Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

އެމްޑީޕީ ސަރުކާރުން ފައިސާ ޗާޕްކުރިއިރުވެސް މަސްވެރިންނަށް ފައިސާ ނުދީ ހުރުމުން ސުވާލު އުފެދޭ: ވަޒީރު ޝިޔާމް

އެމްޑީޕީ ސަރުކާރުން ފައިސާ ޗާޕްކުރިއިރުވެސް މަސްވެރިންނަށް ފައިސާ ނުދީ ހުރުމުން ސުވާލު އުފެދޭ: ވަޒީރު ޝިޔާމް

އުސްތާޛް މުޙައްމަދު ޢަލީ
633 ދުވަސް ކުރިން - 11 ޑިސެންބަރު 2024 14:23
މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް / ފޮޓޯ: ޚުލާސާ
މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް / ފޮޓޯ: ޚުލާސާ
ޚުލާސާ

ކުރީގެ ސަރުކާރުން ފައިސާ ޗާޕްކުރި ނަމަވެސް، މަސްވެރިންނަށް ދޭންޖެހޭ 250 މިލިއަނަށްވުރެ ގިނަ ރުފިޔާ ނުދައްކާ. ފައިސާ ޗާޕް ނުކޮށް މިސަރުކާރުން މިވަނީ މަސްކިރުވާތާ 48 ގަޑިއިރުތެރޭ ފައިސާ ދޭން ފަށާފަ.

ކުރީގެ ސަރުކާރުން ފައިސާ ޗާޕްކުރަމުން ދިޔައިރުވެސް މަސްވެރިންނަށް ދޭންޖެހޭ ފައިސާ ނުދައްކާ ހުރުމަކީ ސުވާލު އުފެދޭ ކަމެއް ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ،

ދައުލަތުގެ މީޑިއާއަށް ދެއްވި ޚާއްޞަ އިންޓަވިއުއެއްގައި ވަޒީރު ޝިޔާމް ފާހަގަކުރެއްވީ، ކުރީގެ ސަރުކާރުން ފައިސާ ޗާޕްކުރި ނަމަވެސް، މަސްވެރިންނަށް ދޭންޖެހޭ 250 މިލިއަނަށްވުރެ ގިނަ ރުފިޔާ ނުދައްކާ ހުރި ކަމަށެވެ. މިކަމާ ގުޅިގެން ވަޒީރު ވިދާޅުވީ، މިއީ އެއްވެސް ކަހަލަ ރޭވުންތެރިކަމެއް ނެތި ކޮށްފައި ހުރި ކަންތައްތަކެއް ކަމަށެވެ.

ނިމިދިޔަ ވެރިކަމުގައި ފައިސާ ޗާޕްކުރިއެވެ. ނަމަވެސް ސަރުކާރުގެ ކުންފުނިތައް އޮތީ ދައްކަންޖެހޭ ބިލްތައް ނުދެއްކި ރައްޔިތުންނަށް ދަރަނިވެރި ވެފައެވެ. ޚާއްޞަކޮށް މަސްވެރިންނަށް އެމީހުން ކިރުވާ ބިލްތަކަށް ފައިސާ ނުދައްކާ ހުރުމަކީ އެ ފައިސާ ޗާޕްކުރީ އެހެން މަޤްޞަދެއްގައި ކަމަށް ބުނުމުގެ ފުރުސަތު އޮތް ކަމެކެވެ.

Advertisement

Advertisement 1

މިސަރުކާރުން އެއްވެސް ފައިސާއެއް ޗާޕްކުރުމެއް ނެތި މަސްވެރިން ބާނާ މަސް ވިއްކައިގެން އެއިން ލިބޭ ފައިސާއިން ނުވަތަ މިފްކޯއަށް އެހެން ގޮތްގޮތުން ލިބޭ ފައިސާއިންވެސް ދަނީ ލަސް ކުރުމެއްނެތި މަސްވެރިންމަށް ފައިސާ ދެމުންނެވެ. އެގޮތުން ރައީސްގެ ވަޢުދު ކަމަށްވާ 48 ގަޑިއިރުތެރޭ ފައިސާ ދިނުމުގެ ވަޢުދުވެސް މިހާރު އެދަނީ ތަންފީޛް ކުރެވެމުންނެވެ.

