނަވަން ޓްރާންސްޕްލާންޓް ކުރުމުގެ ބިލް އަލުން ދިރާސާކޮށް މަޖިލީހުން ފާސްކޮށްފި

12 ދުވަސް ކުރިން - 13:08

އީޔޫ އާއި ބެލްޖިއަމްގެ ސަފީރުކަމަށް ދިޔާނާ

އީޔޫ އާއި ބެލްޖިއަމްގެ ސަފީރުކަމަށް ދިޔާނާ

19 ދުވަސް ކުރިން - 12:00

ކޮތަޅު ފީ އަށް ލުއި ދޭ އިސްލާހުގެ ފުރަތަމަ ކިޔުން އިއްވައިފި

ކޮތަޅުން ދެރުފިޔާ ނުނަގާ ގޮތަށް ފުރަތަމަ ކިޔުން އިއްވައިފި

19 ދުވަސް ކުރިން - 10:45

ތިންރައީސުން ހެދި އިއްތިހާދު ކުރިޔަކަށް ނުކަނޑާ

ތިންރައީސުން ހެދި އިއްތިހާދު ކުރިޔަކަށް ނުކަނޑާ

21 ދުވަސް ކުރިން - 23:29

އިންޑޮނީޝިއާއަށް ކަނޑައަޅުއްވާ ނޮން-ރެސިޑެންޓް ސަފީރަކަށް، ޑރ. މަރްޔަމް ޝަބީނާ ހަމަޖައްސަވައިފި

އިންޑޮނީޝިއާއަށް ކަނޑައަޅުއްވާ ނޮން-ރެސިޑެންޓް ސަފީރަކަށް، ޑރ. މަރްޔަމް ޝަބީނާ ހަމަޖައްސަވައިފި

31 ދުވަސް ކުރިން - 11:10

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ފަށައިފި: މިހާތަނަށް 530 މީހުން ވޯޓުލައިފި

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ފަށައިފި: މިހާތަނަށް 530 މީހުން ވޯޓުލައިފި

50 ދުވަސް ކުރިން - 10:25