ވަޒީރު ފާހަގަކުރެއްވީ، މިހާރުގެ ސަރުކާރުން މަސްވެރިކަމުގެ ސިނާޢަތު ކުރިއެރުވުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އޭގެ ތެރޭގައި ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ރާއްޖޭގެ މަސް ޕްރޮސެސިންގ ކެޕޭސިޓީ 300 ޓަނަށް އިތުރުކުރުމުގެ މަޝްރޫޢު ހިމެނެއެވެ.

"މި މަޝްރޫޢު ނިމުމުން، ރާއްޖެއަށް ބާނާ މަހުގެ 90 ޕަސެންޓުގެ އަގު އެއްކުރެވޭނެ ކެޕޭސިޓީ ގާއިމްކުރެވޭނެ. މިއީ މަސްވެރިކަމުގެ ސިނާޢަތަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެއް," ވަޒީރު ވިދާޅުވިއެވެ.

އިބްރާހިމް މުހައްމަދު ސޯލިހްމަސްވެރިކަންފިޝަރީޒް މިނިސްޓްރީމިނިސްޓަރު އަހްމަދު ޝިޔާމް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

މަސްވެރިންނަށް މިހާތަނަށް 2.2 ބިލިއަން ރުފިޔާ ދޫކޮށްފި: ޝިޔާމް

މަސްވެރިންނަށް މިހާތަނަށް 2.2 ބިލިއަން ރުފިޔާ ދޫކޮށްފި: ޝިޔާމް

4 ދުވަސް ކުރިން - 13:19

މަސްވެރިކަމުގެ ޤާނޫނަށް ގެނެވުނު 2 ވަނަ އިޞްލާޙުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤުކުރެއްވުމާއެކު، އެއަށް ޢަމަލުކުރަން ފަށައިފި

މަސްވެރިކަމުގެ ޤާނޫނަށް ގެނެވުނު 2 ވަނަ އިޞްލާޙުގެ ބިލު ތަޞްދީޤުކުރައްވައިފި

5 ދުވަސް ކުރިން - 17:01

ރައީސް ޑރ. މުއިއްޒަށް ބޮޑު ދައުރެއް ލިބިވަޑައިގަތުމުން ތަރައްގީގެ ތަފާތު އިތުރަށް ފެނިގެންދާނެ: ޝިޔާމް

"ރައީސް މުއިއްޒަށް ބޮޑު ދައުރެއް ލިބިވަޑައިގަތުމުން ތަރައްގީގެ ތަފާތު އިތުރަށް ފެނިގެންދާނެ"

5 ދުވަސް ކުރިން - 20:10

ކަނޑުތަކުގެ ހޫނުމިން ރެކޯޑު މިންވަރަކަށް: ރާއްޖޭގެ ފަރުތަކާއި މަސްވެރިކަމަށް ބޮޑު ނުރައްކަލެއް

ކަނޑުތަކުގެ ހޫނުމިން ރެކޯޑު މިންވަރަކަށް މައްޗަށް؛ މިއީ ނުރައްކަލެއް

11 ދުވަސް ކުރިން - 14:38

ރިޕޯޓު: އެމްޑީޕީ އާއި ޔާމީން އެއް ތަށިން ކެއުން

ރިޕޯޓު: އެމްޑީޕީ އާއި ޔާމީން އެއް ތަށިން ކެއުން

13 ދުވަސް ކުރިން - 13:11

ސޯލިހަށް ޕްރައިމަރީ ކާމިޔާބު ނުވާނެ ކަމުގެ އިޝާރާތެއް ފައްޔާޒު ދެއްވައިފި

ސޯލިހަށް ޕްރައިމަރީ ކާމިޔާބު ނުވާނެ ކަމުގެ އިޝާރާތެއް ފައްޔާޒު ދެއްވައިފި

22 ދުވަސް ކުރިން - 10:21